Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންެގެ މަޖިލިސް

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ އަށް މެމްބަރުންގެ ހާޒިރީ ހުށަހަޅައިފި

މެމްބަރުތަކެއް މަޖިލީހަށް ހާޒިރުނުވަނީ ރޭވިގެން ގަސްތުގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2018 | ބުރާސްފަތި 12:23
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނީ: ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނީ: ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި

ޖިނާއީ ކުށެއް ސާބިތުވުމުން، އޮޓަމެޓިކުން ފަނޑިޔާރުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ އިސްލާހް ފާސްކުރި ދުވަހު ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ ހާޒިރީ ހިމެނޭ ލިޔެކިޔުންތަކެއް ހުށަހަޅުއްވައިފިއެވެ.

ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ހުށަހެޅުއްވި މި ލިޔުންތަކުގައިވާ އެއްބައި އެ ފަރާތުން އެދުނީ ފަނޑިޔާރުންނަށް އެކަނި ފެންނާނެ ގޮތައް ސިއްރު ކުރުމަށެވެ. ނަމަވެސް އެ މައްސަލަ ހުށައެޅުއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ ގާނޫނީ ވަކީލުން ވަނީ އެކަމަށް އިއުތިރާޒު ކުރައްވާފައެވެ. އެ ފަރާތުން ވިދާޅުވަމުން ގެންދެވީ މައްސަލައަކީ އެ ފަރާތުން ހުށަހެޅި، ބަންޑާރަ ނައިބު ޖަވާބުދާރީވާން ޖެހޭ މައްސަލައަކަށް ވާއިރު މައްސަލަ ހުށަހެޅި ފަރާތައް ނުފެންނާނެ ސިއްރު ލިޔުންތަކެއް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ފަނޑިޔާރުންނަށް ހުށަނޭޅުއްވޭނެ ކަމަށެވެ. އަދި އެ ބޭފުޅުން ވަނީ އެ ލިޔުންތައް ސިއްރު ކުރުމާ މެދު ފަނޑިޔާރުން ގޮތެއް ކަނޑައެޅުމާ ހަމައަށް އިތުރު ވާހަކައެއް ނުދެއްކެވުމަށް ޝަރީއަތުގެ މަޖިލީހުގައި ނިންމަވާފައެވެ.

Advertisement - newsAdvertisement

އެ މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ އެލިޔުންތައް ސިއްރު ކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ޝަރީއަތް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލުމަށް ފަހު ދައުލަތުން ހުށަހަޅާފައިވާ އެ ލިޔުންތަކަކީ ސިއްރު ކުރަން ޖެހޭ ލިޔުންތަކެއް ނޫން ކަމަށް ކަނޑައަޅުއްވާފައެވެ.

ދައުލަތުން ހުށަހެޅި މި ލިޔުންތަކަކީ ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން އިސްލާހު ގެނައި ދުވަހުގެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ ތަފްސީލްތަކާއި ހާޒިރުނުވާ މެމްބަރުންގެ ރެކޯޑްތައް ހުރިތޯ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު ކުރައްވާފައިވާތީ އެކަން ސާފު ކުރުމަށް ދިނުމަށް ފަހު މަޖިލީހުން ހޯދައިގެން ހުށަހަޅާފައިވާ ލިޔުންތަކެވެ. ބަންޑާރަ ނައިބު އޮފީހުން އެދިގެން ރައްޔިތުންގެ މަޖިލީހުން ދިން މައުލޫމާތުތަކަކީ ސިއްރު މައުލޫމާތުތަކެއް ކަމަށް އެ ލިޔުމުގައި ވެސް ވެއެވެ.

އެ ލިޔުންތަކުގައިވާ ގޮތުން އެ އިސްލާހް ފާސްކުރި ދުވަހު ޖަލްސާއަށް 41 މެމްބަރުން ހާޒިރުވެވަޑައިގެންނެވިއިރު ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 39 މެމްބަރުން ކަމާއި އޭގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 38 މެމްބަރުންނެވެ. އަދި އެދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވެ 28 މެމްބަރުން ސަލާމް ފޮނުވި ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް މެމްބަރުން ކޮމެޓީތަކަށް ހާޒިރުވެވަޑައިގެންނެވި ކަމަށް ވެސް ދައުލަތުން ހިއްސާކުރި މަޖިލީހުން ފޮނުވި ކަމަށް ބުނާ ލިޔުންތަކުގައިވެއެވެ. ނަމަވެސް ދައުލަތުން އެދެނީ އެ މެމްބަރުންގެ ނަންތައް ސިއްރު ކޮށްދޭށެވެ.

ހާޒިރުނުވާ މެމްބަރުންގެ އަދަދުތައް ދެއްކުމަށް ފަހު ދައުލަތުން ވިދާޅުވަމުން ގެންދެވީ ގަސްތުގައި މެމްބަރުންތަކެއް މަޖިލީހަށް ހާޒިރުވަމުން ނުދާއިރު ގާނޫނު އަސާސީގެ ބުނެފައިވާ އަދަދު ހަމަނުވި ނަމަވެސް އެ ހާލަތުގައި ދުސްތޫރީ ގޮތުން ބަލާއިރު އެ އިސްލާހް ފާސްކުރުން ސަައްހަ ކަމަށް ކަނޑައަޅާދޭން އެދޭ ކަމަށެވެ. މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވެ ނެގި ވޯޓަކީ މަގުބޫލު އުޒުރެއް ނެތި މެމްބަރުންތަކެއް ވަޑައިނުގެންނެވުމުން ނަގަން ޖެހުނު ވޯޓެއް ކަމަށާއި އެގޮތައް މަޖިލީސް ހިނގަމުންދާތާ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާތީ އެކަމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުން ހުށަހެޅި ލިޔުންތައް މައްސަލަ ހުށަހެޅި ފަރާތައް ހިއްސާ ކުރުމުން އެ ފަރާތުން އެދުނީ އެ ލިޔުންތަކަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅެއް ދިނުމަށެވެ. ނަމަވެސް ފަނޑިޔާރުން ވަނީ 30 މިނެޓަކީ އެކަށީގެންވާ ވަގުތެއް ކަމަށް ނިންމަވާފަ އެވެ. އަދި އެ ވަގުތުކޮޅު ތެރޭގައި އޭގައި ހުރި މައުލޫމާތުތައް ވެރިފައި ނުކުރެވޭނެތީ މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ އެއްގަޑިއިރު ދެއްވެން ފަނޑިޔާރުންނަށް ނެތް ނަމަ އެއާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ދޫކޮށްލާނީ ކަމަށް ނިންމައި އެ ފުރުސަތު ދޫކޮށްލާފައެވެ.

މަޖިލީހަށް މެމްބަރުން ހާޒިރު ނުވަނީ އެއްވެސް އުޒުރެއް ނެތި ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވުމުން ފަނޑިޔާރުން ވަނީ އެދުވަހުގެ ޖަލްސާއަށް ހާޒިރުވަޑައިނުގެންވި ސަބަބާ ގުޅޭ ގޮތުން މެމްބަރުން އަނާރާއާ ސުވާލު ކުރައްވާފަ އެވެ. އަނާރާ ވިދާޅުވީ އެ ޖަލްސާއަށް އެދުވަހު ދައުވަތު ދިނީ ހެނދުނު ކަމަށާއި އެހާއިރު އެންގުމުން ޖަލްސާއަށް ވަޑައިގެންނެވެން ނެތްކަން މަޖިލީހުގެ އިދާރާއަށް އެންގި ކަމަށާއި އަދި އެ އުޒުރު ގަބޫލުވެސް ކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރުން ވަނީ އަލީ ހުސެއިންނާ ވެސް ހަމަ އެ ސުވާލު ކުރައްވާފައެވެ. ނަމަވެސް އޭނާއަށް އެއްވެސް ހަސިއްޔަތުން ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށް ކޯޓުން އަންގާފައިވާތީ އޭނާ ވަނީ އެ ސުވާލަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. ނަމަވެސް އޭނާއަށް އެގޮތައް އެންގީ ގާނޫނީ ވަކީލެއްގެ ގޮތުން ސަސްޕެންޑް ކޮށްފައިވާތީ ކަމަށާއި ޝަރީއަތުގެ ބޭނުމަށް ސީދާ ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ފަނޑިޔާރުން އެންގުމުން ދެން ވިދާޅުވީ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންނެވީ ޒާތީ ކަމެއް ދިމާވެގެން ކަމަށާއި އެ ސަބަބުން ހާމަ ކުރަން އުޒުރުވެވަޑައިގަންނަވާ ކަމަށެވެ.

ވަކީލު ރިއްފަތު ވަނީ މަޖިލީހުގެ ޖަލްސާއަށް އެދުވަހު ވަޑައިނުގެންނެވި ސަބަބު ހުރިހާ މެމްބަރުން ގާތުން އޮޅުން ފިލުވުމަށް ވެސް ފަނޑިޔާރުން ކިބައިން އެދިވަޑައިގެންފައެވެ. ވަކި މެމްބަރުންތަކެއް ގަސްތުގައި މަޖިލީހަށް ހާޒިރުނުވާ ކަމަށް ބުނުމުން އެއީ ކޮން ޕާޓީއެއްގެ ނުވަތަ ސިޔާސީ ކޮން ވިސްނުމެއްގެ ބައެއްތޯ ފަނޑިޔާރުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލާ ވަނީ މަޖިލީހުން ފޮނުވި ލިޔުމުގައި ޕާޓީ ވަކިން ފާހަގަ ކޮށްފައިނުވާތީ އެހެން ފާހަގަ ކުރަން ނޭނގޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް 32 މެމްބަރަކު އެއްބަސްކިޔައިގެން މަޖީލީހުގެ ވޯޓުގައި ބައިވެރިނުވާއިރު އަބަދު އެގޮތުގައި ތިބެންވީތޯ ވެސް ދައުލަތުގެ ވަކީލާ ވަނީ ސުވާލު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ގަސްތުގައި ވަކި މެމްބަރުންތަކެއް ހާޒިރުނުވާ ކަމަށް ދައުލަތުން ވިދާޅުވާ ވާހަކައަށް ރައްދުދެއްވައި މައްސަލަ ހުށަހެޅުއްވި ފަރާތުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ރިއްފަތު ވިދާޅުވީ ބައެއް މެމްބަރުން ފުލުހުންގެ ތަހްގީގު ބޭނުމަށް ހައްޔަރުކޮށް މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކޮށްފައި ނުވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮންނަނީ މެމްބަރުންގެ މައްސަލައަކުން ނޫން ކަމަށާއި އެކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޖިލީހުގެ ގަވައިދުތަކާއި ގާނޫނާ ހިލާފަށް މަޖިލީސް ކުރިއަށް ގެންދަވާތީ ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާއަށް ހުރިހާ މެމްބަރުން ހާޒިރުނުވާތީ މަޖިލިސް ހިންގުމަށް ދަތިވެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ފާހަގަކުރެއްވުމުން ރިއްފަތު ވިދާޅުވީ މިހާރު ދައުލަތުގެ ރާގު ބަދަލުވެއްޖެ ކަމަށާއި މީގެ ކުރިން ވިދާޅުވަމުން ގެންދެވީ 43 މެމްބަރުން ނެތަސް ބިލްތައް ފާސް ކުރެވިދާނެ ވާހަކަ ކަމަށެވެ. އަދި އެހެންމެ މަޖިލީހުން ވަނީ 43 މެމްބަރުން ނެތިސް ސަރުކާރުން ބޭނުންވި ބިލްތައް ފާސްކޮށްފައި ކަމަށާއި އެ މެމްބަރުން ޖަލްސާއަށް ހާޒިރު ނުވެގެން ގައުމުގެ އިގުތިސާދު ކުރިއެރުމަށް ދަތިވާ ކަމަށް ދައްކާ ވާހަކައަކީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށެވެ. މި މައްސަލާގައި ދެން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުން ކަމަށް ރިޔާސަތުން ވަނީ އިއުލާން ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު