Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމީރާ-ޝާހިދު ކަޕޫރު

ޝާހިދު ކަޕޫރަށް ދެވަނަ ދަރިއަކު ލިބެނީ؟

9 އެޕްރީލު 2018 | ހޯމަ 03:11

މީޝާ ކަޕޫރު އުފަންވީ 2016  ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އެޕްރީލު 2018 | ހޯމަ 03:11
ޝާހިދު ކަޕޫރު އާއިލާއާއި އެކު

ޝާހިދު ކަޕޫރު އާއިލާއާއި އެކު

ފިލްމީ ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ އަށް އަންހެން ދަރިއަކު ލިބުނީ މީގެ ދެއަހަރު ކުރިން 2016 ވަނަ އަހަރުގައެވެ.

މީޝާ ކަޕޫރު އުފަންވީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ގައެވެ.

މީޝާ ލިބުނު ފަހުން ދެވަނަ ދަރިއަކު ބޭނުންވާ ކަމަށް މީރާ ބައެއް ޓީވީ އިންޓަވިއުތަކުގައި ވަނީ ބުނެފައެވެ. މީރާ ބަލިވެއިންކަމުގެ ހަބަރުތައް ދާދި ފަހުން ވަނީ މީޑިއާގައި ފެތުރިފައެވެ. މީރާ ބަލިވެއިންކަމަށް އަޑުތައް ފެތުރިފައިވާއިރު އޭނާ އާއި ޝާހިދު މިފަހަކަށް އައިސް އެކީގައި ނަގާފައިވާ ފޮޓޯތަކުން މީރާ ބަލިވެއިންކަމަށް ދަނީ ބުނަމުންނެވެ. އެފޮޓޯތަކުގައި މީރާގެ ބަނޑު ބޮޑުކަން ހާމަވެއެވެ.

ޝާހިދުވެސް ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ މީރާއަށް އަދި 22 އަހަރު ކަމަށާއި ދެމީހުން ދެވަނަ ދަރިއަކަށް ތައްޔާރު ވަމުންދާކަމަށެވެ. އަދި މީރާ ބޭނުންކަމެއް ކުރުމަށް އޭނާއަށް ހުއްދަ އޮންނާނެކަމަށް ޝާހިދު ވަނީ އެ އިންޓަވިއުގައި ބުނެފައެވެ. ޝާހިދަށް ވުރެ 13 އަހަރު މީރާ ހަގެވެ. އެދެމީހުން ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.

ޝާހިދު މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދެވަނަ ދަރިއަކު ހޯދުމަށް އޭނާ ޕްލޭން ކޮށްފައި ނުވާކަމަށާއި އެހެން ނަމަވެސް ދެވަނަ ދަރިއަކަށް އޭނާއާއި މީރާ "ރެޑީ" ކަމަށެވެ. މީރާއާ ބައްދަލުވީ އެއްވެސް މީހަކާ ރައްޓެހި ނުވެ ހުންނަތާ ހަތަރު ވަރަކަށް އަހަރު ފަހުން ކަމަށާއި އޭރު އޭނާ އުޅެމުން ދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެއް ކަމަށް ޝާހިދު ވަނީ ބުނެފައެވެ. މީރާގެ ކައިވެނި ހަމަޖައްސައިދިނީ މައިންބަފައިން ކަމަށާއި މީރާއާ ފުރަތަމަ ބައްދަލުކުރަން ދިއްލީ އަށް ދިޔައިރު ވެސް އެއީ އޭނާއާ ކައިވެނިކުރަން އަންނަ މީހެއްކަމެއް މީރާ ވެސް ނުދެނަހުރި ކަމަށެވެ. ނަމަވެސް ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގައި ވެސް އެކަކު އަނެކަކާ ހިތްހަމަޖެހޭ ގިނަ ސިފަތަކެއް ފާހަގަކުރެވުނުކަން ޝާހިދު އާއި މީރާ ވަނީ ކޮފީ ވިތު ކަރަންގެ ޝޯގައި ބުނެފައެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

15 މެއި 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ

15 މެއި 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
10 މެއި 2017

"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ

10 މެއި 2017
"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ
29 އެޕްރީލު 2017

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
25 އެޕްރީލު 2017

"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ

25 އެޕްރީލު 2017
"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ
12 މާރިޗު 2017

ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

12 މާރިޗު 2017
ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
09 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

09 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް