Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ސިޓީ

ގާޑިއޯލާ، ސިޓީއަށް ތަށި ގެއްލިދާނެ ކަމުގެ ބިރުގައި

14 އެޕްރީލު 2018 | ހޮނިހިރު 13:12

އެ ޓީމު މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބަލިވީ އެންމެ ދެ މެޗުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 އެޕްރީލު 2018 | ހޮނިހިރު 13:12
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީއަށް ޕްރިމިއާ ލީގުގެ ތަށި ގެއްލިދާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ބާކީ ހަ މެޗު އޮތްއިރު ސިޓީ އޮތީ ތާވަލުގެ ދެވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ 13 ޕޮއިންޓް ކުރީގައެވެ. ސިޓީއަށް އެ ލީޑު 16 ޕޮއިންޓަށް ފުޅާކުރެވެން އޮތް ނަމަވެސް މެންޗެސްޓާ ޔުނައިޓެޑް އަތުން މިދިޔަ ހަފްތާގައި ބަލިވެ ސިޓީއަށް ވަނީ އެ ދޮރު ބަންދުވެފައެވެ.

ޖެހިޖިހިގެން ތިން މެޗުން ބަލިވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިއީ ފުޓްބޯޅަ ކަމަށާއި އެހެންކަމުން ސިޓީއަށް ތަށި ގެއްލުމަކީ ވެސް ހަމަވެދާނެ ކަމެއް ކަމަށެވެ. އޭނާ ބުނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މީހުން ބުނަމުންދިޔައީ ސިޓީއަށް ޕޮއިންޓް ނުގެއްލޭނެ ކަމަށާއި މިހާރު ވަމުންދަނީ އެމީހުން ދެއްކި ވާހަކައިގެ އިދިކޮޅު ކަމަށެވެ. އޭނާ ބުނީ މިހާރު ޔުނައިޓެޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި ކުރިޔަށް އޮތް ހަ މެޗު ކާމިޔާބުކޮށް އެ ޓީމަށް ބޮޑު ޗެލެންޖެއް ދެވޭނެ ކަމަށެވެ.

ގާޑިއޯލާ ބުނީ މިހާރު ހުރިހާ ކަމެއް ވެސް އޮތީ އަމިއްލަ އަތް މަތީގައި ކަމަށާއި އެއީ ލިބިފައިވާ ބޮޑު އެޑްވާންޓޭޖެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ އެއް ހަފްތާ ތެރޭ ތިން މެޗުން ބަލިވެއްޖެ ކަމަށާއި އެހެންކަމުން ކުރިޔަށް ހުރި މެޗުތަކަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭން ޖެހޭ ކަމަށެވެ.

ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން މެންޗެސްތާ ޔުނައިޓެޑް ބަލިވެއްޖެނަމަ އެ ޓީމަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންވެގެންދާނެއެވެ. ދެ ޓީމު ވެސް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސްވަންސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓީއަށް ތަށި ޔަގީން ކުރެވޭނެއެވެ.

ގާޑިއޯލާ ބުނީ އޭނާ ކުޅުންތެރިންނަށް ވިސްނުވައިދެނީ ތަށި ޔަގީންނުވާކަން ކަމަށާއި ފަސޭހަ ކުރުމަށް އެއްވެސް ވަރަކަށް ހިތްވަރު ނުދޭނެ ކަމަށެވެ. އޭނާ ބުނީ ދެ މެޗުން މޮޅުވެގެން ތަށި ޔަގީންކުރެވެން އެބައޮތް ކަމަށާއި މީގެކުރިން ވެސް ކަންކަން ކޮށްފައިވާ ގޮތަށް މޮޅު ކުޅުމެއް ދައްކައި އެ ދެ މެޗު ވެސް ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

ގާޑިއޯލާގެ ދަށުން ސިޓީ މި ސީޒަނުގެ މިހާތަނަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދެވުން ވެގެންދާނީ ގާޑިއޯލާގެ ކެރިއަރުގައި އޭނާއަށް ލިބޭ ބޮޑު ކާމިޔާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މިހާރު ވެސް ސިޓީއިން ވަނީ ޕްރިމިއާ ލީގުގެ ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ.

ކުޅުނު 32 މެޗުން ލިބުނު 84 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތްއިރު އެ ޓީމު މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބަލިވީ އެންމެ ދެ މެޗުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް