Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއޯ ފުލުހުން

އެސްއޯ ފުލުހުންގެ ބޯ ކޮށާލީ އޮންނަ އުސޫލުގެ ދަށުން: ކަރެކްޝަންސް

18 އެޕްރީލު 2018 | ބުދަ 10:36

އެ އުސޫލެއް ކަރެކްޝަނަކުން ބުނެފައެއް ނުވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 އެޕްރީލު 2018 | ބުދަ 10:36
ބަންދުގެ ޝަރީއަތަށް އެސްއޯ ފުލުހުން ހާޒިރު ކުރަނީ

ބަންދުގެ ޝަރީއަތަށް އެސްއޯ ފުލުހުން ހާޒިރު ކުރަނީ

ހައްޔަރުކޮށްފައި ތިބި އެސްއޯ ފުލުހުންގެ ނުރުހުމުގައި އެ މީހުންގެ ބޯ ކޮށާލީ އޮންނަ އުސޫލުގެ ދަށުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް އަހްމަދު ލުގްމާން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހައްޔަރުކޮށްފައިވާ އެސްއޯ އަށް ފުލުހެއްގެ ބޯ ކޮށާލީ، ބަންދުކޮށްފައި ތިބޭ މީހުންނާ މެދު އަމަލު ކުރަން އެ ސާވިސް އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށެވެ. ނަމަވެސް އެ އުސޫލެއް އޭނާ ވިދާޅެއް ނުވެއެވެ.

Advertisement - newsAdvertisement

ހައްޔަރުކޮށްފައި ތިބި ފުލުހުންގެ ނުރުހުމުގައި އެ މީހުންގެ ބޯ ކޮށާލާފައި ވަނީ އެންޓި ޓޯޗާގެ ގާނޫނާއި ގާނޫނުލް އުގޫބާތާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ފުލުހުންނަށާއި އެޗްއާރްސީއެމަށް އަންގާރަ ދުވަހު ވަނީ ހުށަހަޅާފައެވެ.

އެސްއޯ ފުލުހުންގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހެއްގެ ރުހުމަކާ ނުލައި، އެ މީހުންގެ ބޯ ބޭލުމަކީ ޓޯޗާގެ އަމަލުގެ ތެރެއިން ނަފްސާނީ އަނިޔާއެއް ކަމަށް އެންޓި ޓޯޗާގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ވަކީލުން ވިދާޅުވީ ޝަރުއީ ނަޒަރަކުން ވިސްނާއިރު، އިސްތަށްޓަކި އިސްލާމް ދީނުގައި ދިޔަ ދިނުން ލާޒިމުވާ އެއްޗެކެވެ. އެގޮތުން ރުހުމަކާ ނުލައި އިސްތަށި ކޮށުމަކީ އަތް ބުރިކޮށްލުން ކަހަލަ ކަމެއް ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

އެސްއޯ ފުލުހުން ނުރުހުމުގައި އެ މީހުން ބޯ ކޮށާލިކަން އެނގުނީ މިދިޔަ ހޯމަ ދުވަހު އެ ފުލުހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ބޯކޮށައިލި އެސްއޯ ފުލުހުންގެ ބަންދުގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ބޯކޮށައިލި މައްސަލަ ބަންދުގެ މުއްދަތުގެ މަޖިލީހުގައި ވެސް ވަކީލުން ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް ފަނޑިޔާރު އެކަމަށް ރިއާޔަތްނުކުރައްވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އެސްއޯ ފުލުހުންގެ ބަންދުގެ މުއްދަތަށް މިދިޔަ ހޯމަ ދުވަހު ނުވަ ދުވަސް ޖަހާފައިވާ އިރު އެ މީހުން މިހާރު ތިބީ މާފުށީ ޖަލުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް