Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަނަންޔާ ޕާންޑޭ

އަނަންޔާ އެކްޓަރަކަށް ނުވާނެ ނަމަ އުފަން ނުވީސް: ޗަންކީ ޕާންޑޭ

10 އެޕްރީލު 2018 | އަންގާރަ 04:27

ސްޓޫޑެންޓް އޮފް ދައިޔާ2 ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 23 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 އެޕްރީލު 2018 | އަންގާރަ 04:27
އަނަންޔާ ޕާންޑޭ(ކ) އަދި ޓައިގާ ޝްރޮފް

އަނަންޔާ ޕާންޑޭ(ކ) އަދި ޓައިގާ ޝްރޮފް

ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން ފިލްމީދާއިރާއާއި ގުޅެން ބޭނުންވާ އެމީހުންގެ ދަރިން ވަރަށް ގިނައެވެ. އޭގެ ތެރޭގައި ފިލްމީ ތަރި ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ ހިމެނެއެވެ.

ޗަންކީ އޭނާގެ ދަރިފުޅާއި ބެހޭގޮތުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އަނަންޔާ އުފަންވީ ވެސް ފިލްމީ ތަރިއަކަށް ވާންކަމަށާއި އެހެން ނޫންނަމަ އޭނާ އުފަން ނުވާނެ ކަމަށެވެ.

މުމްބާއި މިރާއަށް ދީފައިވާ އިންޓަވިއުއެއްގައި މީގެ ކުރިން ވެސް ޗަންކީ ވަނީ އޭނާގެ ދަރިފުޅާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ޗަންކީ ބުނީ ފިލްމު އިންޑަސްޓްރީއަށް ވަނުމަށް އޭނާގެ ދަރިފުޅު އަންނަނީ ތައްޔާރު ވަމުން ކަމަށެވެ. އަނަންޔާ ބަތަލާއަކަށް ވާން ވަރަށް ބޭނުންވެގެން އޭނާ ގާތު އެ ވާހަކަ ބުނެފައިވާ ކަމަށާއި އަމިއްލައަށް މަސައްކަތް ކޮށްގެން ފިލްމު އިންޑަސްޓްރީގައި ރަނގަޅު މަގާމެއް ހޯދުން އެއީ އޭނާ ދެކެން ބޭނުންވާ ކަމެއް ކަމަށް ޗަންކީ ވަނީ ބުނެފައެވެ.

ޗަންކީ މިހެން ބުނެފައިވާއިރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު ސްޓޫޑެންޓް އޮފްދަ އިޔާ2ގެ ޝޫޓިން ފެށުމަށް އިއުލާން ކޮށްފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ފިލްމުގައި ބައިވެރިވާ ތަރިންގެ ތެރެއިން އަދި ޔަގީން ވެފައިވަނީ ބަތަލު ޓައިގާ ޝްރޮފް އެކަންޏެވެ.

މި ފިލްމުގެ ލީޑު އެކްޓްރެސްއެއް ހޮވުމަށް ދާދި ފަހުން އޮޑިޝަންއެއް ބާއްވާފައިވާއިރު އޮޑިޝަންގައި ބައިވެރިވެ ސާރާ އަލީ ހާން އާއި ޖާންވީ ޕަކޫރަށް ވުރެ މަތިން އަނަންޔާ ވަނީ މާކްސް ހޯދާފައެވެ.

އެހެންކަމުން އަނަންޔާ ފެނިގެންދާނެ ފުރަތަމަ ފިލްމަކީ ސްޓޫޑެންޓް އޮފްދަ އިޔާ2 ކަމަށް ވަނީ ބެލެވިފައެވެ. އަދި އެފިލްމުން އަނަންޔާ ފެންނާނެ ސިގްނަލްތައް ދަނީ ލިބެމުންނެވެ. އެގޮތުން ސްޓޫޑެންޓް އޮފްދަ އިޔާ2 ގެ ޝޫޓިންތައް ނެގުމަށް ހަމަޖައްސާފައިވާ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ދެހްދަރުންއަށް ދިއުމަށް އަނަންޔާ އާއި ފިލްމުގެ ޑައިރެކްޓަރ ޕުނީތް މަލޯތްރާ ގޮސް ހުއްޓާ ވަނީ ނޫސްވެރިންނަށް ފެނިފައެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި މި ފިލްމުގެ ޝޫޓިން ވަނީ މިހާރު ފަށާފައެވެ.

މީގެ 5 އަހަރު ކުރިން ނެރުނު ސްޓޫޑެންޓް އޮފް ދަ އިޔާގެ ފްރަންޗައިޒް ސްޓޫޑެންޓް އޮފް ދަ އިޔާ2 ރިލީޒް ކުރާނީ އަންނަ ނޮވެމްބަރުމަހުގައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރުވަނީ މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައެވެ.

ކަރަން ޖޯހަރުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސްޓޫޑެންޓް އޮފް ދައިޔާ2 ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 23 ގައި ކަމަށެވެ. މީގެ ފަސް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 19 ވަނަ ދުވަހު ނުކުތް ކަރަން ޖޯހަރުގެ ފިލްމުން ކުޅަދާނަ ތިން އާ ފަންނާނުން ބޮލީވުޑަށް ތައާރަފްވިއެވެ. އެއީ އާލިއާ ބަޓް، ސިދާތު މަލްހޯތުރާ އަދި ވަރުން ދަވަން އެވެ. ސިދާތް މަލްހަތްރާ އާލިއާ ބަޓް އަދި ވަރުން ދަވަން އަކީ މިހާރު ބޮލީވުޑްގެ ވެސް އެންމެ ކާމިޔާބު ތިން ފަންނާނުންނެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

21 ޖުލައި 2017

އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

21 ޖުލައި 2017
އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!
10 ޖުލައި 2017

ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

10 ޖުލައި 2017
ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ
27 ޖޫން 2017

ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި

27 ޖޫން 2017
ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި
23 ޖޫން 2017

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!
12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
26 މެއި 2017

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ
03 މެއި 2017

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ
19 އެޕްރީލު 2017

"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް

19 އެޕްރީލު 2017
"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް