Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިނގިރޭސި ޝާހީ އާއިލާ

ޕްރިންސް ލުއީ: ޝާހީ ބޭފުޅަކަށް ދެއްވި ތަފާތު ނަންފުޅެއް

27 އެޕްރީލު 2018 | ހުކުރު 15:53

ލުއީ އާތަރ ޗާލްސްގެ ނަމުން ނަން ވަނީ ދީފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 އެޕްރީލު 2018 | ހުކުރު 15:53
ޕްރިންސް ލުއީ އަދި އެބޭފުޅާގެ މަންމާފުޅާއި ބައްޕާފުޅު

ޕްރިންސް ލުއީ އަދި އެބޭފުޅާގެ މަންމާފުޅާއި ބައްޕާފުޅު

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކެތުރީން މިޑްލްޓަން (ކޭޓް) އަށް ލިބިވަޑައިގެންނެވި ދެވަނަ ފިރިހެން ބޭފުޅާއަށް ލުއީ އާތަރ ޗާލްސްގެ ނަމުން ނަން ދެއްވައިފިއެވެ.

ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް އަދި ޕްރިންސް ހެރީ ދިރިއުޅުއްވާ ގަނޑުވަރު ކަމަށްވާ ކެންސިންގޓަން ޕެލަސްއިން ކުރި ޓްވީޓެއްގައި ވަނީ ޕްރިންސް ވިލިއަމް އަދި ކޭޓްގެ ތިންވަނަ ބޭފުޅާއަށް ލުއީ އާތަރ ޗާލްސްގެ ނަމުން ނަން ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ބޭފުޅާގެ ޝާހީ ނަންފުޅަކީ ހިޒް ރޯޔަލް ހައިނެސް ޕްރިންސް ލުއީ އޮފް ކެމްބްރިޖް ކަމަށެވެ.

ލުއީ އަކީ އިނގިރޭސި ޝާހީ އާއިލާއާ މާ ބޮޑު ގުޅުމެއް ތާރީހީ ގޮތުން ވެސް އޮތް ނަންފުޅެއް ނޫނެވެ. މިއީ ފަރަންސޭސިވިލާތުގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ކިޔައި އުޅޭ ނަންފުޅެއް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ލުއީއަކީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނައިގެ ފިރިކަލުންގެ ޑިއުކް އޮފް އެޑިންބަރާގެ އާއިލީ ބޭފުޅަކަށް ކިޔުނު ނަންފުޅެކެވެ.

ޕްރިންސް ލުއީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ލަންޑަނުގައި ހުންނަ ސެއިންޓް މޭރީސް ހޮސްޕިޓަލުގައި މި ހަފްތާގެ ހޯމަ ދުވަހުއެވެ. އުފަންވެވަޑައިގަތް އިރު ބަރުދަނުގައި ހުރީ 8 ޕައުންޑެވެ.

ޕްރިންސް ލުއީ ވެގެންގޮސްފައިވަނީ މި ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ތިންވަނަ ބޭފުޅާއަށެވެ. ޕްރިންސް ވިލިއަމް އަދި ކޭޓްއަށް މީގެކުރިން ލިބިވަޑައިގެންފައިވަނީ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެއް. އެއީ އުމުރުފުޅުން ހަތަރު އަހަރުގެ ޕްރިންސް ޖޯޖް އަދި އުމުރުފުޅުން އެންމެ ދެ އަހަރުގެ ޕްރިންސެސް ޝާލޮޓްއެވެ. ޕްރިންސް ލުއީ ވެގެންދާނީ އިނގިރޭސި ތަޚުތާއި ފަސްވަނައަށް އެންމެ ކައިރި ބޭފުޅާއަށެވެ.

ޕްރިންސް ވިލިއަމްއާއި ކޭޓް ކައިވެނި ބައްލަވައިގަތީ 2011 ވަނަ އަހަރުއެވެ. މި ދެ ބޭފުޅުންގެ ކައިވެންޏަށް މި މަހުގެ 29 ވަނަ ދުވަހު ހަތް އަހަރު ފުރޭނެއެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2019

އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!

18 އޮކްޓޯބަރު 2019
އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!
07 އޮކްޓޯބަރު 2018

މިއަހަރު ކުރާ އިނގިރޭސީ ޝާހީ އާއިލާގެ ދެ ވަނަ ކައިވެނި އަންނަ ހުކުރު ދުވަހު

07 އޮކްޓޯބަރު 2018
މިއަހަރު ކުރާ އިނގިރޭސީ ޝާހީ އާއިލާގެ ދެ ވަނަ ކައިވެނި އަންނަ ހުކުރު ދުވަހު
29 ޖުލައި 2018

ޕްރިންސް ހެރީ އާއި މެގަން އަށް ޕްރިޔަންކާ ނިކް އިންޓްރޮޑިއުސް ކޮށްދީފި

29 ޖުލައި 2018
ޕްރިންސް ހެރީ އާއި މެގަން އަށް ޕްރިޔަންކާ ނިކް އިންޓްރޮޑިއުސް ކޮށްދީފި
28 އެޕްރީލު 2018

ޕްރިންސް ހެރީއާއި މެގަންގެ ކައިވެނީގެ ހަފްލާއަށް އޮބާމާއަށް ވެސް ދައުވަތެއް ނުދޭ!

28 އެޕްރީލު 2018
ޕްރިންސް ހެރީއާއި މެގަންގެ ކައިވެނީގެ ހަފްލާއަށް އޮބާމާއަށް ވެސް ދައުވަތެއް ނުދޭ!
12 ފެބުރުއަރީ 2018

ލޯތްބަށްޓަކައި ޝާހީ ދިރިއުޅުއްވުން ދޫކުރައްވަން އުޅުއްވި ޕްރިންސެސް މަކޯގެ ކައިވެނި ލަސްކުރައްވައިފި

12 ފެބުރުއަރީ 2018
ލޯތްބަށްޓަކައި ޝާހީ ދިރިއުޅުއްވުން ދޫކުރައްވަން އުޅުއްވި ޕްރިންސެސް މަކޯގެ ކައިވެނި ލަސްކުރައްވައިފި
11 ޑިސެމްބަރު 2017

ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް

11 ޑިސެމްބަރު 2017
ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް
28 ނޮވެމްބަރު 2017

ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

28 ނޮވެމްބަރު 2017
ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!
04 ސެޕްޓެމްބަރު 2017

ކޭޓް 3 ވަނަ ބޭފުޅަކަށް އާލާސްވެ އިންނަވައިފި

04 ސެޕްޓެމްބަރު 2017
ކޭޓް 3 ވަނަ ބޭފުޅަކަށް އާލާސްވެ އިންނަވައިފި
09 ޖޫން 2017

ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!

09 ޖޫން 2017
ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!
20 މެއި 2017

ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ

20 މެއި 2017
ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް