Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

ވަކިވަކިން ޕާޓީތަކާއި ބައްދަލުކުރަން އަންގާރަ ދުވަހު ފަށަނީ

9 އެޕްރީލު 2018 | ހޯމަ 04:21

ބައްދަލުކުރަނީ ސިޔާސީ ޕާޓީތައް މޮނީޓަކޮށް، ރެގިއުލޭޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 9 އެޕްރީލު 2018 | ހޯމަ 04:21
އިލެކްޝަން ކޮމިޝަނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައްދަލުކުރަނީ

އިލެކްޝަން ކޮމިޝަނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައްދަލުކުރަނީ

ސިޔާސީ ޕާޓީތަކާއި އެއްފަހަރާ ބައްދަލުކުރުމުގެ ބަދަލުގައި، އަންގާރަ ދުވަހު ޕާޓީތަކާ ވަކިވަކިން ބައްދަލުވުންތައް ބާއްވަން ފަށާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ، ހުރިހާ ސިޔާސީ ޕާޓީތަކާއި އެކުގައި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިއުމަށެވެ. ބުރާސްފަތި ދުވަހު ސިޔާސީ ޕާޓީތަކާއިއެކު ކުރިއަށް ބާއްވަން އުޅުނު އެ ބައްދަލުވުން ކެންސަލް ކުރުމަށް ފަހު، ޕާޓީތަކާއެކު އެއް މޭޒެއްގެ ދޮށުގައި ތިބެ ވާހަކަ ދައްކައިގެން މަޝްވަރާ ކުރުމުގެ ބަދަލުގައި ވަކިވަކިން ބައްދަކުރާ ގޮތަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުން އަންނަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ޕާޓީތަކާއި ވަކިވަކިން ބައްދަލުކުރަން ނިންމީ، ވީހާވެސް ގާތުން ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުމަށް ކަމަށާއި، ޕާޓީތަކަށް މިހާރު ދައުވަތު ވެސް ފޮނުވާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ބޭނުމަކީ، ވީހާވެސް ގާތުން ޕާޓިތަކާއި ބައްދަލުކުރުން، އެއްފަހަރާ ހުރިހާ ޕާޓީތަކާއި ބައްދަލުކުރާނަމަ ލިބެނީ ކުޑަ ވަގުތުކޮޅެއް، ވަކިވަކިން ޕާޓީތަކާއި ބައްދަލުކޮށްފިނަމަ ވަގުތު ލިބޭނެ މައުލޫމާތު ހިއްސާކުރަން،" އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މި ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތައް މޮނިޓާކޮށް، ރެގިއުލޭޓްކުރިމުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނެތުމާއި ޕާޓީތަކުގެ ލީޑަރުން ހައްޔަރުކޮށްގެން ގެންގުޅޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި، ގާނޫނު އަސާސީއާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި އޮތުމުން ވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް