Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެޑަމް ފާތިމަތު އިބްރާހީމް

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

3 މެއި 2018 | ބުރާސްފަތި 07:17

ބައެއް އަވަށްތަކުގެ ވަކި މަގުތަކެއް މެޑަމްގެ ދަތުރާ ގުޅިގެން ހެދުމުން ކަންބޮޑުވުން ދަނީ ފާޅުކުރަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 3 މެއި 2018 | ބުރާސްފަތި 07:17
ފާތިމަތު އިބްރާހިމްގެ ދަތުރާ ގުޅިގެން އެ ސިޓީގެ ބައެއް މަގުތަށް ވަނީ ހަދާފަ

ފާތިމަތު އިބްރާހިމްގެ ދަތުރާ ގުޅިގެން އެ ސިޓީގެ ބައެއް މަގުތަށް ވަނީ ހަދާފަ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ދަތުރުފުޅާއި ގުޅިގެން އެސިޓީގެ ބައެއް މަގުތައް ހައުސިންގް މިނިސްޓްރީން ހެދުމަކީ ދެއްކުންތެރިކަން ކަމަށާއި، އެފަދަ ކަންކަމުން ރައްޔިތުން ދިރިއުޅޭ ދަތިހާލެއް ނޭނގޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ފަލާހު ވިދާޅުވެއްޖެއެވެ. ފާތިމަތު އިބްރާހިމް ފުވައްމުލަކަށް ވަޑައިގަތުމުގެ ދެ ދުވަސް ކުރިން ބައެއް މަގުކަށް ހައުސިންގް މިނިސްޓްރީން ފަސް އަޅާ އެއްވަރުކުރުމުން ގިނަ ރައްޔިތުންތަކެއް އެކަމާއި ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ފަލާހު ވިދާޅުވީ ފާތިމަތު އިބްރާހިމްގެ މި ދަތުރުފުޅާއި ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ.

ފުވައްމުލަކުގެ ބައެއް އަވަށްތަކުގެ މަގުތައް ޗަކަ ވުމާއި ގުޅިގެން އެ މަގުތައް ހެދުމަށް މީގެ ކުރިން ހައުސިންގް މިނިސްޓްރީގެ ފުވައްމުލަކު ޔުނިޓަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށް ފަހާލު ވިދާޅުވިއެވެ. އެހެންކަމުން މެޑަމް ފާތުން އެ ސިޓީއަށް ވަޑައިގަންނަވާތީ އެކަމަނާ ދަތުރު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ބެލެވޭ މަގުތައް ހެދުމަކީ ދެއްކުންތެރިކަން ކަމަށާއި، އެއީ ރައްޔިތުންގެ ހާލަތު އޮޅުވާލަން ބަޔަކު މީހުން މަސައްކަތް ކުރުން ކަމަށް ސިޓީ ކައުންސިލްގެ މޭޔަރު ފަލާހް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފާތިމަތު އިބްރާހިމްގެ ދަތުރާ ގުޅިގެން އެ ސިޓީގެ ބައެއް މަގުތައް ވަނީ ހަދާފަ

"މި ގޮތަށް ކަންކުރުމުން ރަށުގެ ގިނަ ރައްޔިތުން ދެކެނީ އެކަމަނާ ދަތުރާއި ގުޅިގެން ބައެއް މަގުތައް ހެދުން ކަމަށް، އެކަމަށް ރަށަށް ވަޑައިގަތުމުގެ ކުރިން ވެސް، ވަޑައިގެން ވެސް ދައުލަތުގެ ވަސީލަތްތައް އެ ދަނީ ނަހަމަ ގޮތުގައި ބޭނުން ކުރަމުން" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފަލާހް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފުވައްމުލަކު މީހަކު ބުނީ އެސިޓީގެ މާދަނޑު އަވަށުގެ އެންމެ މަގަކަށް ފަސް އަޅައި ހަދާފައިވާ ކަމަށެވެ. އެމަގަށް ފަސް އަޅައި، ދެން ފަސް އަޅާ އެންވަރުކުރަން ޖެހޭ މަގުތައް ހެދުމަށް ހައުސިންގް މިނިސްޓްރީން މަސައްކަތް ނުކުރާތީ ހިތާމަ ކުރާ ކަމަށެވެ. ފާތިމަތު އިބްރާހިމްގެ މި ދަތުރުފުޅުގައި ދަތުރުކުރާނެ ކަމަށް ލަފާ ކުރެވޭ މަގުތައް އެކަނި ހެދުމަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އިހްސާސް ނުކުރެވޭ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފާތިމަތު އިބްރާހިމް ފުވައްމުލަކަށް ވަޑައިގެންފަނީ ބުދަ ދުވަހުގެ ހަވީރުގައެވެ. އެންމެ ގާތުން ކެމްޕެއިން ދަށުން ފުވައްމުލަކު ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި އެކަމަނާ ހޭދަކުރައްވާ ހަތަރު ދުވަހުގެ ތެރޭގައި އެ ސިޓީގެ ރައްޔިތުންގެ ހާލު ބެއްލެވުމަށް އެކި އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. އަދި އެކަމަނާއި ބައިވެރިވަޑައިގަންނަވާ ޕީޕީއެމްގެ ޖަލްސާއެއް ހުކުރު ދުވަހު ބާއްވުމަށް މިހާރު ވެސް އަންނީ ތައްޔާރުވަމުންނެވެ.

ފުވައްމުލަކުން ރައީސް ޔާމީންގެ އަނބިކަނބަލުންނަށް މަރުހަބާ ދަންނަވަނީ

ފާތިމަތު އިބްރާހިމްގެ ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި އެންސްޕާގެ ޓީމެއް ސިޓީ އުރަތައް ހިފައިގެން ހަރަކާތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަލާހް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ފާތިމަތު އިބްރާހިމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވެސް ބައިވެރިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް