Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖައިޝަންކަރު

ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކާ ގުޅޭ ގޮތުން  ޖައިޝަންކަރާ އެކު ރައީސް މަޝްވަރާކުރައްވައިފި

އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 އެޕްރީލު 2017 | ހުކުރު 10:58
އިންޑިއާގެ ފޮރިން ސެކެޓްރީ ޑރ. ޖައިޝަންކަރު ރައީސް ޔާމީނާ ބައްދަލު ކުރައްވަނީ. ފޮޓޯ:ރައީސް އޮފީސް

އިންޑިއާގެ ފޮރިން ސެކެޓްރީ ޑރ. ޖައިޝަންކަރު ރައީސް ޔާމީނާ ބައްދަލު ކުރައްވަނީ. ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާއި ބެހޭ ގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި ރައީސް އަބްުދުﷲ ޔާމީން މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އިންވެސްޓްމެންޓްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ ޖައިޝަންކަރާއެކު ރައީސް އޮފީހުގައި ބުރާސްފަތިދުވަހު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ބުނީ މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިޔާއާ ދޭތެރޭގައި ޤާއިމްކޮށްފައިވާ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމާއި ތަރައްޤީއަށް އިތުރު ހަރުދަނާކަމެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑިއާ އެކު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ ޝައުގުވެރިކަން ވެސް ވަނީ ފާޅު ކުރައްވާފައެވެ. އިންޑިއާގެ އެހީތެރިކަމާ އެއްބާރުލުން އަބަދުވެސް ރާއްޖެއަށް ލިބޭނެ ކަމަށް ޖައިޝަންކަރު ވިދާޅުވި ކަމަށް ރައިސް އޮފީހުން ބުނެއެވެ.

ކުއްލި ދަތުރެއްގައި ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ ބުދަދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހް ވަރަށް ބޮލަށް ހަލަބޮލިވެފައިވާ ދުވަސްވަރެއްގައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު