Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ހުރިހާ މަސައްކަތަކަށް ހުރަސްއަޅައި، ކަންކަން ފޮރުވުމަށް ބަޔަކު މަސައްކަތްކުރޭ: ހިސާން

23 އެޕްރީލު 2018 | ހޯމަ 01:50

އެ މީހުން އެ މަސައްކަތްތައް ކުރަމުންގެންދަނީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 23 އެޕްރީލު 2018 | ހޯމަ 01:50
ޤާނޫނީ ވަކީލް ހިސާން ހުސެއިން - އޭނާ ވަނީ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ހުރިހާ މަސައްކަތަކަށް ބަޔަކު ހުރަސްއަޅާކަމަށް ތުހުމަތުކޮށްފައި

ޤާނޫނީ ވަކީލް ހިސާން ހުސެއިން - އޭނާ ވަނީ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ހުރިހާ މަސައްކަތަކަށް ބަޔަކު ހުރަސްއަޅާކަމަށް ތުހުމަތުކޮށްފައި

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ހުރަސްއަޅައި، ކަންކަން ފޮރުވުމަށް މަސައްކަތްކުރާ ބަޔަކު އެބަތިބިކަމަށާއި، އެ މީހުން މަސައްކަތްކުރަމުންގެންދަނީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިންކަމަށް ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދުގެ މަރަށް އެއް އަހަރުވުމާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޔާމީން ރަޝީދުގެ އާއިލާގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރަމުން އަންނަ ވަކީލް ހިސާން ވިދާޅުވީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލައާއި، ސިވިލް ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގެ އިތުރުން ހައިކޯޓުގައި ކުރިއަށްގެންދާ އިސްތިއުނާފުގެ މައްސަލައިގެ ވަށައިގެންވާ ކަންތައްތައް ފޮރުވަން ބޭނުންވާ ބަޔަކު އެބަތިބިކަމަށެވެ. އަދި އެ މީހުން އެ މަސައްކަތްތައް ކުރަމުންގެންދަނީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިންކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
"ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރަ ހުރިހާ މަސައްކަތްތަކެއްގައި އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑު މި ދަންނަވާ ނަން ނޭނގޭ، ގޮތް ނޭނގޭ ބަޔަކު މިގޭތެރެގައި ވަރަށް ބާރުވެރިކަމާއި ނުފޫޒުވެރިކަމާއެކު ކާމިޔާބުވަމުން އަންނަ ތަން. ހުރިހާ ދޮރުތަކެއް ބަންދުކުރަމުންދާތަން، އިންސާފުގެ މަގަށް ވާސިލްވުމަށް މިއޮތް،"

ހިސާން ވިދާޅުވީ މިހާރު އޮތް ހާލަތަށް ބަލާއިރު، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ.

ހިސާން ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުން ސިއްރުކުރަން ބޭނުންވާ ކަންތައްތަކެއް ނެތް ނަމަ، ފުލުހުންގެ އެތެރޭގެ ތަހުޤީޤެއް ހިންގުމަށްފަހު، އެ ތަހުޤީޤް އާންމުކުރައްވާނެކަމަށެވެ. އަދި ފުލުހުންގެ އިހުމާލެއްވާކަމަށް ތުހުމަތުކުރޭ ބޮޑު މައްސަލާގައި އެތެރޭގެ ތަހުޤީޤެއް ހިންގާފައިވާކަމުގެ އެއްވެސް މައުލޫމާތެއް އާންމުކޮށްފައިނުވާއިރު، އެފަދަ އެއްވެސް މައުލޫމާތެއް އާއިލާއަށްވެސް ދީފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މިތިބި ހާލަތަކީ މަރާލުމުގެ އަމަލު ހިންގި މީހުން ކުށްވެރިވުމުގެ ބަދަލުގައި މަރާލީ ކީއްވެހޭ އަހާ މީހާ ކުށްވެރިވާ ހާލަތުގައި އަޅުގަނޑުމެން މިތިބީ. މިއީ އަޅުގަނޑުމެން އަރައިގަންނަންޖެހޭ ހިސާބު."

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް