Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

74 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދީބު އަތުން ހޯދަން އެންގި އެންގުން އަނބުރާ ގެންގޮސްފި

30 އެޕްރީލު 2018 | ހޯމަ 00:16

އެއެންގުން ބާތިލް ކުރީ ފިނޭންސް މިނިސްޓްރީން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 އެޕްރީލު 2018 | ހޯމަ 00:16
އަހުމަދު އަދީބު: ސަރުކާރުން ބުނަނީ ގިނަ ފައިސާތަކެއް އަދީބު ދައްކަވަން ޖެހޭ ކަމަށް

އަހުމަދު އަދީބު: ސަރުކާރުން ބުނަނީ ގިނަ ފައިސާތަކެއް އަދީބު ދައްކަވަން ޖެހޭ ކަމަށް

ނަސަންދުރާ ކުއްޔަށް ދޫކުރި މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަތުން 74016000 ރުފިޔާ ހޯދުމަށް ފިނޭންސްއިން އެންގި އެންގުން އަނބުރާ ގެންގޮސްފިއެވެ.

އަދީބުގެ އަނބިކަނބަލުން އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެޓޭޗް ކުަރްއަވާފައިވާ ފިނޭންސް މިނިސްޓްރީގެ ސިޓީއެއްގައި ބުނެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަލުން އެމައްސަލަ މުރާޖައާ ކުރަމުންދާ މައްސަލައެއްކަމަށް އެކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލައާއި ގުޅިގެން 74 މިލިއަން ރުފިޔާ ދައުލަތައް ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 47 ވަނަ މާއްދާއަށް ރިއާޔަތްކޮށް 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް އެފައިސާ ދެއްކުމަށް ދީފައިވާ 7 ދުވަހުގެ ނޯޓިސް ބާތިލް ކޮށްފައިވާކަމަށް ދަންނަވާކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި އެނޯޓިސްއަށް އަމަލް ކުރަން ނުޖެހޭނެ ކަމަށްވެސް އަންގާފައިވެއެވެ. މި ސިޓީ އަދީބަށް ފޮނުވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ތާރީޚްގައެވެ.

Advertisement - newsAdvertisement

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް އެޑްރެސްކޮށް ފިނޭންސް މިނިސްޓްރީން މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ނަސަންދުރަ ޕެލެސް ހޮޓާ ހިންގުމަށް 2010 ވަނަ އަހަރު ގެލެކްސީ އެންޓަރޕްރައިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި އެއްބަސްވުން އުވާލައި "ޓޫރިސްޓް ރިސޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީ ނެގުމާ ބެހޭ ގަވައިދު" ގެ ދަށުން މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތަށް ނުހޯދައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ލީސްހޯލްޑް ރައިޓްސް ގަނެފައިވާ ފަރާތް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް އަލުން 50 އަހަރު ދުވަހުގެ އެއްބަސްވުމަކަށް ގޮސްފައިވާއިރު 74 މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީގައި ބުނެއެވެ.

މި އަމަލަކީ އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށްފައި ވާތީ ލިބިފައިވާ ގެއްލުމެއް ކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށް މި ސިޓީގައި ބުނެފައިވެއެވެ. އެހެން ކަމުން މި ފައިސާއަކީ އަދީބު ޒިންމާވާންޖެހޭ ފައިސާއެއް ކަމަށް ބަލައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 47 ވަނަ މާއްދާއަށް ރިޔާއަތްކޮށް 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ.

މި ސިޓީ ލިބޭތާ ހަފްތާއެއްގެ ތެރޭގައި ފައިސާ ދައްކަން އަންގާފައިވާއިރު ފައިސާ ނުދައްކައިފި ނަމަ، މާލިއްޔަތު ގާނޫނުގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމައްޓަކާއި އެމައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމުގައިވެސް މާރޗް މަހުގެ 28 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެސިޓީއާ ގުޅިގެން ރައީސް ޔާމީނާއި ސަރުކާރަށް ވަނީ އިތުރު ފާޑު ކިއުންތަކެއް އަމާޒުވެފައެވެ. އެގޮތުން ނަސަންދުރާ ކުއްޔަށް ދޫކޮށްފައިވަނީ ރައީސް ޔާމީންގެ ޅިޔަނަކަށް ކަމަށާއި އެކަން ހިނގާފައިވާ ގޮތުން އެކަން ކުރުމުގައި ރައީސް ޔާމީންވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް