Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ ތުޅާދޫ

ތުޅާދޫ ކައުންސިލުން ލިޔެލާ ޖަހަން ދަސްކޮށްދެނީ

30 އެޕްރީލު 2018 | ހޯމަ 17:23

މިކަމަށް 1 ލައްކަ ރުފިޔާ ނަގާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 އެޕްރީލު 2018 | ހޯމަ 17:23
ތުޅާދޫ ރައްޔިތުންގެ ބަޔަކު ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ލިޔެލާ ޖެހި ހަދިޔާ ދެނީ

ތުޅާދޫ ރައްޔިތުންގެ ބަޔަކު ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ލިޔެލާ ޖެހި ހަދިޔާ ދެނީ

ރާއްޖޭގެ ގިނަ ބަޔަކަށް ލިޔެލާ ޖަހަން ދަސްކޮށްދިނުމަށް ބ. ތުޅާދޫ ކައުންސިލުން ނިންމައިފި އެވެ

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ލިޔެލާ ޖަހަން ދަސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ރަށްރަށަށް ކައުންސިލުން މެޝިނާއި މީހުން ފޮނުވައިގެން ކަމަށެވެ.

Advertisement - newsAdvertisement

ރަޝީދު ވިދާޅުވީ ތުޅާދޫ ކައުންސިލަށް އެދުމުން 30 މީހުންނަށް އެއްމަސް ދުވަހަސް ހިންގާ މި ކޯހަށް ފީއެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެފީއަކީ އިންސްޓްރަކްޓަރުން ރަށަުން ބޭރަށް ގޮސް އެކަން ކުރާއިރު އެމީހުންނަށް ދޭ މުސާރަ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަހުމަދު ރަޝީދު ވިދާޅުވީ ލިޔެލާ ޖަހަން ބޭނުންވާ ލަކުޑިއާއި ލާ ހޯދުމާއި އިންސްޓްރަކްޓަރުން ގެންދިއުމާއި ގެނައުން އަދި ބައިތިއްބުމާއި ކެއިންބުއިމުގެ ކަންކަމަކީ ވެސް އެކަމަށް އެދޭ ފަރާތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ލިޔެލާ ޖެހުމުގެ މެޝިނަރީއާއި ކީހާއި ރޮންދާ ފަދަ ހުރިހާ އިކުއިޕްމެންޓް ފޯރު ކޮށްދޭނީ ކައުންސިލުން ކަމަށާއި އެކަމަށްޓަކައި ލިޔެލާ ޖަހާ 10 މެޝިން ގެންދާނެ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކޯސް ނިމޭއިރު ބައިވެރިންނަށް އަމިއްލައަށް ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަން އެނގޭވަރަށް ދަސްކޮށްދޭނެ ކަމަށް ވިދާޅުވަމުން ރަޝީދު ވިދާޅުވީ އެމީހަކަށް ލިޔެލާ ޖަހަން އެނގޭނެ ކަމަށް ކައުންސިލުން ލިޔުމެއް ވެސް ދޭނެ ކަމަށެވެ.

ލިޔެލާ ޖަހަން ދަސްކޮށް ދިނުމުގެ ވާހަކަ ނުރަސްމީކޮށް ގިނަ ބަޔަކު ދައްކަމުންދާއިރު މ އަތޮޅުން މިހާރު ވަނީ އެކަންކޮށްދިނުމަށް ރަސްމީކޮށް އެދިފައި ކަމަށް ރަޝީދު ވިދާޅުވިއެވެ.

ތުޅާދޫގެ 30 އަކަށް އާއިލާ އިން މިހާރު ވެސް އާމްދަނީ ހޯދުމަށްޓަކައި ލިޔެލާ ޖެހުމުގެ މަސައްކަތް ކުރެ އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އެމަސައްކަތުން އެކަން ކުރާ ބަޔަކަށް 30 ހާހާއި 50 ހާހާ ދެމެދުގެ އަދަދެއްގެ ފައިސާ ކޮންމެ މަހަކުވެސް ލިބޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

14 ޖޫން 2017

މުއްދަތު ޖަހަން ނުގެންގޮސް ފުލުހުން އާޒިމް ދޫކޮށްލައިފި

14 ޖޫން 2017
މުއްދަތު ޖަހަން ނުގެންގޮސް ފުލުހުން އާޒިމް ދޫކޮށްލައިފި
06 މެއި 2017

ގދ. ތިނަދޫ އެމްއާރުޑީސީ މުވައްޒަފުންނަށް ވޯޓް ކަރުދާހުގައި ވަކި ކޯޑެއް ޖަހަން އަންގާފައެއް ނުވާނެ: ނިމާލް

06 މެއި 2017
ގދ. ތިނަދޫ އެމްއާރުޑީސީ މުވައްޒަފުންނަށް ވޯޓް ކަރުދާހުގައި ވަކި ކޯޑެއް ޖަހަން އަންގާފައެއް ނުވާނެ: ނިމާލް
26 މާރިޗު 2017

ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!

26 މާރިޗު 2017
ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!
26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
19 މާރިޗު 2017

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް