Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ ލުތުފީ

ރައީސް ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ: ލުތުފީ

4 މެއި 2018 | ހުކުރު 12:36

ސުޕްރީމް ކޯޓުން ކަންތައްތަކެއް ކުރަން އުޅޭކަން އެނގުނު: ލުތުފީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 މެއި 2018 | ހުކުރު 12:36
އޭސީސީގެ ރައީސް ހަސަން ލުތުފީ

އޭސީސީގެ ރައީސް ހަސަން ލުތުފީ

ރައީސް އަބްދުﷲ ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އިންޒާރު ދެއްވިކަން ފަޅާ އަރައިފި އެވެ.

ލުތުފީ އެ އިންޒާރު ދެއްވިކަން ފަޅާ އެރީ ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ލުތުފީ ދެއްވި ބަޔާނުންނެވެ. ދައުލަތުގެ ސިއްރު ލިޔުމެއްގެ ގޮތުގައި ވަނިކޮށް، ލީކުވެފައިވާ ލުތުފީގެ ބަޔާންނުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލަން ރޭވުންތަކެއް ރޭވިކަން އެނގިގެން ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރު އަލީ ހަމީދަށާއި ހަސަން ސައީދަށް އިންޒާރު ދެއްވި ކަމަށެވެ.

Advertisement - newsAdvertisement

އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައި ވަނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު މެލޭޝިއާ އިން އަގުބޮޑު އެޕާޓްމެންޓުތަކެއް ބައްލަވައި ގަންނަން އުޅުއްވި ކަމަށާއި ފައިސާ ދެއްކުމުގެ މަރުހަލާތަކެއް ވެސް ފުރިހަމަ ކުރި ކަމަށެވެ. އަދި ކުރިން އެނގުމެއް ނެތި، އޭނާއަށް ވެސް އެތަނުން އެޕާޓްމެންޓެއް ރިޒާވްކޮށްފައި ބެހެއްޓި ކަމަށް ލުތުފީގެ ބަޔާނުގައިވެ އެވެ. ނަމަވެސް އެތަނަށް އަގު ދައްކާނެ ވަރުގެ ފައިސާ ނެތް ކަމަށް ބަޔާނުގައި ލުތުފީގެ ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން އުއްތަމަ ފަނޑިރާއި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު މެލޭޝިއާއިން އެޕާޓްމަންޓުތަކެއް ބައްލަވައިގަތުމަށް ފައިސާ ހޯދާ ގޮތާމެދު ލުތުފީ ސުވާލު އުފެދުނެވެ. އަދި ލުތުފީގެ ރައްޓައްސެއް ފަރާތުން އެނގުނު ގޮތުގައި އެ ފައިސާ ދައްކަނީ ރާއްޖޭގެ ކޮންމެ ވެސް ވިޔަފާރިވެރިޔަކު ކަމަށް ވެސް އޭނާ ދެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުނުއިރު، އޭނާ ހުންނެވީ ހުޅުމާލެ ޝްވެކް ސިނަމާގައި "ޕަދްމާވަތު" ފިލްމު ބެލުމަށް ކަމަށެވެ. ސިނަމާގައި އިންދާ ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ކަމުގެ މެސެޖުތައް ލިބެން ފެށުމުން، އަލީ ހަމީދާއި ހަސަން ސައީދަށް ގުޅޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެބޭފުޅުން ފޯނު ނުނެންގެވި ކަމަށް ލުތުފީ ވިދާޅުވެފައިވެއެވެ. އަދި އެ ދެ ބޭފުޅުންނަށް ފޮނުއްވެވި މެސެޖަށް ވެސް ޖަވާބު ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެވަގުތު ލުތުފީގެ ހިތަށް އެރި ވާހަކަތަކެއް އޭނާގެ ބަޔާނުގައި ލިޔެފައިވެއެވެ. އެގޮތުން، "މިއީ ކޮން ކަމެއް ހެއްޔޭ"، "ތިހާ މުނާފިގު ވާކަށް ނުވާނެއޭ" ބުނެ، އަލީ ހަމީދާއި ހަސަން ސައީދު އަރިހުގައި އެ ވާހަކަތައް ވިދާޅުވާން ބޭނުންފުޅުވި ކަމަށް ލުތުފީގެ ބަޔާނުގައިވެއެވެ.

ލުތުފީގެ އިނގިލީގެ ނިޝާން ޖައްސަވައި، ސޮއި ކުރައްވާފައިވާ އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައިވާ ގޮތުން ފެބްރުއަރީ އެކެއްގެ އަމުރާ ގުޅޭ އެއްވެސް ވާހަކައެއް އޭނާއާ އެބޭފުޅުން ހިއްސާކުރައްވާފައެއް ނުވެއެވެ.

އެ އަމުރު ނެރުމާއެކު ވަރަށް ކަންބޮޑުވި ކަމަށާއި ސަބަބަކީ އޭނާގެ ބައިވެރިވުމެއް އެކަމުގައި އޮވެދާނެ ކަމަށް ބަޔަކު ބުނެފާނެތީ ކަމަށް ލުތުފީގެ ބަޔާނުގައި ބުނެފައިވެ އެވެ. ސަބަބަކީ ހަސަން ސައީދަކީ އޭނާއާއެކު ވަރަށް ގިނައިން ލެމަންގްރާސްއަށް ރޭގަނޑުގެ ކެއުމަށް ވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ކަމަށާއި އެ މަންޒަރު ގިނަ ބަޔަކަށް ފެނިފައިވުމުން ކަމަށް ލުތުފީ ވިދާޅުވެފައިވެއެވެ.

"...އަދި އެކަމުގައި އަޅުގަނޑު ވަރަށް ކަންބޮޑުވިއެވެ. އެއީ ޑިނާރ އަށާއި ތަންތަނަށް ވަރަށް ގިނައިން ހަސަން ސައީދާއި އެކީގައި ދެވިފައިވުމުން ފެންނަ މީހުން ވެސް އަޅުގަނޑުގެ ބައިވެރިވުމެއް އެކަމުގައި އޮވެދާނެ ކަމަށް ބުނެފާނެތީއެވެ،" ލުތުފީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައިވާ ގޮތުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފާހަގަ ކުރެވިފައި ވަނީ ވަރަށް ވަތަނީ އަދި މައުލޫމާތު ހުރި ދީނީ ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ ފަރާތުން އެކަހަލަ ކަމެއް ފެނިދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އެ އަމުރު ނެރުއްވީ ކޮންމެ ވެސް ކަހަލަ ފިއްތުންތަކެއް ކުރިމަތިވެ ވަޑައިގަތުމުން ކަމަށް ބެލެވޭ ކަމަށް ވެސް ލުތުފީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އެކަމަކު، އަލީ ހަމީދު އެކަހަލަ ކަމެއް ކުރައްވަފާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވެސް ލުތުފީ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ ކޮންމެވެސް ކަހަލަ ފިއްތުންތަކެއްގެ ތެރޭގައި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ހުރެގެން ކޮށްފައިވާ އަމުރެއް ކަމަށެވެ. އެހެން ނަމަވެސް އަލީ ހަމީދު މުހައްމަދު އެކަހަލަ ކަމެއްކޮށްފާނެކަން އަޅުގަނޑަށް ގަބޫލުކުރެވެއެވެ،" ލުތުފީ ދެއްވި ބަޔާނުގައިވެއެވެ.

އަލީ ހަމީދު އެފަދަ ކަމެއް ކުރައްވަފާނެ ކަމަށް ވިދާޅުވެ، ލުތުފީގެ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުނު ދުވަހު އޮފީހުގައި އިންދާ ހައިރާންވާފަދަ ވާހަކަތަކެއް އަލީ ހަމީދު އޭނާއަށް ގުޅުއްވާފައި ދެއްކެވި ކަމަށެވެ. އެގޮތުން "ކަލޯއޭ މީ ތިމަންނަމެން ގެނައި ސަރުކާރެކޭ" ވިދާޅުވެ ސަރުކާރުން ހިންގާފައިވާ ބޮޑެތި މަޝްރޫތަކުގެ ވާހަކަތައް އަލީ ހަމީދު އޭނާގެ އަރިހުގައި ދެންނެވި ކަމަށެވެ.

"[އަލީ ހަމީދު]ގުޅުއްވާފައި ވިދާޅުވި ކަލޯއޭ މީ ތިމަންނަމެން ގެނައި ސަރުކާރެކޭ، މި ސަރުކާރު މި ގެނައީ ތިމަންނަ މެންނޭ، ސަރުކާރު ދިފާއުކުރާނީ ވެސް ތިމަންނަމެންނޭ. ބަލާބަލާށޭ ތިއޮއް އެއާޕޯޓު އެހެދުނީއޭ، ބްރިޖު ތިއޮއް ނިންމަނީއޭ. 25 ބުރީގެ ހޮސްޕިޓަލެއް މި ހެދުނީއޭ، އަތޮޅު ތެރޭގެ 40 ހަކަށް ބަނދަރު އެބަހަދައޭ،" އަލީ ހަމީދާ ވިދާޅުވި ކަމަށް ވިދާޅުވި ކަމަށް ބުނެ، ލުތުފީގެ ފާހަގަކޮށްފައިވެ އެވެ.

ލުތުފީ ވިދާޅުވެފައި ވަނީ ފެބްރުއަރީ އެކެއްގެ އަމުރުގެ ކުރިން، ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލުމަށް ރޭވުންތަކެއް ރޭވޭ ކަމަށް އެކި މީހުން އޭނާއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެފަދަ ވާހަކަތަކެއް އިވިފައިވާތީ، ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް އަލީ ހަމީދާއި ހަސަން ސައީދަށް އިންޒާރު ދެއްވި ކަމަށާއި ރައީސް އަބްދުﷲ ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ ކަމަށް ވެސް އެ ދެބޭފުޅުންގެ އަރިހުގައި ވިދާޅުވި ކަމަށް ލުތުފީގެ ބަޔާން ނިންމާލަމުން ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް