Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކަށް އާއިލާއަށް ވަދެވޭނެ ގޮތް ހަމަޖެއްސޭތޯ ބަލަނީ!

29 އެޕްރީލު 2018 | އާދީއްތަ 07:57

މިހަފްތާގައި ޔާމީންގެ އާއިލާއަށް ޕީޖީ އޮފީހުގައި ޕްރެސެންޓޭޝަނެއް އޮންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އެޕްރީލު 2018 | އާދީއްތަ 07:57
ޕީޖީއާ ބައްދަލުކުރުމަށް މިއަދު ޕީޖީ އޮފީހަށް ޔާމީން ރަޝީދުގެ ބައްޕަ (ކ)އާއި މަންމަ އަދި ބައެއް ފަރާތްތައް ވަޑައިގެން، ޕީޖީ އޮފީހުގެ ބޭރުގައި މަޑު ކޮށްލައިގެން

ޕީޖީއާ ބައްދަލުކުރުމަށް މިއަދު ޕީޖީ އޮފީހަށް ޔާމީން ރަޝީދުގެ ބައްޕަ (ކ)އާއި މަންމަ އަދި ބައެއް ފަރާތްތައް ވަޑައިގެން، ޕީޖީ އޮފީހުގެ ބޭރުގައި މަޑު ކޮށްލައިގެން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދު ލާއިންސާނީ އަނިޔާތަކާ އެކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތަކަށް ޔާމީންގެ އާއިލާއާއި ގާނޫނީ ވަކީލަކަށް ވަނުމުގެ ފުރުސަތު ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އާއިޝަތު ބިޝާމް ވިދާޅުވެއްޖެ ކަމަށް ޔާމީންގެ އާއިލާއިން ބުނެފި އެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އިބްތިތާއީ އަޑުއެހުންތައް ސިއްރު ކުރަމުންދާތީ ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުންނާއި މަދަނީ ބައެއް ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ޕީޖީ ބިޝާމްއާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވުމުން، އާދިއްތަ ދުވަހު މިވަނީ ބައްދަލަު ކުރައްވާފަ އެވެ. ނަމަވެސް ޕީޖީ ބިޝާމް ބައްދަލު ކުރެއްވީ ޔާމީން ރަޝީދުގެ މަންމަ އާއި ބައްޕައާ އެކަނި ކަމަށާއި އާއިލާގެ ގާނޫނީ ވަކީލު އަދި ޔާމީން މަރުގެ މައްސަލާގައި އިންސާފު ހޯދުމަށް މަސައްކަތްކޮށް، އަޑު އުފުލަމުންދާ އެއްވެސް މަދަނީ ޖަމްއިއްޔާއަކާ ބައްދަލު ކުރައްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެ ބައްދަލު ވުމަށް ފަހު ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ދައުވާއާ ގުޅިގެން މިހާރު ކޯޓުގައި ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެއް ކަމަށާއި އެއީ އެ އަޑުއެހުންތައް ސިއްރު ކުރި ނަމަވެސް މ،ައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފެށުމުން އާއިލާއަށާއި ގާނޫނީ ވަކީލަށް އަޑުއެހުންތަކަށް ވަނުމުގެ ފުރުސަތު ދެއްވާނެ ކަމަށް ޕީޖީ ބިޝާމް ވިދާޅުވި ކަމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތައް ސިއްރުކޮށްފައި ވަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް އެކަންކަން އެހެން ހިނގަމުން ދާތީ ކަމަށް ޕީޖީ ބިޝާމް ވިދާޅުވި ކަމަށް ވެސް ޔާމީންގެ ބައްޕަ ރަޝީދު ވިދާޅުވި އެވެ.

ޔާމީންގެ އާއިލާއާއެކު ޕީޖީ ބިޝާމްއާ ބައްދަލު ކުރެއްވުމަށް އާއިލާގެ ގާނޫނީ ވަކީލުގެ އިތުރުން މަދަނީ ބައެއް ޖަމްއިއްޔާތަކުން ދިޔަ ނަމަވެސް އެފަރާތްތަކާ ބައްދަލު ނުކުރީ މިވަގުތު މައުލޫމާތު ހިއްސާ ކުރެވެންއޮތީ ޔާމީންގެ އާއިލާއާ އެކަނިކަމަށާއި ނަމަވެސް ފަހުން މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންދާ މަދަނީ ޖަމްއިއްޔާތަކާ ބައްދަލު ކުރައްވާނެ ކަމަށް ޕީޖީ ބިޝާމް ވިދާޅުވި ކަމަށް ރަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން، ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ހަފަތާގައި ޕީޖީ އޮފީހުގައި ޔާމީންގެ އާއިލާއާއި ގާނޫނީ ވަކީލަށް ހާއްސަކޮށް ބާއްވާ ޕްރެޒެންޓޭޝަނެއް ޕީޖީ އޮފީހުގައި އޮންނާނެ ކަމަށް ޕީޖީ ބިޝާމް ވިދާޅުވި ކަމަށެވެ.

ޔާމީންގެ އާއިލާއާއެކު ޕީޖީ ބިޝާމްއާ ބައްދަލު ކުރެއްވުމަށް ވަޑައިގެންވި ކުރިން އެޗްއާރުސީއެމްގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި އަދި މިހާރު ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވިދާޅުވީ މިފަދަ އަނިޔާވެރި އަދި ރައްޔިތުންނާ ގުޅުންހުރި މައްސަލަތަކުގެ ޝަރީއަތުގެ އަދި އިބްތިދާއީ އަޑުއެހުންތައް މިފަދަ ގޮތަކަށް ސިއްރު ކުރަނީ ދުނިޔޭގެ ކޮންގައުމެއްގައި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިފަދަ ރައްޔިތުންނާ ގުޅުން ހުރި ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ނޫން ކަމަށާއި ހުޅުވާލެވިގެން ކަމަށެވެ.

ތޮލާލު ވިދާޅުވީ ފުރަތަމަ މީގެ އެއް އަހަރު ކުރިން ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގު ހިނގާދިޔައިރު ވެސް ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި އަދި ދައުލަތުން އެދިގެން ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދާތީ މިމައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އިންސާފު ލިބިގެން ހިނގައިދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ވަނީ ޔާމީން މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސް ދިނުމަށް ޕީޖީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްގައި އެކަމަށް ބާރު އަޅާ ދިނުމަށް އެދިވަޑައިގަންނަވާފަ އެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ޔާމީންގެ އާއިލާއިން ބުނެއެވެ. މީގެކުރިން އެފަރާތްތަކުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުންނާވެސް ބައްދަލު ކުރައްވާފަ އެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

ލާއިންސާނީ އަނިޔާތަކަކާ އެކު ޔާމީން ރަޝީދު މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ ގެއަށް ވަތްތަނާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް