ކ. މާލެ
|
19 ޖޫން 2024 | ބުދަ 18:17
ވައްކަން ކުރާ މައްސަލަ ހައްލުކުރަން ދަތިކަމަށް ބުނެ ފުލުހުން ބުނަނީ މައްސަލައަކީ ކުރީ ސަރުކާރުކަމަށް
ވައްކަން ކުރާ މައްސަލަ ހައްލުކުރަން ދަތިކަމަށް ބުނެ ފުލުހުން ބުނަނީ މައްސަލައަކީ ކުރީ ސަރުކާރުކަމަށް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ފުލުހުންގެ ހިދުމަތަށް ވެސް ކުރީ ސަރުކާރަކުން އަރައިނުގަނެވުނު، ބަންދު ނުކުރެވިގެން އުޅެނީ މަޖިލިސް އިންތިހާބަށް ދޫކުރި މީހުން؟
ކުރީ ސަރުކާރުގައި ކުށްވެރިން ދޫކުރީ އެއްބަސްވުމެއްގެ ދަށުން. އަދި އެކަމާއި ހިލާފުވެއްޖެނަމަ ބަންދުކުރެވޭނެ، އެހެންކަމުން ބަންދު ނުކުރެވިގެން އުޅެނީ ކޮން އިރަކު ދޫވި މީހުންތޯ ސުވާލު އުފެދޭ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ހާސިލްކުރެވުނު ކަންކަން އިނގިލިން ގުނާލެވޭހާ މަދެވެ. ގިނަ ކަންކަމަކަކީ ކުރީ ސަރުކާރުން ކޮންމެވެސް ސިފައެއްގައި ފަށާފައި އޮތުމުން ނިމުނު ކަންކަމެވެ. އެ ލިސްޓަށް ނުދާނަމެވެ. ގައުމުގެ ކަންކަން ހައްލުކުރުމާއި، އިންސާފު ގާއިމްކޮށް އަމާންކަން ކަށަވަރުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިބި ބަޔަކަށް ފުލުހުން ވާންޖެހޭއިރު، ބަޔަކު ކަމެއް ގޯސްކޮށް ކޮށްފައި އޮތުމަކީ އެއީ ބަހަނާއަކަށް ދައްކާ ކަންކަން ނުކުރެވޭ އުޒުރަކަށް ހަދައިގެން ނުވާނެއެވެ.

މި ވާހަކަ މިހިސާބަށް ގެންނަން ޖެހުނީ ފުލުހުންގެ އިސްވެރިއެއްގެ ބަސް މަގު މި ބީދައިން ހުރުމުންނެވެ. ވައްކަމުގެ މައްސަލަ އިތުރުވެފައިވާކަމަށް ބުނެ ނޫހެއްގައި ޖެހި ހަބަރަކާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަދި ދާދި ފަހުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކުރި އަހުމަދު ޝިފާން ވިދާޅުވީ އެއީ ހަގީގަތް ކަމަށެވެ. އަދި ވިދާޅުވީ މީގެ 6 މަސް ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 434 ކުށްވެރިން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ހަރުދަނާ ފިޔަވަޅުތަކެއް ނެތި ކަމަށެވެ.

އަދި ފާއިތުވެދިޔަ ތަނުގައި ގާނޫނު ނެގެހެއްޓުމުގެ ދާއިރާއިން ކަންކަންކޮށްފއަި ނުވާތީ މި މައްސަލަ ހައްލުކުރަން އުނދަގޫ ކަމަށެވެ. އަދި ފަހުން 6 މަސް ކަމަށް ވިދާޅުވި ވާހަކަ 10 މަސްކުރިން ކަމަށް މެސެޖް އެޑިޓްކޮށް ޖެއްސެވިއެވެ. ހަމަ ހަގީގަތުގައިވެސް ފުލުހުންގެ ފަރާތުން ރައްޔިތުން އަޑު އަހަން ބޭނުންވާ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބައިތުލް މާލުން ބޮޑު ހަރަދެއްކޮށް، އެތަކެއް ފުލުހުންނަށް މުސާރަދީ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް މަސައްކަތްތައްކޮށް ވަސީލަތްތައް ގާއިމްކޮށްފައިވެއެވެ.

ފުލުހުންގެ ޔުނީފޯމްގައި ތަރުޖަމާނު އެ ދައްކަވަނީ ކޮންފަދަ ހުތުރު ލަދުވެތި ވާހަކައެއް ހެއްޔެވެ. ގާނޫނު ނަގަހައްޓާއި އަމާންކަން ގާއިމްކުރާ ލަޝްކަރުގެ އިސް މަގާމެއްގައި ހުންނަވާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކަ އެ ކުރެއްވީ ސިޔާސީއެވެ. މީގެ ކުރިން ހީވެފައި އޮތީ ކަންކަން ސިޔާސީ ކުރާނީ ސިޔާސީ މީހުން ކަމަށެވެ. ފުލުހުން ކުރާނީ ގާނޫނު ނެގެހެއްޓުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް ޝިފާން ފަދަ ބޭފުޅުން ޔުނީފޯމްގައި ވެސް މި ދެއްކެވެނީ ސިޔާސީ ވާހަކައެވެ. އަދިވެސް ކުރީ ސަރުކާރުން ނުނައްޓައެވެ. ވެރިކަމަށް 7 މަސްވެއްޖެއެވެ.

ދެން ކުށްވެރިން ދޫކޮށްލި ވާހަކައާއި އެކަން ހައްލުކުރަން ހުރި ގޮންޖެހުންތަކުގެ ވާހަކައަށް ޖެހިލާނަމެވެ. ކަނޑައެޅިގެން ރައްޔިތުންގެ މެދުގައި ވަކި ބަޔަކާއި މެދު ރުޅިވެރިކަން އުފައްދަން ޝިފާން ދެއްކީ ދޮގު ވާހަކަތަކެވެ. ވާނުވާގައި އެތަކެއް ދުވަހެއް ވަންދެން ތިބި މީހުން ދޫކުރުމަކީ މި ސަރުކާރުގެ ވެސް އެއް ވައުދެވެ. ކަންކަން ހައްލުކުރާނެ ވާހަކައެވެ. ކޮންމެ ސަރުކާރަކުންވެސް ކުރަނީ އެ މަސައްކަތެވެ. އެގޮތުން ކުރީ ސަރުކާރުންވެސް ކުދި ކުށްތަކުގައި ތިބި ކުށްވެރިން ދޫކޮށްލިއެވެ. ނަމަވެސް ޝަރުތުތަކެއް ކުރުމަށްފަހުފައެވެ.

އެމްޑީޕީގެ ސަރުކާރުން ބައެއް މީހުންނަށް މާފުކޮށްދީ ދޫކޮށްލާފައިވަނީ 1 އަހަރުގެ ޝަތުރުތާއެކުއެވެ. އަދި 1 އަހަރުގެ ތެރޭގައި ކުށެއް ކޮށްފިއްޔާ އަނބުރާ ޖަލަށް ގެންގޮސް، ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފެށޭ ގޮތަށެވެ. އެހެންކަމުގައިވާނަމަ މިހާރު ކުށްކޮށްގެން އެ އުޅެނީ އޭގެ މީހުންނަމަ، އިތުރު ހުކުމަކާއި ނުލާ އެމީހުން ބަންދުކުރެވޭނެއެވެ. ފުލުހުންނަށް އެބާރު އެބައޮތެވެ.

އަދި ބަންދަށް ނުގެންދެވުމުން އިނގެނީ މިހާރު ކުށްކޮށްގެން އުޅެނީ ކުރިން ދޫކޮށްލި މީހުން ނޫންކަމެވެ. ޒިންމާ އަދާނުކޮށް ފުލުހުންވެސް "ކުރީ ސަރުކާރު ކުރީ ސަރުކާރު" ކިޔަން ނުކުތީމާ ދެން މައްސަލަ ހައްލުކުރާނެ ގޮތެއް ނޯންނާނެއެވެ.

ކުދި ކުށްތަކުގައި ބަންދުގައި ތިބި މީހުން ޝިފާން ވިދާޅުވި ކުރީ ސަރުކާރުން ދޫކޮށްލި އިރު އޮތް އެއްބަސްވުމުގެ ދަށުން ފުލުހުންނަށް އެމީހުން އަނބުރާ ޖަލަށް ނުވަތަ ހުކުމް ތަންފީޒުކުރަން ނުގެންދެވޭނަމަ ދެން ބަލާލަން މިޖެހެނީ ދޫވެގެން މިއުޅެނީ ކޮން ބައެއްތޯއެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ވާނުވާ ބަންދުން މީހުން ސަލާމަތްކުރާނެ ކަމުގެ ވާހަކަތަކާއެކު މަޖިލިސް އިންތިހާބަށް އެތައް ސަތޭކަ މީހުން ދޫކޮށްލިއެވެ. އެއްވެސް ކަހަލަ އެއްބަސްވުމެއް ނެތިއެވެ. އަދި އެވާހަކަތަކާއި ގުޅިގެން ޝިފާންގެ ބަހެއްވެސް ނެތެވެ. ކުރީ ސަރުކާރުން ދޫކުރި މީހުންނާއި މި ސަރުކާރުން ދޫކުރި މީހުންގެ އަދަދާއި ގުޅޭ ސުވާލަށްވެސް ޝީފާންގެ ޖަވާބެއް ނެތެވެ. އަދި އެތަފްސީލު ދެއްވާނެކަމެއްވެސް ނުދެއްވާނެކަމަށް ވެސް ވިދާޅެއް ނުވެއެވެ. ކުރީ ސަރުކާރުގެ ވާހަކައެއް ދައްކާލާ ޝިފާންވެސް ޑިއުޓީ ނިންމަވާފައި ވަޑައިގަތީ ގެއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
19 ޖޫން 2024 | ބުދަ 23:02
ވަލިގޭ ބޭބޭ
އަދި ކިރިޔާ ރައްޔަތުންނައް ވާވާ ސާބަސް ސަރުކާރުގަ ލާރިނެތިގެން މަސްވެރިންނަކައް ލާރިއެއް ނުދެވޭ އެކަމަކު ސަރުކާރު ހިންގަންތިބި މީހުން ގުރޫޕު ހަދާފަ ހިތައްއެރި ޤައުމަކައް އެބަޔަކު ހަވާލުވެފަ ހުރިމުއައްސަސާއެއްހިންގަން ރައްޔިތުން ދީފަހުންނަ ޓެކްސް ފައިސާއިން ޝޮޕިންކޮއްލަނީ