Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް އިންވެސްޓްމެންޓް

ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު އެކުލަވާލައިފި

ކުންފުނީގެ ޗެއަރމަނަކަށް ހަމަޖައްސާފައިވަނީ ގ.ކާނިހިޔާ، މުހައްމަދު ޖަލީލު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 އެޕްރީލު 2018 | އަންގާރަ 08:04
އެސްއީޒެޑް

އެސްއީޒެޑް

ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު އެކުލަވާލައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ކުރައްވާފައިވާ ޓްވީޓުގައި ވަނީ މިކަން ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ކުންފުނީގެ ޗެއަރމަނަކަށް ހަމަޖައްސާފައިވަނީ ގ.ކާނިހިޔާ، މުހައްމަދު ޖަލީލު އެވެ.

ޖަލީލު މީގެ ކުރިންވަނީ ފިނޭންސް މިނިސްޓްރީގެ ސީނިއަ އެޑްވައިޒަރ ޓު ދަ މިނިސްޓަރ ގެ މަގާމުވެސް ފުރުއްވާފަ އެވެ. ސަރުކާރުގެ އިސް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ޖަލީލު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އިކޮނޮމިކް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

މެނޭޖިންގ ޑިރެކްޓަރަކަށް ކަނޑައަޅާފައިވަނީ މ. ސުހާރާ އަބްދުﷲ ފަޒީލް އެވެ. މީގެ އިތުރުން ޑިރެކްޓަރުންގެ ގޮތުގައި ހ.އޮއޭސިސް ވިއު، ރުޝާހާ އަހުމަދު ޝަރީފާއި ގ. ބުލްބުލާ ވިލާ، އައިމިނަތު ނަދާ ހުސައިން އެވެ.

ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް އުފައްދާފައިވަނީ އޭޕްރީލް 05 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިކުންފުނި އުފެއްދެވި ސަބަބެއް ކަމުގައި ބުނެފައިވަނީ ދުނިޔޭގެ އަދި ރާއްޖޭގެ އިޤްތިސާދަށް އަންނަ ބޮޑެތި ބަދަލުތައް ކުރިއާލައި ދެނެގަނެ އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ކުރާނެ އަސަރު ދެނެގަނެ އަދި ކުރިއަށް ހުރި އިންވެސްޓްމަންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކަމަށެވެ. އަދި އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށާއި އިންވެސްޓްމަންޓްތަކުގެ ފައިދާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރާއްޖެއަށް އިސްލާމިކް ފައިނޭންސާއި ކޮންވެންޝަނަލް ފައިނޭންސްގެ އިތުރު ފައިނޭންޝިއަލް ޕްރޮޑަކްޓްތަކެއް ތައާރަފް ކުރުމަށް ހިތްވަރުދީ ކަމާ ބެހޭ މުއައްސަސާތަކާ އެކު މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

މިއީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

ކުންފުނީގެ ރައުސުލްމާލްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10ރ. ގެ 500،000 (ފަސް ސަތޭކަ ހާސް ) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 5،000،000 (ފަސް މިލިއަން) ރުފިޔާއެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި

10 އޯގަސްޓު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި
15 ޖޫން 2017

އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި

15 ޖޫން 2017
އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
20 މެއި 2017

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

20 މެއި 2017
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ
14 އެޕްރީލު 2017

ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކާ ގުޅޭ ގޮތުން  ޖައިޝަންކަރާ އެކު ރައީސް މަޝްވަރާކުރައްވައިފި

14 އެޕްރީލު 2017
ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކާ ގުޅޭ ގޮތުން  ޖައިޝަންކަރާ އެކު ރައީސް މަޝްވަރާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު