Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ހާއްސަ އޮޕަރޭޝަން

ސަފާރީއަކަށް ދޫކޮށްފައިވާ ބަނގުރާތަކެއް ގެއެއްގައި ގުދަންކޮށްގެން ވިއްކި ބަޔަކު އަތުލައިގެންފި

އަތުލައިގަތީ 411 ފުޅި ރަލާއި 84 ދަޅު ބިޔަރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 4 އެޕްރީލު 2018 | ބުދަ 13:30
ފުލުހުން އަތުލައިގެންފައިވާ ބަނގުރާތަކެއް: ބަޔަކު ވަނީ އަތުލައިގެންފައި

ފުލުހުން އަތުލައިގެންފައިވާ ބަނގުރާތަކެއް: ބަޔަކު ވަނީ އަތުލައިގެންފައި

ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ސަފާރީއަކަށް ދޫކޮށްފައިވާ ބަނގުރާތަކެއް މާލެ ގެނެސް ގުދަންކޮށްގެން ވިއްކަމުން ދިޔަ ބަޔަކު ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑެޕިއުޓީ ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ، އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖްނީ ޝުޢައިބު ވިދާޅުވީ އެމައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތްތައް ކުށުގެ ވެށިން ފުލުހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރަޖްނީ ވިދާޅުވީ ބަނގުރާ ގުދަން ކުރުމަށް ބޭނުންކޮށްފައިވަނީ މ މިފްލީން ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރެވުނުއިރު އެގެއިން ގިނައަދަދެއްގެ ބަނގުރާފުޅިއާއި ބިޔަރު ދަޅުތައް ފެނިފައިވާ ކަމަށެވެ. އެގެއަކީ އެވިޔަފާރި ކުރަމުންދިޔަ މީހުން ބަނގުރާ ސްޓޮކްކޮށް ވިޔަފާރި ކުރުމަށް ކުއްޔަށް ހިފާފައިވާ ތަނެއްކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ވެސް ރަޖްނީ ވިދާޅުވިއެވެ.

ރަޖްނީ ވިދާޅުވީ މިމައްސަލައިގާ އުމުރުން 30 އަހަރާއި 40 އަހަރާ ދެމުދުގެ ބަނގްލަދޭޝްގެ ދެމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށާއި އެދެމީހުންނަކީ ވެސް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ދެމީހުން ކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން އުމުރުން 18 އަހަރު، 20 އަހަރު، 21 އަހަރު އަދި 26 އަހަރުގެ 4 ދިވެއްސަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނޭ ކަމަށާއި މި ހަތަރު މީހުންނަކީވެސް މާރާމާރީއާއި ބަނގުރަލުގެ މައްސަލަތަކުގެ ރެކޯޑްސް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮންނަ 4 މީހުން ކަމަށް ރަޖްނީ ވިދާޅުވިއެވެ.

މިއޮޕަރޭޝަންގައި އަތުލައިގަނެފައިވަނީ އޮރިޖިނަލް ޕެކިންގގައި ހުރި 411 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކު ކުރެވޭ ދިޔާއެއްޗެއް ހުރި 5 ލިޓަރުގެ ފުޅިއެކެވެ. މީގެ އިތުރުން އޮރިޖިނަލް ޕެކިންގގައި ހުރި އެކި ބްރޭންޑް ތަކުގެ 84 ދަޅު ބިޔަރުވެސް އަތުލައިގެންފައި ވެއެވެ.

ރަޖްނީ ވިދާޅުވީ މިމައަސަލައިގާ އަތުލައިގަނެވުނު ބަނގުރަލާއި ބިޔަރު ދަޅު ތަކަކީ ހުޅުމާލޭ ބޮންޑެޑްވެއަރހައުސްއިން ޓުއަރިސްޓުންނަށް ޚިދުމަތްދިނުމަށް ސަފާރީއަކަށް ދޫކޮށްފައިވާ ތަކެތިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މިމައްސަލައާއި ގުޅޭ އިތުރު ފަރާތްތަކެއް ތިބިކަން ފުލުހުންނަށް ޤަބޫލް ކުރެވޭތީ އެފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ރަޖްނީ ވިދާޅުވީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ސަފާރީ ތަކަށް ދޫކޮށްފައިވާ ބަނގުރާ ވިއްކުމުގެ ހުއްދަ ނާޖާއިޒް ގޮތުގައި ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ބައެއް ގޭގޭގައިވެސް ގިނަ އަދަދަކަށް ބަނގުރާ ބަހައްޓައިގެން ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ގެ ކުއްޔަށް ހިފާފައިވާކަން ފާހަގަ ކުރެވިފައިވާކަމަށާއި އެކަންކަމަށް ގެ ކުއްޔަށް ދޭ ފަރާތްތަކުން ސަމާލުވުމަށް އެދޭ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

25 ޖޫން 2017
ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
20 ޖޫން 2017

މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

20 ޖޫން 2017
މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
06 ޖޫން 2017

ފުޅާ ދާއިރާއެއްގައި ރުއްގަސް ކެނޑޭނީ ސަރުކާރުން ހުއްދަ ދޫކޮށްފައިވާ ފަރާތްކަށް ކަމަށް ކަނޑައަޅައިފި

06 ޖޫން 2017
ފުޅާ ދާއިރާއެއްގައި ރުއްގަސް ކެނޑޭނީ ސަރުކާރުން ހުއްދަ ދޫކޮށްފައިވާ ފަރާތްކަށް ކަމަށް ކަނޑައަޅައިފި
28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
28 އެޕްރީލު 2017

ނަޑެއްލާގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ

28 އެޕްރީލު 2017
ނަޑެއްލާގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު