Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު ފާރިސް މައުމޫން

ވަކީލެއް ހަމަޖައްސަން ފާރިސަށް ވެސް ދެ ދުވަސް، ޝަރީއަތް އިންސާފުވެރިވާނެ ކަމާމެދު ޝައްކު: ފާރިސް

30 އެޕްރީލު 2018 | ހޯމަ 12:51

ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: ފާރިސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 އެޕްރީލު 2018 | ހޯމަ 12:51
މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ކޯޓަށް ހާޒިރު ކުރަނީ

މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ކޯޓަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އިންސާފުވެރިވާނެ ކަމާމެދު ޝައްކު ކަމަށް ފާރިސް ވިދާޅުވެއްޖެ އެވެ.

ފާރިސް މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ފާރިސް ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާއު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ދައުވާ ކުރަމުންދާއިރު، ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި ޝަރީއަތް އިންސާފުވެރި ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން މިޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސައިލަން ޖެހޭ ކަަމަށް ފާރިސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. ހަމަ މި ތުހުމަތުގައި ފާރިސްގެ ބައްޕާފުޅު މައުމޫންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ރައީސް މައުމޫނަށް ވަކީލެއް ހަމަޖެއްސުމަށް ދެ ދުވަސް ދެއްވިއިރު، ހޯމަ ދުވަހު ބޭއްވި ފާރިސްގެ މައްސަލައިގެ އަޑުއެހުމުގައި ވަކީލެއް ހަމަޖައްސަން ފާރިސްއަށް ވެސް ދެއްވާފައިވަނީ ދެ ދުވަހެވެ. ރައީސް މައުމޫންއާއި ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ބައްލަވަނީ ވެސް ގާޒީ އަހުމަދު ހައިލަމް އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމަށް ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލަ އެވެ. އަދި ފާރިސް ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ 10 ދުވަސް ނުދެވޭނެ ކަމަށާއި ވަކީލެއް ހަމަޖައްސަން ދެ ދުވަސް ދެއްވާ ކަމަށެވެ. ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ ތަހުގީގު މަރުހަލާގައި ފާރިސްގެ ގާނޫނީ ވަކީލުން އައްޔަން ކުރައްވާފައިވާކަން އެނގެން އޮބައޮތް ކަމަށެވެ.

ގާޒީ ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށާއި ގާނޫނީ ވަކީލުންނާ ބައްދަލު ކުރުމާއި ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަންކަން ފަހިކޮށް ދިނުމަށް ކޯޓުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރަށް ފާރިސް ވިދާޅުވީ އޭނާއަކީ ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނޫން ކަމަށާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ލިބޭ ބައެއް އިނާޔަތްތައް އޭނާ އަށް ނުލިބޭ ކަމަށެވެ. އަދި އެތަނުގައި އަމަލުކުރާ އުސޫލު ލިޔުން ނުލިބޭކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. އަދި ފާރިސް ވަނީ އެކަންކަން ހައްލު ކޮށްދިނުމަށް ވެސް އެދިލައްވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް