Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޓާނީ ޖެނެރަލް

ރައީސް ސޯލިހު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތަކާއެކު މަސްވެރިކަމުގެ ބިލް ފޮނުވައިފި

މިއީ މުޅިން އަލަށް ތައާރަފް ކުރާ ބިލެއް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 11 ޖުލައި 2019 | ބުރާސްފަތި 19:11
ރައީސް ސޯލިހު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއެކު

ރައީސް ސޯލިހު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއެކު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މަސްވެރިންނަށް ވައުދުވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ދިވެހި މަސްވެރި އުޅަނދުތަކުން ރާއްޖެއިން ބާނާ މަސް ސީދާ ބޭރުގެ ގައުމުތަކަށް ވިއްކޭގޮތަށް މަސްވެރިކަމުގެ ބިލް، އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

މިހާރު އަމަލު ކުރަމުންދާ 32 އަހަރުވީ މަސްވެރިކަމުގެ ގާނޫނުގެ ބަދަލުގައި، މުޅިން އަލަށް ތައާރަފް ކުރާ 80 މާއްދާއެއްގެ މައްޗަށް އެކުލެވޭ ބިލް ރައީސް އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެ ބިލު މަޖިލީހުން ފާސްކޮށް، ތަޞްދީގުކުރުމާ އެކު 1987 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ މަސްވެރިކަމުގެ ގާނޫނު އުވިގެންދާނެއެވެ. މަސްވެރިކަމުގެއާ ބިލަކީ ފިޝަރީޒް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ބިލެކެެވެ.

އޭޖީ އޮފީހުން ބުނީ، އެ ބިލް ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުންކަމަށެވެ.

އަދި ރާއްޖޭގެ ސަރަހައްދުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމެއް ނެތި އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން (އައި.ޔޫ.ޔޫ. މަސްވެރިކަން) ހުއްޓުވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަށް ބިލުގައި ބާރު އަޅާފައިވެއެވެ.

އޭގެއިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ހިފާ ބާވަތްތަކާއި މަސްވެރިކަން ކުރާ ބޭނުމާއި މަސްވެރިކަމުގެ ބާވަތް ކަނޑައަޅައި ގެޒެޓުގައި އިއުލާން ކުރަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވާނެއެވެ. އެއިން ކޮންމެ ބާވަތެއްގެ މަސްވެރިކަމުގެ ޕްލޭނެއް ތައްޔާރުކޮށް، އެ މަސްވެރިކަމެއް އަމާޒުވެފައިވާ މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތައް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން އެ ޕްލޭންގައި ހިމަނަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން މަސްވެރިކަން ކުރާ ދިވެހި އުޅަނދު ފަހަރުތަކުން، ބޭރުގެ މަސްވެރި އުޅަނދުތަކަށް މިނިސްޓްރީން ދޫކުރާ ހުއްދައެއް ލިބިގެން މަސް ވިއްކޭނެ އުޞޫލާއި، ދިވެހި އުޅަނދު ފަހަރުތަކުން މަސް ގަންނަން އަންނަ ބޭރުގެ އުޅަނދު ފަހަރުތަކުން ހުއްދަ ނަގަންޖެހޭނެ އުޞޫލުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖެއިން ބާނާ މަސް، ސީދާ ބޭރު ގައުމުތަކަށް ވިއްކުމާ ގުޅޭ އިޖުރާތުތައް އެ ގާނުނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވާނެއެވެ.

މަސްވެރިކަމުގެ އައު ބިލުގައި އެކުއަކަލްޗަރގެ ސިނާޢަތް ތަރައްގީކޮށް، ހިންގައި ބެލެހެއްޓުމަށްޓަކައި ފުރިހަމަ ނިޒާމެއް އެކުލަވާލައި ޢިގްތިޞާދީ ތަރައްގީއަށް މަގުފަހި ކުރަން ބާރު އަޅާފައިވެއެވެ. އެގޮތުން އެކުއަކަލްޗަރ ކުރެވޭ ސަރަޙައްދުތައް ކަނޑައެޅުމާއި އެކުއަކަލްޗަރ ޙަރަކާތްތައް ތަރައްގީކޮށްގެން ޙާޞިލު ކުރަން ބޭނުންވާ އަމާޒުތަކަކީ ކޮބައިކަމާއި އެކުއަކަލްޗަރ ކުރުމަށް ކަނޑުން ނުވަތަ އެއްގަމުގެ ސަރަހައްދުން ބައެއް ކުއްޔަށް ދޫކުރަން ބިލުގައި ހިމަނާފައިވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު