Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޮޑެލްކުރުން

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

22 އެޕްރީލު 2018 | އާދީއްތަ 08:47

އެއީ ބޮޑުވެގެންވާ މުންކަރާތެއް: ސަފަލް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 22 އެޕްރީލު 2018 | އާދީއްތަ 08:47
މޮޑެލް ކުރުމަށް ނިވާކަން ކުޑަ ހެދުން ލައްވާފައި

މޮޑެލް ކުރުމަށް ނިވާކަން ކުޑަ ހެދުން ލައްވާފައި

މޮޑެލުންތަކެއް ހޮވުމަށް ބޭއްވި ޝޯއެއްގައި ދިވެހި އަންހެން ކުދިންތަކެއް ނިވާކަން ކުޑަ ހެދުންތަކެއް ލި މައްސަލާގައި ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދިވެހި އަންހެން ކުދިންތަކެއް، ނިވާކަން ކުޑަ ހެދުންތަކެއް ލައްވައިގެން މޮޑެލް ކުރުވާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖޭގެ ރިސޯޓެއްގައެވެ. އެ ހަރަކާތުގައި ދިވެހި ޒުވާން އަންހެން ކުދިންގެ ވަނާތައް ފެންނާނެ ގޮތަށް، ނިވާކަން ކުޑަ ހެދުން ލައްވައިގެން މޮޑެލް ކުރުވާފައިވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އަންހެން ކުދިންތަކެއް ބައިވެރިކޮށްގެން، މުބާރާތެއްގެ ގޮތަށް އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ބޭރުގެ ބަޔަކާ ގުޅިގެންނެވެ.

އެކަމާމެދު ކަންބޮޑުވުންފާޅުކޮށް، ޝެއިހް އަލީ ޒައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ އަންހެން ކުދިންގެ އިއްފަތްތެރިކަން ނީލަން ކިޔައި، އިސްލާމީ ގައުމެއްގެ ކަރާމާތް ކަނޑާލަަން ފާސިގުން ހިންގި އަމަލެއް ކަމަށެވެ. އެ އަމަލަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ޖަމިއްޔަތުއް ސަލަފުން ވެސް ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ. އެ ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފެޝަން ޝޯގެ ނަމުގައި ނިވާކަން ކުޑަ އެއްޗެހި ލައްވައިގެން، ފާހިޝް ޝޯތައް ބޭއްވުމަކީ ބޮޑުވެގެންވާ މުންކަރާތެއް ކަމަށެވެ. ފަސާފައިގެ އަމަލު ތަކަކަށް މުސްލިމުން ތާއިދު ކުރުމެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހެދުން އެޅި އެ މައްސަލާގައި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިއަހަރު ފެށުމުގެ ގޮތުން ބޭއްވި ޝޯގައި ވެސް ނިވާކަން ކުޑަ ހެދުންލި މައްސަލަ، ހޯމް މިނިސްޓްރީއަށާއި އިސްލާމިކް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވެސް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ދިވެހިންގެ ދީނީ އަގީދާ ވަރުގަދަ ކުރުމަށާއި އިސްލާމީ އަހުލާގު ގެއްލިދާނެ ފަދަ އަމަލުތަކެއް ރާއްޖޭގައި ނުހިންގޭނެ ކަމަށާއި ޣައިރު ދީންތަކަށް ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އިސްލާމް ދީން ހިމާޔަތް ކުރާނެ ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، އިސްލާމް ދީނާ ދެކޮޅު ކަންކަން ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. އެކަންކަން ހުއްޓުވުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ.

މީގެ ރާއްޖޭގައި އަންހެން ކުދިން ބަރަހަނާކޮށް ބަހައްޓައިގެން ބޮޑީ ޕެއިންޓްކުރި މައްސަލަ އަދި ވެސް ފުލުހުން ނުބަލަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް