Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ - އިނގެރޭސިވިލާތް

މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރާއި ސައުދީ ވަލީއަހުދު މަޝްވަރާ ކުރައްވައިފި

ދެ ޤައުމުގެ ގުޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 16 އެޕްރީލު 2018 | ހޯމަ 06:16
އިނގިރޭސި ބޮޑުވަޒީރާ ތެރެސާ މޭ: ސައުދީ އަރަބިއާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އިނގިރޭސި ބޮޑުވަޒީރާ ތެރެސާ މޭ: ސައުދީ އަރަބިއާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރާ ތެރޭސާ މޭ، ސައުދީ އަރަބިއާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނާއި މަޝްވަރާ ކުރައްވައިފިއެވެ.

މެދުއިރުމައްޗާ ގުޅޭ ގޮތުން މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ އާދީއްތަ ދުވަހު ފޯނު މެދުވެރިކޮށެވެ.

ސައުދީގެ ރަސްމީ މީޑިއާ އޭޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފޯން ކޯލްގައި ދެ ބޭފުޅުން ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ނިމިގެންދިޔަ ހަފްތާ ބަންދުގައި އެމެރިކާ އިން އިސްވެ އޮވެ، އިނގެރޭސިވިލާތާއި، ފްރާންސާ ގުޅިގެން ސިރިއާއަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެ ހަމަލާތަކަށް މީގެ ކުރިން ސައުދީން ވަނީ ތާޢީދު ކޮށްފައެވެ.

މެދުއިރުމަތީގެ ހާލަތުގެ އިތުރުން މި ފޯންކޯލްގައި ދެ ބޭފުޅުން ވަނީ ސައުދީ އާއި އިނގިރޭސިވިލާތުގެ ގުޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

ސައުދީ ސަރުކާރުގެ އުސޫލުތަކަށް ބޮޑު ބަދަލެއް އަންނަމުންދާއިރު، އެ ބަދަލުތައް ގެންނެވުމުގެ މުގުލުގައި ހުންނެވީ އަމީރު މުޙައްމަދެވެ. އެމަނިކުފާނު ގެންދަވަނީ ސައުދީގެ ޒަމާންވީ ބައެއް ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އަދި އެމަނިކުފާނު ގެންދަވަނީ ހުޅަނގާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު