Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޝާހިދާއި މީރާ

ޝާހިދާއި މީރާއަށް ދެވަނަ ދަރިއަކު ލިބޭކަން ކަށަވަރުވެއްޖެ

މީރާ ބަލިވެއިންކަން ކަށަވަރު ކޮށްދީފައިވަނީ އިންސްޓަގްރާމްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2018 | އާދީއްތަ 04:20
ޝާހިދާއި މީރާ

ޝާހިދާއި މީރާ

ފިލްމީ ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ އަށް އަންހެން ދަރިއަކު ލިބުނީ މީގެ ދެއަހަރު ކުރިން 2016 ވަނަ އަހަރުގައެވެ. ޝާހިދުއާއި މީރާގެ ނަމާއި ގުޅުވައިގެން އެދަރިފުޅަށް ކިޔާފައިވަނީ މީޝާއެވެ.

މީރާ ދެވަނަ ދަރިއަކަށް ބަލިވެއިން ވާހަކަ މީޑިއާތަކުގައި ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މީޝާ ލިބުނު ފަހުން ދެވަނަ ދަރިއަކު ބޭނުންވާ ކަމަށް މީރާ ބައެއް ޓީވީ އިންޓަވިއުތަކުގައި ވަނީ ބުނެފައެވެ. މީރާ ބަލިވެއިންކަމުގެ ހަބަރުތައް ދާދި ފަހުން ވަނީ މީޑިއާގައި ފެތުރިފައެވެ. މީރާ ބަލިވެއިންކަމަށް އަޑުތައް ފެތުރިފައިވާއިރު އޭނާ އާއި ޝާހިދު މިފަހަކަށް އައިސް އެކީގައި ނަގާފައިވާ ފޮޓޯތަކުން މީރާ ބަލިވެއިންކަމަށް ދަނީ ބުނަމުންނެވެ. އެފޮޓޯތަކުގައި މީރާގެ ބަނޑު ބޮޑުކަން ހާމަވެއެވެ.

މީރާ އިނީ ދެވަނަ ދަރިއަކަށް ބަލިވެއިންކަން ކަށަވަރުކޮށްދީފައިވަނީ ހޮނިހިރު ދުވަހުގައެވެ. މީރާ އިނީ ބަލިވެކަން ކަށަވަރު ކޮށްފައިވާއިރު މީރާއާއި ޝާހިދުގެ އިންސްޓަގްރާމްގައި އެކަން އިއުލާންކޮށްފައި ވަނީ ތަފާތު ގޮތަކަށެވެ.

އެގޮތުން މީޝާގެ ފޮޓޯއެއް ޝާހިދު ލާފައިވާ އިންސްޓަގްރާމް ފޮޓޯގައި ބުނެފައިވަނީ "ބިގް ސިސްޓާ" ކަމަށެވެ. އޭގެ މާނައަކީ މީޝާއަށް ދައްތަކިޔާނެ ކުއްޖަކު ލިބެނީއެވެ.

ޝާހިދު، 37، އާއި މީރާ، 22، ކައިވެނި ކުރީ 2015 ގަ އެވެ. ޝާހިދު މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދެވަނަ ދަރިއަކު ހޯދުމަށް އޭނާ ޕްލޭން ކޮށްފައި ނުވާކަމަށާއި އެހެން ނަމަވެސް ދެވަނަ ދަރިއަކަށް އޭނާއާއި މީރާ "ރެޑީ" ކަމަށެވެ. މީރާއާ ބައްދަލުވީ އެއްވެސް މީހަކާ ރައްޓެހި ނުވެ ހުންނަތާ ހަތަރު ވަރަކަށް އަހަރު ފަހުން ކަމަށާއި އޭރު އޭނާ އުޅެމުން ދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެއް ކަމަށް ޝާހިދު ވަނީ ބުނެފައެވެ. މީރާގެ ކައިވެނި ހަމަޖައްސައިދިނީ މައިންބަފައިން ކަމަށާއި މީރާއާ ފުރަތަމަ ބައްދަލުކުރަން ދިއްލީ އަށް ދިޔައިރު ވެސް އެއީ އޭނާއާ ކައިވެނިކުރަން އަންނަ މީހެއްކަމެއް މީރާ ވެސް ނުދެނަހުރި ކަމަށެވެ. ނަމަވެސް ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގައި ވެސް އެކަކު އަނެކަކާ ހިތްހަމަޖެހޭ ގިނަ ސިފަތަކެއް ފާހަގަކުރެވުނުކަން ޝާހިދު އާއި މީރާ ވަނީ ކޮފީ ވިތު ކަރަންގެ ޝޯގައި ބުނެފައެވެ. ޝާހިދު އެންމެ ފަހުން ފެނިގެންދިޔަ ހިންދީ ފިލްމު ޕަދްމާވަތު ގައި ޝާހިދު ކުޅުނު ރޯލުން މި އަހަރުގެ ދާދާސާހެބް ޕާލްކޭ އެކްސެލެންސް އެވޯޑް ވެސް އޭނާ އަށް ދޭން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ

ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ

25 މެއި 2017
"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

22 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ

"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ

10 މެއި 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު