Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

ނަތީޖާ ނުނިކުންނަ ނަމަ ކިމްއާ ވާހަކަދެއްކުން ހުއްޓާލާނަން: ޓްރަމްޕް

20 އެޕްރީލު 2018 | ހުކުރު 05:41

ބައްދަލުވުން ބާއްވާ ތަން އަދި ހާމައެއް ނުކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 އެޕްރީލު 2018 | ހުކުރު 05:41
ރައީސް ޓްރަމްޕް އާއި ޖަޕާނުގެ ބޮޑުވަޒީރު އަބޭ

ރައީސް ޓްރަމްޕް އާއި ޖަޕާނުގެ ބޮޑުވަޒީރު އަބޭ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ނަތީޖާއެއް ނުނިކުންނަ ނަމަ ބައްދަލުނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ރައީސް ޓްރަމްޕް އެކުގައި ބޭއްވެވި ނޫސްކޮންފަރެންސްގައި ދެ ބޭފުޅުން ވިދާޅުވީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އުތުރު ކޮރެއާއަށް ފިއްތުންތައް ކުރިމަތި ކުރެވޭނެ އެންމެ ބޮޑަކަށް ހުއްޓުމެއް ނެތި ފިއްތުންތައް ކުރިމަތިކުރަން ވާނެ ކަމަށެވެ.

ބޮޑުވަޒީރު އަބޭ ހުންނެވީ ފްލޮރިޑާގައި އޮންނަ ރައީސް ޓްރަމްޕްގެ އަމިއްލަފުޅު ރިޒޯޓް މާރަލާގޯގައެވެ.

މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ސީއައިއޭގެ ޑިރެކްޓަރ މައިކް ޕޮމްޕެއޯ ސިއްރު ދަތުރުފުޅެއް ކުރައްވައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ކިމްއާ އެކު ޕޮމްޕެއޯ ރަނގަޅު ގުޅުމެއް ގާއިމް ކުރެއްވި ކަމަށާއި ބައްދަލުވުން ކުރިޔަށްދިޔައީ އޮމާންކަމާ އެކު ކަމަށެވެ.

މި ބައްދަލުވުމަކީ 2000 ވަނަ އަހަރަށް ފަހު ދެ ގައުމުގެ މިހާ އިސް ފަރާތްތަކެއް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ޓްރަމްޕް ވަނީ ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ވެސް ވާހަކަ ދައްކައިގެން، 1950 އާއި 1953 އާއި ދެމެދުކުރި ކޮރެއާ ހަނގުރާމައިގެ ޚިލާފުތައް ނައްތާލުމަށް ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ދެކުނު ކޮރެއާ އިން ވެސް ވަނީ އޭޕްރީ މަހުގެ ފަހުކޮޅު ރައީސް މޫން ޖައި އިން އާއި ކިމް ބައްދަލުކުރައްވާއިރު އެފަދަ އެއްބަސްވުމަކަށް ހިނގައިދާނެ ފަދަ އިޝާރާތެއް ދެއްވާފައެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ބުރާސްފަތި ދުވަހު ވިދާޅުވީ ނިއުކްލިއަރ ޕްރޮގްރާމް އެކީގައި ހުއްޓާލުމަށް އެ ގައުމު ތައްޔާރަށް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޓްރަމްޕް-ކިމް ސަމިޓާއި ދެކޮރެއާގެ ބައްދަލުވުމަކީ ވެސް ފާހަގަޮށްލެވޭ އުފެެއްދުންތެރި އަދި ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ޓްރަމްޕްގެ އަމިއްލަފުޅު ރިސޯޓް ކަމަށްވާ ފްލޮރިޑާގެ މާރަލާގޯގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކިމްއާ ބައްދަލުކުރެއްވުމަށް ފަސް ތަނެއް ކަނޑައަޅައި މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މިމަޝްވަރާތަކުން ބައްދަލުކުރެއްވުން އޮންނާނެ ފައިނަލް މަންޒިލެއް ކަނޑައެޅޭނެ ކަމަށެވެ.

މަޝްވަރާތަކުގެ ވާހަކަ ދެކެވުނުއިރު، ގިނަ މުހައްލިލުން ބުނަމުން އައީ ވާހަކަތައް ބޭއްވުން އެންމެ ގާތް އެއްތަނަކީ ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ޕަންމުންޖޮމް ގައެވެ. އެސަރަހައްދަކީ އެމެރިކާ ސިފައިން ހަރަކާތްތެރިވާ، އދ. ގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.

އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސަކު މީގެ ކުރިން އުތުރު ކޮރެއާގެ ވެރިޔަކާ ބައްދަލުކުރައްވާފައި ނުވާއިރު، ކިމް ޖޮން އުންއާ ބައްދަލުކުރެއްވުމަށް މިދިޔަ މަހު ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގަތުމުން މުޅި ދުނިޔެއަށް ސިހުން ލިބިގެންދިޔައެވެ. ނިއުކްލިއަރ ޕްރޮގްރާމާއި އިންސާނީ ހައްޤުތަކުގެ މައްސަލައިގައި ދުނިޔެއާ، އެއްކޮށް އެކަހެރިވެފައިވާ އުތުރު ކޮރެއާ އިން އެމެރިކާއާ އެކު މަޝްވަރާތަކަށް ދިޔުމަށް އެއްބަސްވީ ދާދި ފަހުން ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގައި ނިމިގެންދިޔަ ފިނި މޫސުމުގެ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމާ ގުޅޭ ގޮތުން ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

11 ޖޫން 2017

ހޫނު މަރުޙަބާއެއް ނުކިޔާނަމަ އިނގެރޭސިވިލާތަށް ނުދާނަން: ރައީސް ޓްރަމްޕް

11 ޖޫން 2017
ހޫނު މަރުޙަބާއެއް ނުކިޔާނަމަ އިނގެރޭސިވިލާތަށް ނުދާނަން: ރައީސް ޓްރަމްޕް
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
13 މެއި 2017

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް