Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިމް ކާޑޭޝިއަން، ކާންޔޭ ވެސްޓް

ކިމް އާއި ކާންޔޭގެ 4 ވަނަ ދަރިފުޅަކީ ވެސް ސަރޮގޭޓް ދަރިއެއް؟

ކިމް އާއި ކާންޔޭގެ ތިން ދަރިން އެބަތިބި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 ޖެނުއަރީ 2019 | އާދީއްތަ 11:18
ކިމް ކާޑޭޝިއަން (ވ) އަދި ކާންޔޭ ވެސްޓް (ކ)

ކިމް ކާޑޭޝިއަން (ވ) އަދި ކާންޔޭ ވެސްޓް (ކ)

ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓްއަށް ތިން ވަނަ ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

ސަރޮގޭޓެއް މެދުވެރިކޮށް ހޯދާފައިވާ ތިން ވަނަ ދަރިފުޅަށް ކިމް އާއި ކާންޔޭ ކިޔާފައި ވަނީ ޝިކާގޯއެވެ. އޭގެ ކުރިން ހޯދާފައިވާ ދެދަރިންނަކީ ކިމް އާއި ކާންޔޭއަށް ލިބިފައިވާ ދެ ދަރިންނެވެ. އެއީ ނޯތު ވެސްޓް އާއި ސެއިންޓް ވެސްޓްއެވެ.

ސަރޮގޭޓަކީ ފިރިހެނެއްގެ ދަރިފަންޏާއި އަންހެއްގެ ބިސް ނަގައި، ރަހިމުގައި އަށަގަންނުވާ ދަރި، އުފަންކުރާ އަންހެނާއެވެ.

ފަންނާނުންގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ޓީއެމްޒީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިމް އާއި ކާންޔޭ ވަނީ އެ ދެ މީހުންގެ ހަތަރުވަނަ ދަރިއެއް ހޯދުމަށް ސަރޮގޭޓަކާ ވާހަކަ ދައްކާފައި ކަމަށެވެ. އަދި އެ އަންހެންމީހާ އިނީ މިހާރު ބަލިވެ ކަމަށް ވެސް ވަނީ ބުނެފައެވެ. ކިމްގެ ގާތް މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ކިމް އާއި ކާންޔޭ އަށް ސަރޮގޭޓް ކޮށްގެން މި ފަހަރު ލިބެނީ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާ ވިހާނީ އަންނަ މެއި މަހުގެ ތެރޭގައި ކަމަށް ކިމްގެ ގާތް މީހަކާ ހަވާލާދީ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިފަހަރުގެ ސަރޮގޭޓަކީ ކުރީގެ ސަރޮގޭޓެއް ކަމަށް ސާފެއް ނުވެއެވެ.

މިފަހަރުގެ ސަރޮގޭޓަކީ ޝިކާގޯގެ ވެސް ސަރޮގޭޓް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވީ ނަމަވެސް އެހެން ނޫސްތަކުގައި ވަނީ އާ ސަރޮގޭޓެއް ކަމަށް ބުނެފައެވެ.

ސަރޮގޭޓް މެދުވެރިކޮށް ދަރިއެއް ލިބިއްޖެ ކަމަށް ވާނަމަ ކިމް އާއި ކާންޔޭއަށް ސަރޮގޭޓް ކޮށްގެން ލިބޭ ދެވަނަ ދަރިއަކަށް އެ ދަރިފުޅު ވާނެއެވެ.

ކިމް ފެނިގެންދާ އާއިލީ ޑްރާމާ ކީޕިން އަޕް ވިތު ކާޑޭޝިއަންގައި ވެސް އޭނާ ވަނީ އާއިލާ ބޮޑު ކުރަން ބޭނުންވާ ކަމަށާއި އަބަދުވެސް ގިނަ ދަރިން ހޯދުމަށް ލޯބިކުރާ ކަމަށް ބުނެފައެވެ.

ކިމް އާއި ކާންޔޭ ހަތަރުވަނަ ދަރިއަކު ހޯދާ ކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ ޝިކާގޯ ލިބުނު ހިސާބުންނެވެ. އެހެން ނަމަވެސް ކިމް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ކިމް އާއި ކާންޔޭ ސަރޮގޭޓް ކޮށްގެން ދަރިން ހޯދަން ފެށީ ދެވަނަ ދަރިއަކު ލިބި، ތިންވަނަ ދަރިއަކަށް ބަލިވެ އިން ފަހުން އޭނާއަށް ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނުވިހެއުމަށް ޑޮކްޓަރ ލަފާދިނުމުން ކަމަށް ކިމް މީގެ ކުރިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު