Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދުލްއިންސާފު ގާއިމް ކުރުން

އަދުލަށް ހުކުމް ނުކުރެވޭ ގާޒީން އިސްތިއުފާ ދެއްވުން، އެމީހުންގެ އާހިރަތައްޓަކައި ހެޔޮކަން ބޮޑު: ޝެއިހު ޒައިދު

18 އެޕްރީލު 2018 | ބުދަ 08:27

ޝެއިހު ޒައިދަކީ އިޖުތިމާއީ އަދި ސިޔާސީ ބައެއް ކަންކަމުގައިވެސް ފަހަކަށް އައިސް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 އެޕްރީލު 2018 | ބުދަ 08:27
ޝެއިހު އަލީ ޒައިދު

ޝެއިހު އަލީ ޒައިދު

އަދުލަށް ހުކުމް ނުކުރެވޭ ގާޒީން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަތުން ތިމާގެ އާހިރަތައްޓަކައި ހޮޔެކަން ބޮޑު ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިހު ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދުލްވެރިކަމާއެކު ހުކުމް ކުރުމީ ގާޒީއެއްގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ. އެކަން ނުކުރެވޭނަމަ އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަތުން ތިމާގެ އާހިރަތައްޓަކައި ހެޔޮކަން ބޮޑު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޝެއިހް ޒައިދު އެގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖޭގައި އަދުލްއިންސާފު ނެތް ކަމަށާއި ޝަރުއީ ކޯޓުތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ވެސް އިންސާފާ ހަމަހަމަކަން ނުގެންގުޅޭކަން ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ޝެއިހު ޒައިދަކީ އިޖުތިމާއީ އަދި ސިޔާސީ ބައެއް ކަންކަމުގައި ވެސް ފަހަކަށް އައިސް ފާޑު ވިދާޅުވަމުން ގެންދަވާ ޝެއިހެކެވެ.

ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރެއް ގާނޫނުއަސާސީގައި ކަނޑައެޅި ޝަރުއީ ކޯޓުތަކެއް ގާއިމުކޮށްފައި ވީނަމަވެސް އަދުލްއިންސާފު ގާއިމުވާތަން ނުފެންނަ ކަމަށް ސިޔާސީ ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރައްވަ އެވެ. އެގޮތުން މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީ އަށް 2008 ވަނަ އަހަރު އަމަލު ކުރަން ފެށިފަހުން ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ރިޔާސީ ކެންޑިޑޭޓުން އިސްލާހު ކުރައްވާނެ ކަމަށް އަދި ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި އެންމެ މުހިއްމު އެއް ވައުދަކީ ވެސް އަދުލްއިންސާފުގެ ދާއިރާ އެވެ.

ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ ފަނޑިޔާރުންނާމެދު ތަފާތު ބޮޑެތި ތުހުމަތުތައް ކުރެވެމުންދާއިރު، އެއިރެއްގެ ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ޝަރުއީ ކޯޓުތަކަށާއި ފަނޑިޔާރުންނަށް ފޯރުވަމުންދާކަން ސިޔާސީ ބޭފުޅުންގެ އިތުރުން ބައިނަލް އަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ދަނީ ބުނަމުން ނެވެ.

މިވަގުތު ވެސް ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ކަމަށްވާ ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާމެދު ތަފާތު ތުހުމަތުތައް ދަނީ ކުރެވެމުން ނެވެ. އެގޮތުން ފަހުބަސް ބުނާ އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކު ހައްޔަރުކޮށް ޖަލަށްލާފައިވާއިރު، އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ގިނަ ތުހުމަތުތަކެއް ދަނީ ކުރަމުން ނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް