Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާއިޒް

ބަރ ކައުންސިލެއް އުފައްދަން ދެންނެވިން، މިއީ އިސްލާހުކުރަން ރަނގަޅު ވަގުތެއް: ފާއިޒު

ވަކީލުންގެ ކަންކަން ބެލެހެއްޓުން ސުޕްރީމް ކޯޓުގެ ދަށަށް ގެންނަން ކުރިންވެސް އުޅުނު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 އެޕްރީލު 2018 | އަންގާރަ 02:24
ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން:- އެމަނިކުފާނު ވަނީ ކަންކަން އިސްލާހް ކުރަން އެދިވަޑައިގެންފަ

ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން:- އެމަނިކުފާނު ވަނީ ކަންކަން އިސްލާހް ކުރަން އެދިވަޑައިގެންފަ

ގާނޫނެއްގެ ދަށުން ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރުމަށް ބަރ ކައުންސިލެއް އުފައްދަން ބަންޑާރަ ނައިބުގެ މަގާމާ މުހައްމަދު އަނިލް ހަވާލުވެވަޑައިގެންނެވި ފަހުން ބައްދަލުވި ފުރަތަމަ ދުވަހުވެސް އެދިވަޑައިގެންނެވި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.

ވަކީލުންނާބެހޭ ގާނޫނު ޑްރާފްޓްކޮށްފައިވާ ގޮތުން ވަކީލުންގެ އިދާރީ ކަންކަން ބަލަމުންދަނީ "ބަރ ކައުންސިލް"އެއްގެ ދަށުން ކަމަށް ބަންޑާރަ ނައިބު އަނިލް އަދިއްތަ ދުވަހުގެ ރޭ ވިދާޅުވުމާއެކު ފާއިޒުވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. މިހާރު ހިނގަމުންދާ ބައެއް ކަންކަމަށް އިޝާރާތް ކުރައްވައި ފާއިޒު ވިދާޅުވެފައިވަނީ "އޮނިގަނޑަށް ނުފެތި ކުރަމުން އަންނަ ކަންކަން އިސްލާހް ކުރަން މިއީ ރަނގަޅު ވަގުތެއް" ކަމަށެވެ.

އެ މަނިކުފާނުގެ ފޭސްބޫކް ޕޭޖުގައި ލިޔުއްވާފައިވާ ގޮތުގައި ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ބަރ ކައުންސިލެއް އުފައްދަން މީގެ ހަތަރު އަހަރު ކުރިން އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވައިގެން އަނިލް ގާތު އެދިވަޑައިގެންނެވުމުން އެ ދުވަހު އޭނާ ވިދާޅުވީ ވަކީލުންނާބެހޭ ގާނޫނެއް ޑްރާފްޓްކޮށްފައިވާ ވާހަކަކަމަށާއި ވަރަށް އަވަހަށް އެ ގާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ވާހަކަ ކަމަށެވެ.

އާދިއްތަ ދުވަހުގެ ރޭ 175 ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިޔާތުގައި ވެސް ވަކީލުންނާއި ބެހޭ ގާނޫނެއް ހެދުމަށް އޭގެ ޑްރާފްޓް ތައްޔާރު ކުރަމުންދާ ކަމަށާއި މިހާރު އެ މަސައްކަތްކުރާތާ ދެތިން އަހަރުވެއްޖެ ކަމަށް އަނިލް ވަނީ ވިދާޅުވެފަ އެވެ.

ފާއިޒު ވިދާޅުވީ ވަކީލުންގެ އާންމު އިދާރީ ކަންކަން ބަރ ކައުންސިލެއްގެ ދަށުން ކުރިއަށް ގެންދަން އެދުވަހު ހުށަހެޅުއްވީ އޭނާ ނެތް ދުވަހެއްގައި ވަކީލުންގެ އާންމު އިދާރީ ކަންކަން ޖުޑިޝަރީގެ ދަށަށް ގެންނާނެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި އޭރުވެސް ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރުމުގެ ވިސްނުން ބައެއް ބޭފުޅުންގެ ހުރީތީ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި ފާއިޒު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެމަނިކުފާނު ހުންނެވިއިރު އެއްފަހަރަކު ސުޕްރީމް ކޯޓު ހިންގުން ވަކި ބޭފުޅަކާ ހަވާލު ކުރެއްވުމަށްފަހު ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އެނބުރި މާލެ ވަޑައިގެންނެވިއިރު ވަކީލުން ރެގިއުލޭޓްކުރުމުގެ ކަންކަން ސުޕްރީމް ކޯޓުގެ ދަށަށް ގެންދިއުމަށް އެޓާނީ ޖެނަރަލް އޮފީހުގެ އޭރުގެ ބައެއް އިސްވެރިންނާ އޮތީ މަޝްވަރާ ކުރެވިފައި ކަމަށެވެ. އަދި އޭގެ ފަހުންވެސް އެކަން ކުރުމަށް އެމަނިކުފާނުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވިއިރުވެސް ކުރެވުނު ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުންވެސް ފާއިޒު ވިދާޅުވެފައި ވަނީ ޖަސްޓިސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ބައެއް މަސައްކަތްތައް އޭޖީ އޮފީހުންކުރާ ގޮތަށް ބަދަލު ކުރެވިގެން ދިޔަ އިރުވެސް ކޯޓުތަކުގައި ވަކާލާތު ކުރައްވާ ވަކީލުންގެ ދަފްތަރު ބެލެހެއްޓުން ފިޔަވާ ވަކީލުންގެ އާންމު އިދާރީ ކަންކަން ކޯޓުން ކުރާ ގޮތަށް ކުރިން ހަމަ ޖެހިފައި ނޯންނާނެ ކަމަށެވެ.

ޖުޑިޝަލް އެޑިމިނިސްޓޭޝަނުން ކުރީގެ ޖަސްޓިސް މިނިސްޓްރީގެ ދައުރު އަދާކުރާ ގޮތަކަށްވެސް ނޯންނާނެ ކަމަށްވެސް އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެން ނަމަވެސް މިހާރު ވަކީލުން ސަސްޕެންޓް ކުރުމާއި ވަކީލުންނާއި މެދު ފިޔަވަޅު އެޅުމާއި އަދި ވަކީލުންނަށް ހުއްދަ ދިނުން ފަދަ ކަންކަން ހިނގަމުންދަނީ ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އަންނަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ފާއިޒުވަނީ މިއީ އެފަދަ ކަންކަން ރަނގަޅު ކުރަން ރަނގަޅު ވަގުތެއް ނޫންތޯ ސުވާލު ކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު