Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް - ކުވެއިތު

ފިލިޕީންސްގެ ރައްޔިތުންނަށް ކުވެއިތުގައި މަސައްކަތްކުރުން ދާއިމީކޮށް މަނާކޮށްފި

ކުވެއިތުގައި މަސައްކަތް ކުރަމުންދާ ފިލިޕީންސްގެ ރައްޔިތުންނަށް އަނިޔާ ކުރާކަމަށް ތުހުމަތުކޮށް އެ ތަނުގައި މަސައްކަތް ކުރުން މަނާކޮށް ވަގުތީ އަމުރެއް މި އަހަރުގެ ފެބްރުއަރީ މަހުވަނީ ނެރެފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 30 އެޕްރީލު 2018 | ހޯމަ 23:05
ފިލިޕީންސްގެ ރައީސް، ރޮޑްރިގޯ ޑޫޓާޓޭ

ފިލިޕީންސްގެ ރައީސް، ރޮޑްރިގޯ ޑޫޓާޓޭ

ފިލިޕީންސްގެ ރައްޔިތުންނަށް ކުވެއިތުގައި މަސައްކަތް ކުރުން ދާއިމީކޮށް މަނާ ކުުރުމަށް ރައީސް ރޮޑްރިގޯ ޑުޓާޓޭ ނިންމަވައިފިއެވެ.

ކުވެއިތުގައި މަސައްކަތް ކުރަމުންދާ ފިލިޕީންސްގެ ރައްޔިތުންނަށް އަނިޔާ ކުރާކަމަށް ތުހުމަތުކޮށް އެ ޤައުމުގައި މަސައްކަތް ކުރުން މަނާކޮށް ވަގުތީ އަމުރެއް މި އަހަރުގެ ފެބްރުއަރީ މަހު ނެރެފައިވާއިރު، ދާއިމީކޮށްފައިވަނީ އާދިއްތަ ދުވަހެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނައޯގެ ޑަވާއޯ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑުޓާޓޭ ވިދާޅުވީ އެކަންތައް ދާއިމީ ކޮށްފައިވާކަމަށާއި ކުވެއިތުގައި މަސައްކަތް ކުރުމުގެ ފުރުސަތު، ހާއްސަކޮށް ގޭގޭގައި މަސައްކަތް ކުރުމަށް، އެއްވެސް ރައްޔިތަކަށް ނުދޭނެކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ކުވެއިތުގެ ކަމާބެހޭ ފަރާތަކުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް، ކުވެއިތުންވަނީ ފިލިޕީންސުން އެ ގައުމަށް ކަނޑައަޅާފައިވާ ސަފީރު މިދިޔަ ބުދަ ދުވަހު ޤައުމުން ބޭރުކޮށްލާފައެވެ. އަދި އެ ގައުމުން ފިލިޕީންސަށް ކަނޑައަޅާފައިވާ ސަފީރުވެސް އަނބުރާ ގެންގޮސްފައެވެ.

ފެބްރުއަރީގައި ނިންމި ނިންމުން ދާއިމީ ކުރަން ޑުޓާޓާ ނިންމެވި އިރު ދެ ގައުމުން ދިޔައީ އެކަންތައް އިސްހާލް ކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންނެވެ.

ފިލިޕީންސްގެ ރައްޔިތުން ކުވެއިތުގައި މަސައްކަތް ކުރުން މަނާ ކުރުމަށް ޑުޓާޓޭ ނިންމެވީ ކުވެއިތުގައި މަސައްކަތްކުރަމުންދިޔަ އެ ގައުމުގެ ރައްޔިތެއްގެ ހަށިގަނޑު އައިސްއަލަމާރިއެއް ތެރެއިން ފެނުމާ ގުޅިގެންނެވެ. މި ހާދިސާ ކުވެިއިތު ސިޓީގައި ހިނގާފައިވާއިރު، އެ އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ އެގޮތަށް އޮންނަތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ކުވެއިތުގައި ދިރިއުޅޭ ލުބްނާންގެ ރައްޔިތެއްކަަމަށްވާ ނާދެރް އިއްސަމް އައްސާފް ވަނީ ޖޮއާނާ ޑެމަފެލިސް މަރާލިކަމް މާޗް މަހު އެއްބަސް ވަފައެވެ. އަދި ޖޮއާނާއާ އެކު އާނާގެ އަންހެނުން، ސޫރިއާގެ ރައްޔިތެއް، މަރާލާފައިވާކަމަށް ވެސް އޭނާ އެއްބަސް ވެފައިވެއެވެ.

ފިލިޕީންސްގެ ގިނަ ރައްޔިތުން މިހާރުވެސް ކުވެއިތުގައި މަސައްކަތް ކުރަމުން ދާއިރު، ޑުޓާޓޭ ވިދާޅުވީ މިހާރު ކުވެއިތުގައި ތިބި މީހުން ބޭނުމިއްޔާ މަޑު ކުރެވޭނެކަމަށާއި، އަނބުރާ ގައުމަށް އަންނަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެހީ ލިބިގެންދާނެކަމަށެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
13 މެއި 2017

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ
02 މެއި 2017

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު