Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސަލްމާން ޚާން ބްލެކްބަކް ކޭސް

ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން

ސަލްމާން ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 8 އެޕްރީލު 2018 | އާދީއްތަ 11:00
ސަލްމާން ޚާން ޖޯދުޕޫރުން މުމްބައިއަށް އައުން

ސަލްމާން ޚާން ޖޯދުޕޫރުން މުމްބައިއަށް އައުން

ފަސް އަހަރުގެ ޖަލުގެ ހުކުމެއް ކޮށްފައިވާ އިންޑިއާގެ ތަރި، ސަލްމާން ޚާން ކަފާލާތުގެ ދަށުން ޖޯދުޕޫރު ކޯޓުން ދޫކުރުމާ އެކު މުމްބާއީ އަށް ހިނގައްޖެއެވެ.

"ހަމް ސާތު ސާތު ހޭ"ގެ ޝޫޓިންގގެ ތެރޭގައި1998 ވަނަ އަހަރު، ހިމާޔަތް ކޮށްފައިވާ ފުއްލާ ވައްތަރެއް ކަމަށްވާ 'ބްލެކްބަކް' ކިޔާ ޖަނަވާރުގެ ދޭތި މަރާލުމުގެ ކުށް ސަލްމާންގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ހުކުމް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އަދި އޭނާ ކަފާލާތުގެ ދަށުން މިނިވަން ވެފައި ވަނީ ހޮނިހިރު ދުވަހެވެ. ދެން މި މައްސަލައިގެ އަޑު އެހުމެއް އޮންނާނީ މޭ މަހުގެ 7 ވަނަ ދުވަހެވެ.

ޖޯދުޕޫރު ސެންޓްރަލް ޖަލުގައި ދެ ދުވަސް ހޭދަ ކުރުމަށް ފަހު، މިނިވަން ވުމުން ސަލްމާން ވަނީ ވަގުތުން މުމްބާއީ އަށް ދަތުރުކޮށްފައެވެ. އޭނާ އެއާޕޯޓުން ނިކުތީ ކޮއްކޮ އަޕްރިތާގެ ދަރިފުޅު، އާހިލް ގޮވައިގެންނެވެ. މުމްބާއީގައި ހުންނަ އޭނާ ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓްސް ކައިރީގައި އޭނާގެ ގިނަ ސަޕޯޓަރުންތަކެއް ޖަމާވި އިރު، ސަލްމާން ވަނީ ގެއަށް ދިއުމަށް ފަހު އެމީހުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ބެލްކަނީއަށް ނިކުމެފައެވެ.

ސަލްމާން ޚާނަކީ ބޮލީވުޑްގެ ބޮކްސް އޮފީހަށް ބަލާއިރު އެންމެ ކާމިޔާބު އެއް ތަރިއެވެ. ފިލްމީ ދާއިރާގައި އޭނާ މަސައްކަތް ކުރާތާ ގާތްގަނޑަކަށް 30 އަހަރު ވެފައިވާ އިރު، އޭނާއަކީ ޗެރިޓީ ގިނަ މަސައްކަތް ވެސް ކުރާ މީހެކެވެ.

ނަމަވެސް، ފާހަގަ ކޮށްލެވުނު ކަމަކީ، މި ކަންތައް ގަނޑުގައި ބޮލީވުޑްގެ 'ބޮޑެތި' ފަރާތްތަކެއް ހިމޭނުން ތިބި ކަމެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށް އުޅޭ ފަރާތްތައް ކަމަށްވާ އަމީތާބު ބައްޗަން، ޝާހް ރުކް ޚާން، އާމިރު ޚާން، ޖާވިދު އަޚްތަރު އަދި ޝަބާނާ އަޒްމީ ފަދަ ފަރާތްތަކުން ވެސް އަދި މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.

އަމީތާބު ބަހެއް ބުނެފައި ނުވި ނަމަވެސް، އޭނާގެ އަންހެނުން ޖަޔާ ވަނީ ސަލްމާންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. ޖަޔާ ބުނީ ސަލްމާނަށް ދީފައިވާ އަދަބު "މާ ވަރުގަދަ"ކަމަށާއި، އޭނާ އިންސާނިއްޔަތަށް ކޮށްދީފައިވާ ހުރި މަސައްކަތްތަކަށް ބަލާލަން ޖެހޭ ކަމަށެވެ.

ސަލްމާނާ އެކު "ހަމް ސާތު ސާތު ހޭ" އިން ފެނިގެން ދިޔަ ސައިފް އަލީ ޚާން، ސޮނާލީ ބެންދްރޭ، ތާބޫ އަދި ނީލަމްގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ. ނަމަވެސް ސަލްމާންގެ މައްޗަށް ކުށް ސާބިތުވި އިރު، މި މީހުން ވަނީ ސަލާމަތް ވެފައެވެ. އެއިން އެއްވެސް މީހެއް ވެސް އަދި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް ނީލަމްގެ ފިރިމީހާ ސާމިރު ސޯނީ ބުނެފައި ވަނީ "ނީލަމް އާއި ދެން ތިބި މީހުނަށް ވަރަށް އުފާވެރި" ކަމަށާއި ސަލްމާނަށް ވަކި ގޮތެއް ހަދަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި މައްސަލައަކީ ސަލްމާންގެ "ސެލެބްރިޓީ ސްޓޭޓަސް"ކަމާއި މައްސަލައިގެ ފުރިހަމަ އިންސާފު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގެ ތެރޭގައި ސަލްމާނަށް ތާއީދު ފާޅު ކުރި ތަރިންގެ ތެރޭގައި، އަދްނާން ސާމީ، ސޮނާކްޝީ ސިންހާ، ސޯނަމް ކަޕޫރު، ޕްރިތީ ޒިންތާ، ބޮބީ ޑިއޮލް، ޖެކްލީން ފަނޭންޑަޒް ހިމެނެއެވެ. މީގެ އިތުރުން، ގިނަ ތަރިންތަކެއް ވަނީ ސަލްމާންގެ މައިންބަފައިން ކައިރިއަށް ޒިޔާރަތް ކޮށްފައެވެ، އޭގެ ތެރޭގައި، އަދި މިކަމާ ގުޅޭ ގޮތުން ފާޅުގައި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ސައިފް އަލީ ޚާން ވެސް ހިމެނެއެވެ.

ދެ ދުވަހު ޖަލުގައި ހޭދަކުރުމަށް ފަހު ކަފާލާތުގެ ދަށުން ސަލްމާން މިނިވަން ވެފައިވީ ނަމަވެސް، އެ ކަންތައް އިސްތިއުނާފް ކުރާނެ ކަމަށް މިހާރު ވެސް މި މައްސަލައިގައި މަސައްކަތްކުރާ ބިޝްނޮއި ޓައިގަރ ފޯސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

14 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު