Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

ޕާޓީތަކުގެ އެތެރޭގެ މައުލޫމާތު އިލެކްޝަނުން ހޯދަނީ ޔާމީނަށް އިންތިޚާބުގައި ވާގިވެރިވުމަށް: ގުޅިފައިވާ ޕާޓީތައް

10 އެޕްރީލު 2018 | އަންގާރަ 17:17

ކޮމިޝަނުން ދައުވަތު ދެއްވާފައިވާ ބައްދަލުވުންތަކުގެ ޙަޤީޤީ މަޤްޞަދު ސާފެއް ނުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 އެޕްރީލު 2018 | އަންގާރަ 17:17
ގުޅިފައިވާ ޕާޓީތަކުގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން

ގުޅިފައިވާ ޕާޓީތަކުގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ބޭނުމަށް އެއްކޮށްފައި ހުންނަ ކޮންފިޑެންޝަލް މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ހޯދަން މަސައްކަތް ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރު ވެރިއަކަށް ހުންނެވި ޢަބްދުﷲ ޔާމީނަށް އެއިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ވާގިވެރިވުމުގެ ހީލަތްތެރި ރޭވުމުގެ ދަށުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

އެޕާޓީތަކުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތައް އުފެއްދުމާއި، ހިންގުމާއި، ޕާޓީތަކުގެ މަސްޢޫލިއްޔަތުތަކަކީ ކޮބައިކަމާއި، ޕާޓީތަކުން ކޮށްގެން ނުވާނޭ ކަންކަމާއި، ޕާޓީއެއްގެ މެންބަރަކަށް ވެވޭ ގޮތާއި، މެމްބަރުކަމުން ވަކިވެވޭ ގޮތާއި، ޕާޓީތަކުން އިންތިޚާބުގައި ވާދަކުރެވޭ ގޮތްތަކާއި، އަދި މިނޫން ވެސް، ސިޔާސީ ޕާޓީތައް ހިންގުމާ ބެހޭ އެންމެހާ ކަންކަން ބަޔާންކޮށްފައި ވަނީ، "ސިޔާސީ ޕާޓީއާ ބެހޭ ޤާނޫނުގައި" ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތައް ހިންގަމުން މިގެންދަނީ ވެސް އެޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތީން ކަމަށެވެ.

Advertisement - newsAdvertisement

ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނިޓަރ ކުރުމަށް މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވާފައިވާކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަކީ، ޤާނޫނުގައިވާ ގޮތުގެ މަތީން އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި، ޕާޓީއަށް ފައިސާ އާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި، ޕާޓީގެ ފައިސާ އާއި މުދަލުން ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން މުޢާމަލާތު ކުރުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ ވަކި ޤާނޫނީ ޝަޚްޞުތަކެއް ކަމަށެވެ. އެހެންކަމުން، ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރާނީ ޤާނޫނުން ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރީން ކަމަށް ދައްކުވައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކޮމިޝަނުން ޤާނޫނާ ޚިލާފަށް އެތައް ކަމެއް ކުރަމުން އަންނަކަން ފާހަގަކުރާ ކަމަށެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމަށް ބޭނުން ވަނީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނިޓަރ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް އެކޮމިޝަނުން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވީ ނަމަވެސް، އެކޮމިޝަނުގެ ބޭފުޅުން މީޑިޔާގައި ދައްކާ ވާހަކަތަކުގައި، އެބައްދަލުވުންތަކަކީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް ބުނަމުން ގެންދާތީ އެ ކޮމިޝަނުން ދައުވަތު ދީފައިވާ ބައްދަލުވުންތަކުގެ ޙަޤީޤީ މަޤްޞަދު ސާފު ނުވާ ކަމަށް ޕާޓީތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީގެ ޤާނޫނުގައި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނޭ މަޢުލޫމާތު ކަމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ޕާޓީތަކުން ހުށަހަޅާފައި ވަނިކޮށް ވެސް، ޕާޓީތަކުގެ މެންބަރުންނާ ގުޅޭ ހަމައެކަނި އެޕާޓީއެއްގެ ބޭނުމަށް އެއްކޮށްފައި ހުންނަ މުހިއްމު މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާކަން ފާހަގަކުރާ ކަމަށް އެބަޔާނުގައި ވެއެވެ. އަދި ޕާޓީތަކުން ޤަބޫލުކުރާ ގޮތުގައި، އެކޮމިޝަނުން އެފަދަ ކޮންފިޑެންޝަލް މަޢުލޫމާތު ޕާޓީތަކުން ހޯދުމުގެ ހީލާތްތެރި މަޤްޞަދަކީ، އެމައުލޫމާތު ޢަބްދުﷲ ޔާމީނަށް ފޯރުކޮށްދީގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޢަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދިނުމަށް އެކޮމިޝަނުން ވާގިވެރިވެދިނުން ކަމަށް ވެސް ޕާޓީތަކުން ވަނީ ބުނެފައެވެ.

ޕާޓީތަކުން ބުނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ޙަވާލުކޮށް ނިންމަންވާނެ ކަމަށް ސިޔާސީ ޕާޓީގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް އެ މުއްދަތު ނިމިފައިވާ އިރު އަދިވެސް ސިޔާސީ ޕާޓީތަކަށް އެފައިސާ ޙަވާލުކޮށްފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ހިންގުމަށާއި ޙަރަކާތްތަކަށް ސަރުކާރުން ކެނޑިނޭޅި ހުރަސްއަޅަމުން ގެންދާއިރު، ހަމަހަމަކަމާ އެކު ހުރިހާ ސިޔާސީ ޕާޓީތަކަށް ފުރުޞަތު ހޯދައިދިނުމަށް ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށް ވެސް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕާޓީތަކުން ބުނީ ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ދައުރު ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރުމަށާއި އަދި އެޤާނޫނުން އިލެކްޝަންސް ކޮމިޝަނާ ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުގެ ބޭރުން ސިޔާސީ ޕާޓީތަކުން ނާޖާއިޒު ފައިދާ ނަގަން އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތް ހުއްޓާލައި، ޕާޓީތަކަށް ޤާނޫނުއަސާސީއާ ޤާނޫނުން ލިބިދީފައިވާ ޙައްޤުތައް ބޭނުން ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ހުރަސް ނޭޅުމަށް ހަރު އަޑުން ގޮވާލާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް