Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުންޑެސްލީގާ

ބުންޑެސްލީގާ: ޗެމްޕިއަންސް ލީގުގެ ސެމީގެ ކުރިން ކުޅުނު މެޗުން ބަޔާން މޮޅުވެއްޖެ

29 އެޕްރީލު 2018 | އާދީއްތަ 12:18

މި މެޗުން އެއިންޓްރެކްޓް ފްރޭންކްފާޓްއާއި ދެކޮޅަށް ކުޅެ ބަޔާން މޮޅުވީ 4-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 އެޕްރީލު 2018 | އާދީއްތަ 12:18
ބަޔާންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ބަޔާންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުތުމުގެ ކުރިން ޖަރުމަނު ބުންޑެސްލީގާގައި ކުޅުނު މެޗުން ވަރުގަދަ ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑު ކަމަށްވާ އެލަޔަންޒް އެރީނާގައި ކުޅުނު މި މެޗުން އެއިންޓްރެކްޓް ފްރޭންކްފާޓްއާއި ދެކޮޅަށް ކުޅެ ބަޔާން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. ބަޔާންގެ ފުރަތަމަ އެގާރައިން މި މެޗުގައި ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް މި މެޗުގައި ފެނިގެންގޮސްފައެއް ނުވެއެވެ. އެގޮތުން މި މެޗުގައި ފެނިގެންދިޔައީ ހަމައެކަނި މެޓްސް ހުމެލްސް އާއި ޖޯޝުއާ ކިމިޗްގެ އިތުރުން ކީޕަރު ސްވެން އުލްރައިޗްއެވެ.

ފުރަތަމަ ހާފު ފެށިގެން ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ހަމައެހެންމެ އެއިންޓްރެކްޓް ފްރޭންކްފާޓުން ވެސް ވަނީ ބަޔާންގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ބަޔާންއަށް ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ނިކްލަސް ޑޯޝްއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބަޔާންއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި އިތުރަށް ކުޅުން ވަރުގަދަކޮށްފައެވެ. ތަކުރާރުކޮށް ބަޔާންއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 76 ވަނަ މިނެޓުގައި ސެންޑްރޯ ވެގްނަރ ވަނީ ލަނޑެއް ޖަހާ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ފްރޭންކްފާޓުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސެބެސްޓިއަން ހޯލަރއެވެ.

މި ލަނޑަށް ފަހު ބަޔާންއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން 87 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު ރަފީންޔާއެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް ރަފީންޔާގެ އެހީތެރިކަމާއެކު ޖަހައިދިނީ ނިކްލަސް ސޫލޭއެވެ.

ބުންޑެސްލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޝާލްކޭ އަދި ބޮރޫޝިއާ މޮންޗެންގްލޭޑްބެކް ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. ވޮލްފްސްބާގް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ހެމްބާގް އަތުން ބަލިވެފައެވެ. އޮގްސްބާގް އަދި ހާތާ ބާލިން ކުޅުނު މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ.

ބުންޑެސްލީގާގެ ތަށި ބަޔާންއިން ޔަގީންކޮށްފައިވާއިރު އެ ޓީމު އޮތީ ކުޅުނު 32 މެޗުން ލިބުނު 82 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި 57 ޕޮއިންޓާއެކު ޝާލްކޭ އޮތްއިރު ތިންވަނައިގައި 54 ޕޮއިންޓާއެކު އޮތީ ބޮރޫޝިއާ ޑޯޓްމަންޑްއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް