Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކާންޔޭ ވެސްޓް

ކާންޔޭ ވެސްޓްގެ ދެ އަލްބަމެއް ޖޫންގައި

22 އެޕްރީލު 2018 | އާދީއްތަ 04:39

ފުރަތަ އަލްބަމް ނެރޭނީ ޖޫން 1 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 އެޕްރީލު 2018 | އާދީއްތަ 04:39
ކާންޔޭ ވެސްޓް

ކާންޔޭ ވެސްޓް

މަޝްހޫރު ލަވަކިޔުންތެރިޔާ އާއި ފެޝަން ޑިޒައިނަރު އަދި ޕްރޮޑިއުސަރު ކާންޔޭ ވެސްޓްގެ ދެ އަލްބަމެއް އަންނަ ޖޫން މަހު ރިލީޒް ކުރާނެކަން އިއުލާން ކޮށްފިއެވެ.

ކާންޔޭ ވެސްޓު ބުނެފައިވަނީ އަންނަ ޖޫންމަހު ރިލީޒް ކުރާނީ ޖޫން މަހުގެ 1 ގައި ނެރޭ ހަތް އަލްބަމުގެ ލަވައެކެވެ. ދެވަނަ އަލްބަމް ނެރޭނީ ޖޫން މަހުގެ 8 ވަނަ ދުވަހުގައި ލަވަކިޔުންތެރިޔާ އަދި އެކްޓަރ ކިޑް ކުޑީ އާއި ގުޅިގެން ނެރޭ އަލްބަމެކެވެ. އެ އަލްބަމުގެ ނަމަކީ ކިޑްސް ސީ ގޯސްޓެވެ.

ކާންޔޭ ޖޫންމަހުގެ 1 ގައި ނެރޭ އަލްބަމުގެ ނަން ހާމަކޮށްފައި ނުވިނަމަވެސް ޚަބަރުތައް ބުނާގޮތުގައި ހަތްލަވަ ހިމެނޭ އެ އަލްބަމްގެ ނަމަކީ ޓާބޯ ގްރެފިކްސް 16 އެވެ.

ކާންޔޭ އެނެމް ފަހުން އަލްބަމެއް ރިލީޒް ކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. ދަ ލައިފް އޮފް ޕްބްލޯގެ ނަމުގައި 2016 ވަނަ އަހަރު އޭނާ ނެރުނު އަލްބަމަށް ފަހު އެ އަލްބަމަށް ޓުއާ އެއް ދޭން ސްޓޭޖް މަތީގައި މޮޔަ ވާހަކަތަކެއް ދެއްކުމުން އޭނާ ވަނީ އެފަހަރު ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށް ފަހު ފަރުވާ ދީފައެވެ. ކާންޔޭ ވަނީ އެފަހަރު އޭނާ ދެމުންއައި ޓުއާ ކެންސަލްކޮށް ޓުއާގެ ޓިކެޓް ނެގިފަރާތްތަކަށް ރިފަންޑް ދީފައެވެ. އޭރު ރިޕޯޓް ކޮށްފައިވާގޮތުގައި ކާންޔޭއަށް ސްޓޭޖްމަތީގައި އެހެން ވީ އޭނާ މާބޮޑަށް ވަރުބަލިވުމުންނެވެ. އެހެންވެ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އޭނާއަށް ވަނީ ނަފްސާނީ މައްސަލަތަކަށް ހޮސްޕިޓަލުގައި ފަރުވާވެސް ދީފައެވެ.

އެމެރިކާގައި 2020 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބުނެފައިވާ ކާންޔޭ ވެސްޓު ނެރުނު ފުރަތަމަ އަލްބަމަކީ 2003 ގައި ނެރުނު ދަ ކޮލެޖް ޑްރޮޕްއައުޓް އެވެ.

ކާންޔޭ ނެރުނު އެހެން އަލްބަމްތަކަށް ބަލާއިރުލޭޓް ރެޖިސްޓްރޭޝަން (2005)، ގްރެޖުއޭޝަން (2007)، 808 އެންޑް ހާޓްބްރޭކް (2008)، މައި ބިއުޓިފުލް ޑާކް ޓްވިސްޓެޑް ފެންޓަސީ (2010)، ވޮޗް ދަ ތުރޯން (2011) އަދި ޔީޒަސް (2013) ހިމެނެއެވެ.

މިއުޒިކް އިންޑަސްޓްރީގައި ކާންޔޭ ވެސްޓް އޭނާގެ އަމިއްލަ ބްރޭންޑެއް ވެސް އުފައްދާފައެވެ. ހޮލީވުޑް އާޓިސްޓުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށްދޭ ލައިފްޓައިމް އެޗީވާ އެވޯޑް "އެމްޓީވީ މައިކަލް ޖެކްސަން ވިޑިއޯ ވެންގާޑް އެވޯޑް އޭނާ އަށް ވަނީ ލިބިފައެވެ.

މަޝްހޫރު ރިއަލިޓީޝޯ ކީޕިން އަޕް ވިތު ކާޑޭޝިއަންގެ ތަރިއެއް ކަމަށްވާ މަޝްހޫރު ތަރި ކިމް ކާޑޭޝިއަން އާއި ކައިވެނިކޮށްގެން އޭނާއަށް ވަނީ 3 ދަރިން ލިބިފައެވެ. އެއީ ނޯތު ވެސްޓް، ސެއިންޓް ވެސްޓް އަދި ޝިކާގޯ ވެސްޓެވެ.

2020 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ކާންޔޭ ވެސްޓް އިއުލާން ކޮށްފައިވާއިރު ކަންޔޭ ވެސްޓް ވަނީ ސޯޝަލް މީޑިއާގައި އޭނާއަކީ ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރެއްކަމަށް ހާމަކޮށްފައެވެ. ކަންޔޭ ބުނެފައިވަނީ 2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އޭނާ ވޯޓު ނުދޭ ކަމަށެވެ. އެހެން ނަމަވެސް ވޯޓު ދިންނަމަ ވޯޓް ދޭނީ ޓްރަމްޕްއަށް ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2019

ކިމްއާއި ކާންޔޭގެ ހަތަރުވަނަ ދަރިއަކީ ފިރިހެން ކުއްޖެއް!

16 ޖެނުއަރީ 2019
ކިމްއާއި ކާންޔޭގެ ހަތަރުވަނަ ދަރިއަކީ ފިރިހެން ކުއްޖެއް!
06 ޖެނުއަރީ 2019

ކިމް އާއި ކާންޔޭގެ 4 ވަނަ ދަރިފުޅަކީ ވެސް ސަރޮގޭޓް ދަރިއެއް؟

06 ޖެނުއަރީ 2019
ކިމް އާއި ކާންޔޭގެ 4 ވަނަ ދަރިފުޅަކީ ވެސް ސަރޮގޭޓް ދަރިއެއް؟
25 ޑިސެމްބަރު 2018

ރިހާނާގެ ފޭނުންގެ އިންތިޒާރުތަކަށް ނިމުމެއް: އަންނަ އަހަރު އަލްބަމެއް ރިލީޒްކުރަނީ

25 ޑިސެމްބަރު 2018
ރިހާނާގެ ފޭނުންގެ އިންތިޒާރުތަކަށް ނިމުމެއް: އަންނަ އަހަރު އަލްބަމެއް ރިލީޒްކުރަނީ
07 އޮކްޓޯބަރު 2018

ކާންޔޭ ވެސްޓް ސޯޝަލް މީޑިއާއިން އަނެއްކާވެސް ގެއްލިއްޖެ

07 އޮކްޓޯބަރު 2018
ކާންޔޭ ވެސްޓް ސޯޝަލް މީޑިއާއިން އަނެއްކާވެސް ގެއްލިއްޖެ
26 ޖޫން 2018

ކިމް އަހަރެން ވަރި ކޮށްފާނެ ކަމުގެ ބިރު ގަތް: ކާންޔޭ ވެސްޓް

26 ޖޫން 2018
ކިމް އަހަރެން ވަރި ކޮށްފާނެ ކަމުގެ ބިރު ގަތް: ކާންޔޭ ވެސްޓް
18 ޖޫން 2018

މިއުޒިކް ދުނިޔޭގެ 'ފަސްޓް ކަޕްލް' ބިޔޯންސޭ އާއި ޖޭ-ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފި

18 ޖޫން 2018
މިއުޒިކް ދުނިޔޭގެ 'ފަސްޓް ކަޕްލް' ބިޔޯންސޭ އާއި ޖޭ-ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފި
03 މެއި 2018

400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި

03 މެއި 2018
400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި
29 އެޕްރީލު 2018

ކާންޔޭގެ އާ އަލްބަމް ކަވަރގައި އޭނާގެ މަންމަ އޮޕަރޭޝަން ކުރި ފަހު ޑޮކްޓަރ

29 އެޕްރީލު 2018
ކާންޔޭގެ އާ އަލްބަމް ކަވަރގައި އޭނާގެ މަންމަ އޮޕަރޭޝަން ކުރި ފަހު ޑޮކްޓަރ
29 ޖެނުއަރީ 2018

ޖަސްޓިން ބީބާ އާ އަލްބަމެއް ހަދަނީ

29 ޖެނުއަރީ 2018
ޖަސްޓިން ބީބާ އާ އަލްބަމެއް ހަދަނީ
22 ޖެނުއަރީ 2018

ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ

22 ޖެނުއަރީ 2018
ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް