Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރު

އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް އޮތް ނުރައްކާ ވަރަށް ބޮޑު: ޝަހިންދާ

23 އެޕްރީލު 2018 | ހޯމަ 01:54

ޔާމީން ރަޝީދަކީ އިންސާނީ ހައްޤުތަކުގެ ދިފާއުގައި ވާހަކަދައްކާ، އަޑު އުފުލި ޒުވާނެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 23 އެޕްރީލު 2018 | ހޯމަ 01:54
ޝަހިންދާ އިސްމާއީލް

ޝަހިންދާ އިސްމާއީލް

ބްލޮގަރ ޔާމީން ރަޝީދުގެ މަރަށްފަހު، އިންސާނީ ހައްޤުތަކަށް ވަކާލަތުކުރާ ފަރާތްތަކަށް އޮތް ނުރައްކާ ވަރަށް ބޮޑުވެގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާރކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދަކީ އިންސާނީ ހައްޤުތަކުގެ ދިފާއުގައި ވާހަކަދައްކާ، އަޑު އުފުލި ޒުވާނެކެވެ. ޔާމީން ރަޝީދުގެ މަރަށް އެއް އަހަރުވުމާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޝަހިންދާ ވިދާޅުވީ އިންސާނީ ހައްޤުތަކަށް ވަކާލަތުކުރާ ފަރާތްތަކަށް އޮތް ނުރައްކާ ބޮޑުވެގެންގޮސްފައިވާއިރު، މަރުގެ އިންޒާރުދިނުން އާންމުކަމަކަށް ވެފައިވާ ކަމަށެވެ. އަދި މަރުގެ އިންޒާރާއި، ގެއްލުވާލާނެކަމުގެ އިންޒާރު ދެމުންގެންދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައިކަން ވެސް ޝަހިންދަ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާގެ މަޤާމުގައިވެސް ކުރިން ހުންނެވި ޝަހިންދާ ވިދާޅުވީ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމަށްފަހު، ގެއްލުވާލާނެކަމުގެ އިންޒާރުދިނުންވެސް ވަރަށް ބޮޑަށް އާންމުކަމަކަށްވެފައިވާ ކަމަށެވެ. އެފަދަ އިިންޒާރުތައް ސީރިއަސްކޮށް ފުލުހުންވެސް ތަހުޤީޤްކުރަންޖެހޭނެ ކަމަށް ޝަހިންދާ ވިދާޅުވި އެވެ.

"އަންހެނުންނާއި ދިމާކުރެވިފައި ހުންނަނީ ވަރަށް ބޮޑަށް ޖިންސީ ގޯނާކުރާނެކަމަށް ބުނެ އިންޒާރުދިނުމާއި ދިމާލުން. އަޅުގަނޑަށްވެސް އެބަހުރި އެކަހަލަ ގޮތްގޮތަށް އިންޒާރު އައިސް ހަމަ. ވަކި ކަހަލަ ކަންތައްތަކެއް ކުރާނަމޭ. ރޭޕްކުރާނަމޭ. އެކަހަލަ ވާހަކަބުނެ ޓުވިޓާރގައިވެސް އެބަ ފެނޭ އެގޮތަށް މީހުން ވާހަކަދައްކާ ތަން"

ކުޑަކުޑަ ކަމަކާއި ގުޅިގެންވެސް މީހުން މެރުން މުޖުތަމައުގައި އާންމުކަމަކަށްވެފައިވާކަން ފާހަގަކޮށް ޝަހިންދާ ވިދާޅުވީ އެކަން އެގޮތަށް މެދުވެރިވަނީ ފައިސާ ދީގެން ބަޔަކު އެކަން ކުރުވާތީކަމަށެވެ. ފުލުހުން އެކަން ދޮގުކުރި ނަމަވެސް ގަބޫލުކުރެވޭ ގޮތުގައި މަރުތަކުގެ ފަހަތުގައި އެކަން ރާވައި، ފައިސާދީ ހިންގާ ބަޔަކު ތިބޭކަމަށް ޝަހިންދާ ވިދާޅުވި އެވެ.

"މީގެ އެންމެ ހިތާމަވެރިކަމަކީ، އަޅުގަނޑުމެންގެ ޒުވާން ޖީލުތައް މީގެތެރެއަށް ވައްދާފައި އޮތީމައި. މި ފައިސާ ދީގެން ނުވަތައް މަސްތުވާތަކެތީގެ ބޭނުންކޮށްގެން ޒުވާން ޖީލުތައް ބޭނުންކޮށްގެން މިކަން ކުރާތީ"

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް