Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

މެންބަރުން މަޖިލީހުގައި ނިންމި ނިންމުންތަކުން އެ މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 އެޕްރީލު 2018 | ބުދަ 16:53
ސުޕްރީމް ކޯޓު: ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން

ސުޕްރީމް ކޯޓު: ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން

ގޭގެ ރަނގަބީލު ޖަހާލުމުން ދޮރު ހުޅުވާލުމާ އެކު މީހަކު ދިއްކޮށްލީ ސިޓީ އުރައެކެވެ. ކަނޑައި ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. "ސަރުކާރުގެ ބޭނުމަކަށް ތިޔަ ބޭފުޅާގެ އަނބިމީހާ ވަރިކޮށްފީމެވެ." އޭގައި އޮތެވެ. ސަބަބު ވެސް އޮތެވެ. އެވެސް ކިޔާލައިފީމެވެ. ސަބަބަކަށް އޮތީ ތިޔަ ދެމަފިރިން އިނދެގެން އުޅުމަކީ ސަރުކާރަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނޭ ކަމަކަށް ވާތީ ކަމަށެވެ. އެހެން ނިންމީ ކީއްވެތޯ ވެސް ލިޔެފައި އޮތެވެ. ރުންކުރުވެ ހުރެ ބަލައިލީމެވެ. ތިޔަ ދެމަފިރިންނަކީ ނުލާހިކު ހަމަޖެހިގެން އުޅޭ ދެމަފިރިން ކަމާއި ދަރިއަކު ލިބެން ވާއިރަށް އެއީ މޮޅު ކުއްޖަކަށް ހެދުމަށް ކުރެވިފައިވާ ބޮޑެތި ޕްލޭންތައް އެނގިފައިވާއިރު އެފަދަ ކުއްޖަކު ބޮޑުވެއްޖެ ނަމަ ސަރުކާރަށް ދިމާވެދާނެ ބޮޑެތި ގޮންޖެހުންތަކާއި އެފަދަ ކުއްޖަކަށް ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަދާކުރަން ޖެހޭ ހައްޤުތަކުގެ ސަބުން ސަރުކާރަށް ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިވެދާނޭ ކަމަށް ބެލެވޭތީއެވެ. އަދި މިއީކީ ތިޔަ ދެމަފިރިންނަށް ނޫޅެވިގެން ނުވަތަ ޖެހިފައިވާ މައްސަލައަކާ ގުޅިގެން ސަރުކާރަށް ހުށަހެޅި މައްސަލައެއް ހައްލުކޮށްދިނުމަށް ނިންމި ނިންމުމެއް ނޫން ކަމަށާއި މިއީ ސަރުކާރަށް ކުރިމަތިވެފައިވާ ހާލަތުއް ޟަރޫރާގެ ސަބަބުން ސީދާ ސަރުކާރުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

ހޭލެވުނީ އަނބިމީހާ ގޮވާލީމައެވެ. ފެނުނީ ހުވަފެނެއްކަން އެނގުނީ އެހާ ހިސާބުންނެވެ. އެކަމަކު ވެސް އެހުވަފެނާ މެދު ވިސްނާލެވުނެވެ. ފަހުމްވީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ޙާލަތުއް ޟަރޫރާގެ މަތިންނެވެ. ހުރިހާ ބާރެއް ސަރުކާރުގެ މުށުތެރެއަށް ލުމަށް ކޮންމެހެން މަޖްބޫރުވެގެން ކުރިމަތިވެފައިވާ ޙާލަތުއް ޟަރޫރާއެވެ. ކޯލިޝަން ރޫޅި ބަލިކަށިވެފައިވާތީ ސަރުކާރު ދަމަހައްޓަން ގެންނާން ޖެހޭ ޙާލަތުއް ޟަރޫރާއެވެ. ހިތަކަށް ލިބިދީފައިވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުނީތީ މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލަން ޖެހުނު ހާލަތުއް ޟަރޫރާއެވެ. އެމެންބަރުން މަޖިލީހަށް ވަދެ ނިންމުމެއް ނިންމަފާނެތީ އެމަޖިލީހުގެ ދޮރުގައި ބޮޑުތަޅެއް އަޅުވައިގެން މަޖިލިސް ހިސޯރު ކުރަން ޖެހުނު ހާލަތުއް ޟަރޫރާއެވެ. ހީނުކުރާވަރުގެ ހުކުމެއްކޮށްފައި ވާތީ ދެން ކޮށްފާނޭ ހުކުމެއް ކުރިއަ ނުދިނުމަށް އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ހައްޔަރުކުރަން ކޮންމެހެން މަޖްބޫރުވި ޙާލަތުއް ޟަރޫރާއެވެ. މިކަންކަމުގެ ސަބަބުން އިންތިހާ ދަރަޖައިގެ ބިރުވެރިކަން ރައްޔިތުންނަށް ކުރިމަތިވި ޙާލަތުއް ޟަރޫރާއެވެ.

މިފަދަ ގޮތަކަށް ޙާލަތުއް ޟަރޫރާ މެދުވެރިވި ސަބަބާމެދުވެސް ވިސްނާލެވުނެވެ. ހިތަށް އެރިއެވެ. މިހުރިހާ ކަމެއް ކުރީ މަޖިލީހުގެ ތެރެއިންނާއި ކޯޓު ތެރެއިންނެވެ. މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ ޑޮކްޓަރިންގ އޮފް ނެސެސިޓީ ނުވަތަ ޙާލަތުއް ޟަރޫރާ އަމިއްލައަކަށް ގެނައީ އެމެންބަރުންނެވެ. މިއަދު އެމެންބަރުންނަށް އޮތީ ނުގޮތަކަށް އިސްއުފުލާލިއަސް މަޖިލީހުގެ ގޮނޑި ގެއްލިދާނެ ކަމުގެ ޙާލަތުއް ޟަރޫރާ ކުރިމަތިވެފައެވެ. އެމަޖިލީހުން ނިންމާނެހާ ނިންމުމެއްގައި ސިއްކަ ޖަހާލަން އޮތީ ކޯޓުތަކުންނެވެ. އެވެރިންނަށް ވެސް އެވަނީ ޙާލަތުއް ޟަރޫރާއާ އެކު އެނޫން ގޮތެއް ނެތިފައި ކަމަށް ބެލެވޭވަރަށް ކޯޓުތަކުގެ ނިންމުމާ މެދު މީހުން ބަސްކިޔަމުން ދެއެވެ. އެ ހާލަތުއް ޟަރޫރާ ކުރިމަތިވި އަމުރު ނެރުނީ މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ސޮޔާ ވެސް އެކުއެވެ. އެއަމުރާ ގުޅިގެން އެފަނޑިޔާރުންގެ ދެއަޚުން ހައްޔަރު ކުރަން ސަރުކާރަށް މަޖްބޫރުވެގެން އެކަން ކުރުމަށް ފަހު އެއަމުރުގެ ބައިތައް ބާތިލް ކުރަން ހުށަހެޅީ ވެސް ހާލަތުއް ޟަރޫރާގެ ސަބަބުންނެވެ. ފުރާޅުން ޓިނު ނަގައިގެން ދަމާ ކޫއްތާފައި ގެންދިޔަ ގޮތުން ކަމެއް، ކޯޓު ތެރޭގައި ތިބި ސިފައިންގެ ގިނަކަމުން ހާލަތުއް ޟަރޫރާ ކަމެއް ނޭނގެއެވެ. އަމިއްލަފުޅަށް ނެރުއްވި އަމުރުގެ ބައިތައް އެވަނީ ބާތިލް ކޮށްފައެވެ. މިފަހަރަކު ހާލަތުއް ޟަރޫރާއެކޭ ބުނާކަށް ނެތީމެވެ.

އެހާ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. މިހާރު އެ އަންނަނީ މަޖިލިސް މެންބަރުން ފަދައިން އެ ފަނޑިޔާރުން ވެސް އެމަޤާމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނޭ ހާލަތުއް ޟަރޫރާއަކާ ދިމާލަށެވެ. ސަރުކާރުން އެކަން ނުކޮށް ނުވާވަރުގެ މަޖްބޫރީ ހާލަތެއްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުއް ޟަރޫރާގެ ސަބަބުން ގެންނަން އުޅޭ ފަނޑިޔާރުންގެ ޤާނޫނުގެ އިސްލާހް ބަލައިގަނެ ސުޕްރީމް ކޯޓުން ބަލައިގެންފާނޭ ކަމުގެ ހާލަތުއް ޟަރޫރާ ކުރިމަތި ވެދާނެ ކަމުގެ ކޮޅުމަތި ވަނީ ފެންނަން ފަށާފައެވެ. އެއީ މަޤާމް ގެއްލިގެން ދިއުން ނުވަތަ ޖަލުގެ ކުޑަގޮޅިން ޖާގައެއް ލިބުން ފަދަ ހާލަތުއް ޟަރޫރާއަކަށް ވެސް ވެގެން ހިނގައިދާނެއެވެ.

ކޮންމެއަކަސް މިއީކީ އަހަރެން ވިސްނަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ނޭނގި ހުއްޓާ ހާލަތުއް ޟަރޫރާއެއް ކުރިމަތިވި ފަހަތުން އައިސް ބިޑިއަޅުވަފާނެތީއެވެ. އެކަމަކު އެހެން ހީކޮށް ހުރެގެން ވާނެ ވަކި މޮޅެއް ނެތޭ ހީވާވަރަށް އެންމެންނަށް ވެސް މިވަނީ ހާލަތުއް ޟަރޫރާ ކުރިމަތިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

01 އެޕްރީލު 2018
ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުން: ސަރުކާރުން ބުނި ހުރިހާ ސަބަބެއް ހައްލު ކުރެވިފައި!

ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުން: ސަރުކާރުން ބުނި ހުރިހާ ސަބަބެއް ހައްލު ކުރެވިފައި!

21 ފެބުރުއަރީ 2018
މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

09 ފެބުރުއަރީ 2018
ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

28 ޖެނުއަރީ 2018
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު