Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކޮޕާ ޑެލްރޭ

ކޮޕާ ޑެލް ރޭގެ ޗެމްޕިއަންކަން 30 ވަނަ ފަހަރަށް ބާސާއިން ހޯދައިފި

22 އެޕްރީލު 2018 | އާދީއްތަ 14:41

ބާސެލޯނާ 5 ސެވިއްޔާ 0

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 އެޕްރީލު 2018 | އާދީއްތަ 14:41
ތައްޓާއިއެކު ބާސެލޯނާއިން އުފާ ފާޅުކުރަނީ

ތައްޓާއިއެކު ބާސެލޯނާއިން އުފާ ފާޅުކުރަނީ

ސްޕެނިޝް ކޮޕާ ޑެލް ރޭ ނުވަތަ ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ރެކޯޑު 30 ވަނަ ފަހަރަށް ބާސެލޯނާއިން ހޯދައިފިއެވެ.

ބާސާ މި ސީޒަނުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސެވިއްޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެޓްލެޓިކޯ މެޑްރިޑްގެ އާ ސްޓޭޑިއަމް ކަމަށްވާ އެސްޓާޑިއޯ ވެންޑާގައި 67000 އަށްވުރެ ގިނަ ސަޕޯޓަރުންގެކުޅުނު ފައިނަލް މެޗު ބާސާއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފައިނަލްއިން ބާސާ ޖާގަ ހޯދީ ސެމީގައި 3-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްގެނެވެ. ހަމައެހެންމެ ސެވިއްޔާގެ ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 3-1 އިން ލެގާނޭސް ބަލިކޮށްގެންނެވެ. ބާސާ އަދި ސެވިއްޔާގެ ފަރާތުން ވެސް މި މެޗުގައި ކުޅެން އަރުވާފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. ސެވިއްޔާއަށް ކުޅުމުގެ ފުރުސަތު އެ ޓީމުން ދީފައިނުވާއިރު އެ ޓީމުން ވަނީ ވަނީ ސެވިއްޔާގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ 14 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ފިލިޕޭ ކުޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ލުއިސް ސުއެރޭޒްއެވެ.

މި ލަނޑަށްފަހު ވެސް ބާސާއިން ފުލުފުލުގައި ހަމަލާތައް ފޮނުވާލަމުންދިޔައިރު އެ ޓީމުން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިއޮނެލް މެސީއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ސުއަރޭޒްއެވެ.

ތިން ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް އެ ޓީމުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަންދްރޭސް އިނިއެސްޓާއެވެ. ސެވިއްޔޭގެ ކީޕަރުގެ ފަރާތުން ގިނަ ސޭވްތަކެއް މި މެޗުގައި ފެނިގެންދިޔައިރު ބާސާގެ ފަސް ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ޖަހައިދިނީ ފިލިޕޭ ކުޓީނިއޯއެވެ.

މިއަހަރުގެ މުބާރާތާއެކު ބާސާއިން ވަނީ މި މުބާރާތުގެ ތަށި ޖެހިޖެހިގެން ހަތަރު ފަހަރު ހޯދާފައެވެ. މިއީ 1933 ވަނަ އަހަރުގެ ފަހުން މި މުބާރާތް ޖެހިޖެހިގެން ހަތަރު ފަހަރު ޓީމަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ މި މެޗުގައި ޖެހި ލަނޑާއެކު ސުއަރޭޒް ވަނީ އޭނާ ބާސާގެ ޖާޒީގައި ކުޅުނު ހުރިހާ ފައިނަލެއްގައި ވެސް ލަނޑު ޖަހާފައެވެ. މީގެއިތުރުން މެސީ ވެގެންގޮސްފައިވަނީ ކޮޕާ ޑެލް ރޭގެ ފަސް ފައިނަލެއްގައި ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ.

ސްޕެނިޝް ލީގުގައިވެސް 83 ޕޮއިންޓާއިއެކު ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއަށް ވަނީ މި ސިޒަނުގައި ކޮޕާ ޑެލްރޭގެ އިތުރުން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް