Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސެންޓު ހަދާ މީހާ

ހާމާއިން މި ދުވަނީ ކޮންވަހެއް: އަސްލު ނޫނަސް، އެއީ ހަމަ އެ ވަހެވެ!

26 އެޕްރީލު 2023 | ބުދަ 11:58

މިހާރު އުމުރުން 40 އަހަރު ފުރިފައިވާ މާޒިން ސެންޓު ވިޔަފާރީގެ ތެރެއަށް ވަނީ ކުޑައިރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 އެޕްރީލު 2023 | ބުދަ 11:58
މާޒިން ޒަކޫރު؛ ސެންޓު ހަދާ މީހާ

މާޒިން ޒަކޫރު؛ ސެންޓު ހަދާ މީހާ

މިފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ހަނގުރާމައިގެ މައިދާނަކަށްވި ސޫރިޔާގައި، އިހު އޮތް އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް މަސައްކަތް ކުރަމުންދާ މީހުންގެ އަދަދު މަދެއް ނޫނެވެ. ވެރިރަށް ދިމިޝްގުގެ މަގުތަކަށް ބަލައިލުމުން އެކަނިވެސް، ދިރިއުޅުން އާރާސްތު ކުރުމަށް މަސައްކަތް ކުރަމުންދާ އެތައް ބަޔަކު ފެނެއެވެ. ދިމިޝްގުގައި އޮންނަ ހާމާއޭ ކިއުނު މަގު އެއްވަސްކޮށްލާފައި އޮންނަނީވެސް އެފަދަ މަސައްކަތަކުންނެވެ. މުޅި ސަރަހައްދަށް ފެތުރިފައިވަނީ، މާޒިން ޒަކުރޫ ޖަހަމުންދާ ސެންޓުގެ ވަހެވެ. ސަގާފީ ވަސްތަކުން ފެށިގެން ހުޅަނގުގެ ސެންޓުތަކެވެ. އޭނާ އެކަން ކުރަނީ، ކައިރިން ދާ މީހުންގެ ސަމާލުކަން ދަމައިގަނެ، ކަސްޓަމަރުން ހޯދުމުގެ ބޭނުމުގައެވެ.

މިހާރު އުމުރުން 40 އަހަރު ފުރިފައިވާ މާޒިން، ސެންޓު ވިޔަފާރީގެ ތެރެއަށް ވަނީ ކުޑައިރުއެވެ. ކާފައާއި ބައްޕަ ހިނގަމުންދިޔަ ފިހާރައަށް ގޮސް އައިސް ވުމުގެ ތެރޭގައެވެ. އެހެން އުޅުނު އުޅުމުގައި މާޒިން ވަނީ، ވަކި ބާވަތްތަކެއް ބޭނުންކޮށްގެން، ޚާއްސަ ރެސިޕީތަކަށް، އެންމެ މަތީ ފެންވަރުގެ ސެންޓު އުފައްދަން ދަސްކޮށްފައެވެ. މާޒިންގެ ސެންޓުތަކުގައިވެސް ބޭނުން ކުރަނީ ސެންޓު އުފެއްދުމަށް އާންމުކޮށް ބޭނުންކުރާ އަލްކަހޯލް، ޑިސްޓިލްޑް ފެން އަދި ތެލެވެ.

މިނިވަންކަމުގެ ނަމުގައި އަރަބި ގައުމުތަކަށް އެރި ވަރުގަދަ ލޮޅުމާއެކު ސޫރިޔާގައި ކުރި ހަނގުރާމައިގެ އަސަރު މާޒިންގެ ސެންޓު ވިޔަފާރިއަށްވެސް ވަނީ ފޯރާފައެވެ. ތެޔޮ އިމްޕޯޓްކުރުމަށް ދަތިވެ، ތެޔޮ ހާނަން ކުރަންޖެހޭ ޚަރަދުތައް އުފުލިގެންދިޔައެވެ.

ހަނގުރާމަ މަޑުޖެހުނެއްކަމަކު، މިދިޔަ 2 އަހަރެއްހާ ދުވަހަކީ ސޫރިޔާގެ އިގްތިސާދު ގޯހުން ގޯހަށް ދިޔަ ދުވަސްތަކެކެވެ. މާޒިންއަށް އުފުލަންޖެހުނު ބުރަ ހައްތަހާ ވީ އިތުރެވެ. އެވަރުންވެސް އޭނާ ހިތްވަރު އެލުވައެއްނުލައެވެ. ސެންޓު ތައްޔާރުކުރަން ބޭނުންވާ ތެޔޮ ހޭނުމަށްޓަކައި، މާޒިން އަމިއްލައަށް، އެކަމަށް ޚާއްސަ އާލާތެއް އީޖާދުކުރިއެވެ.

މިހާ ހިސާބުންވެސް މާޒިންއަށް ހިންދެމިލެވޭ ގޮތެއް ނުވިއެވެ. މުޅި ދުނިޔެއަށް ބިންދާލި ހަކަތައިގެ ދަތިކަމުގެ ކާރިސާގެ ގަދަ އޮއިވަރުން ސޫރިޔާއަށްވެސް ސަލާމަތް ނުވެވި، އެ ތަކުލީފުގައި މާޒިންވެސް ބެދުނެވެ. ތެޔޮ ހާނަން އީޖާދުކުރި ޑިވައިސް ބޭނުންކޮށްގެން އެންމެ އެކަށީގެންވާގޮތުގައި އުފެއްދުންތެރިކަން މެކުހަށް ނުޖެހިގެން އުޅޭ އެންމެ ބޮޑު ސަބަބަކީވެސް ސޫރިޔާއަށް ކުރިމަތިލާން ޖެހިފައިވާ ހަކަތައިގެ ދަތިކަމުގެ ކާރިސާއެވެ. މި ހުރިހާ ގޮންޖެހުންތަކަކާ އެކުވެސް، ސެންޓު އުފެއްދުމުގެ ސިނާއަތުގައި، އޭނާގެ ވިޔަފާރިއަކީ ވާދަވެރި ވިޔަފާރިއެއްކަމަށް މާޒިން ގަބޫލުކުރެއެވެ.

ކޮލެޖުގައި ތައުލީމު ހާސިލުކުރަމުންދާ ޣިނާ ސާބްގެ ވާހަކަތަކުން އެކަން ސާބިތުކޮށްދެއެވެ. ޣިނާ ބުނާގޮތުގައި މާޒިންގެ ސެންޓުތަކަކީ ފެންވަރު އެންމެ ރަނގަޅު، ޖީބަށް ލުއި އުފެއްދުންތަކެކެވެ.

ދިމިޝްގު މަޝްހޫރުވެފައި ވަނީ "ހުވަނދުމާ" ސިޓީގެ ގޮތުގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ތަފާތު އެކި ކަހަލަ ސެންޓު އުފެއްދުމުގައި ދިމިޝްގަކީ މަޝްހޫރު ސިޓީއެކެވެ. ހަނގުރާމައިގެ ތެރޭގައި މުޅި ގައުމު ހަފުސްވެގެން ދިޔައިރުވެސް، ސެންޓު އުފެއްދުމަށް ދިމިޝްގުގެ ރަށްވެހިންގެ ހިތުގައި ޖެހިފައި އޮތް ލޯތްބަށް ފަނޑުކަމެއް އައިސްފައިވާތީއެއް ނުފެނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

09 ޖޫން 2024

ޗައިނާތަ؟ 100 އިންސައްތަ އަސްލު ކަމާ މެދު ޝައްކު ކޮށްފަ ނުކުރާނެ ކަމެއް ހަމަ ނެތް!

09 ޖޫން 2024
ޗައިނާތަ؟ 100 އިންސައްތަ އަސްލު ކަމާ މެދު ޝައްކު ކޮށްފަ ނުކުރާނެ ކަމެއް ހަމަ ނެތް!
19 ޖެނުއަރީ 2024

އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟

19 ޖެނުއަރީ 2024
އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟
19 އޯގަސްޓު 2023

'އަކުއާ ވުމަން': އަސްލުގައިވެސް މިއީ ހަމަ ކަނޑުގެ ދަރިއެއް

19 އޯގަސްޓު 2023
'އަކުއާ ވުމަން': އަސްލުގައިވެސް މިއީ ހަމަ ކަނޑުގެ ދަރިއެއް
16 މެއި 2019

ޝާހިދުގެ ވެކްސް ސްޓެޗޫ ދައްކާލުމުން އަސްލުމީހާ އޮޅިއްޖެ

16 މެއި 2019
ޝާހިދުގެ ވެކްސް ސްޓެޗޫ ދައްކާލުމުން އަސްލުމީހާ އޮޅިއްޖެ
09 ޖުލައި 2018

ދަރިފުޅުގެ ތުންފަތް އޭނާގެ 'އަސްލު' ތުންފަތާ ވައްތަރު ވެދާނެތީ ބިރުގަތް ކަމަށް ކައިލީ ޖެނަރ ބުނެފި

09 ޖުލައި 2018
ދަރިފުޅުގެ ތުންފަތް އޭނާގެ 'އަސްލު' ތުންފަތާ ވައްތަރު ވެދާނެތީ ބިރުގަތް ކަމަށް ކައިލީ ޖެނަރ ބުނެފި
09 މެއި 2018

މަންމަ އަހަރެންގެ ކެރިއާ މެނޭޖްކޮށް ދިނުމަކީ ކާމިޔާބީ އަސްލު: ރާނީ

09 މެއި 2018
މަންމަ އަހަރެންގެ ކެރިއާ މެނޭޖްކޮށް ދިނުމަކީ ކާމިޔާބީ އަސްލު: ރާނީ
25 އެޕްރީލު 2018

ނިއުމާއާއި ސުނީތާއާ ޖެހުނު އަސްލު މައްސަލަ މިއޮތީ

25 އެޕްރީލު 2018
ނިއުމާއާއި ސުނީތާއާ ޖެހުނު އަސްލު މައްސަލަ މިއޮތީ
28 ޑިސެމްބަރު 2017

މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

28 ޑިސެމްބަރު 2017
މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް