Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޓްލެޓިކޯ މެޑްރިޑް

ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވުމަށް ވުރެ ޔުރޮޕާ ލީގު ކާމިޔާބުކުން މުހިންމު: ސިމިއޯނީ

5 އެޕްރީލު 2018 | ބުރާސްފަތި 12:34

އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 އެޕްރީލު 2018 | ބުރާސްފަތި 12:34
އެޓްލެޓިކޯގެ ކޯޗު ސިމިއޯނީ

އެޓްލެޓިކޯގެ ކޯޗު ސިމިއޯނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްއިން ބަލިވުމަށް ވުރެ ޔުއެފާ ޔުރޮޕާ ލީގުގެ ތަށި ކާމިޔާބުކުރުން މުހިންމު ކަމަށް އެޓްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ސިމިއޯނީގެ އެޓްލެޓިކޯ ނުކުންނާނެއެވެ. އެޓްލެޓިކޯ ޔުރޮޕާ ލީގަށް ވެއްޓުނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުމުގެ ސަބަބުންނެވެ. ޔޫރަޕުގެ ގަދަ ބާރެއްގެ ގޮތުގައި ގިނަ ބަޔަކު އެޓްލެޓިކޯ ދެކޭއިރު އެ ޓީމުން ވަނީ މީގެ ކުރިން ދެ އަހަރަކު ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްއިން އެ ޓީމު ވަނީ ރެއާލް މެޑްރިޑް އަތުން ބަލިވެފައެވެ.

ސްޕެނިޝް ލަލީގާގެ ތަށި 2014 ވަނަ އަހަރު އެޓްލެޓިކޯއަށް ހޯދައިދިން ކޯޗު ސިމިއޯނީ ބުނީ މީހުންގެ ހިޔާލު ހުންނާނެ ކަމަށާއި މެޗާ ކުރިމަތިލާއިރު އިދިކޮޅުން ކުޅޭ ޓީމަކާ މެދު ވަރަށް ވިސްނާ ކަމަށެވެ. އޭނާ ބުނީ ހަގީގަތަކީ ބަޔާން މިއުނުކާ ދެކޮޅަށް ކުޅުނު ނަމަވެސް ސްޕޯޓިންއާ ދެކޮޅަށް ކުޅުނު ކަމުގައި ވިޔަސް ދެން އޮތް ބުރަށް ކޮލިފައިވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ވިސްނައިދެނީ ކުޅުންތެރިންނަށް ކުރިޔަށް އޮންނަ މެޗަށް ފޯކަސް ކުރުމަށް ކަމަށެވެ.

އޭނާ ބުނީ ސްޕޯޓިންއަކީ އެޓްލެޓިކޯއާ އެއް ފެންވަރެއްގެ ޓީމެއް ކަމަށް ދެކޭ ކަމަށާއި މި މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ. އޭނާ ބުނީ ސްޕޯޓިންގައި ހުރީ ވަރަށް ތަޖުރިބާކާރު ކަންކަން ކުރަން އެނގޭ ކޯޗެއް ކަމަށާއި އޭނާއަށް އިހުތިރާމުކުރާ ކަމަށެވެ. ހަމައެހެންމެ އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން އިން ކާމިޔާބު ހޯދާފައިވުމަކީ އެ ޓީމާ މެދު ވިސްނަންޖެހޭ ކަމެއް ކަމަށާއި އޭނާ ކޯޗުކަން ކޮށްދިން ކޮންމެ ޓީމެއް ވެސް މީގެ ކުރިން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ.

ސިމިއޯނީ ބުނީ އޭނާގެ ސީވީގައި ލިޔާ ކަންކަމާ މެދު ވަރަށް ވިސްނާ ކަމަށާއި މެޗުތަކުން މޮޅުވުމަށް ބޮޑު އިސްކަމެއް ދެނީ އެކަމުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ވިސްނަނީ މޮޅުވުމަށް ކަމަށާއި އެހެން ނަމަވެސް ޗެމްޕިއަންސް ލީގު ފަދަ ބޮޑު މުބާރާތެއްގެ ރަނަރަޕްކަން ލިބިފައިވުމަކީ ވެސް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ރަނަރަޕަކަށް ވުމަށް ވުރެ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުން ވެގެންދާނީ މާ ބޮޑު ޝަރަފަކަށް ކަމަށް ދެކޭ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ތަށި އެޓްލެޓިކޯއަށް ހޯދިފައިނުވުމާ އެކު އެ ޓީމަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ހަމައެހެންމެ މި ސީޒަނުގެ ޗެމްޕިއަންސް ލީގުން އެ ޓީމު ކެޓުމާ އެކު ސިމިއޯނީ އެ މަގާމު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެޓްލެޓިކޯ ސެމީއަށް ދަތުރުކުރަން ބޭނުންވާ ނަމަ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ސްޕޯޓިންގެ މައްޗަށް ކުރި ހޯދަން ޖެހެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް