Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ދުވަހަކުވެސް ދިމާނުވާ ފަދަ ގާނޫނާ ހިލާފު ކަންތައްތަކެއް ދިމާވުމުން: ރައީސް

ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2018 | ހޯމަ 20:21
އދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދަކާއެކު ރައީސް ޔާމިން ބޭއްވެވި ބައްދަލުވުން: ފޮޓޯ- ރައީސް އޮފީސް

އދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދަކާއެކު ރައީސް ޔާމިން ބޭއްވެވި ބައްދަލުވުން: ފޮޓޯ- ރައީސް އޮފީސް

ދިވެހިރާޖޭގައި ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގެންނެވީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ކުރިން ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ހައްޔަރުކުރެވޭނެ ގޮތެއް ނެތިގެން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމިން މިހެން ވިދާޅުވީ އެކި ގައުމުތަކުން އ.ދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕަރމަނަންޓް ރެޕްރެސެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދެއް އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ރައީސް އޮފީހުން ބުނީ ރައީސް ޔާމިންގެ އަރިހަށް އެ ބޭފުޅުން އިޚްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުން ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މައުލޫމާތު ވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިނަމަވެސް ރާއްޖޭގައި އޮތީ ކާފިއު އެއްނޫކަމަށާއި، މި ކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، އާންމުކޮށް ދެވޭ ޚިދުމަތްތަކަށް އެއްވެސް ވަރަކަށް ބުރޫ އަރާފައި ނުވާނެ ކަމުގައި ރައީސް ދެންނެވ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.. އަދި ހުރިހާ ދިވެހި ރައްޔިތުންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި ކަމަށްވެސް ވަނީ ހާމަ ކުރައްވާފަ އެވެ.

މީގެއިތުރުން، ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގައި ވެސް ރައީސް އެ ބޭފުޅުން އަރިހުގައި ދެންނެވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވާއިރު އެކި ޤައުމުތަކުގައި ތަފާތުތަކެއް ހުރެދާނެކަން ހުރިހާ ޤައުމުތަކަކުންވެސް ޤަބޫލުކުރަން ވާނެކަމުގައި ވިދާޅުވެ، މި ތަފާތުތައް ހުރިކަމުގައިވިއަސް ކަންތައްތައް ކުރަންވާނީ ހަމަހަމަކަމާއެކު ޢާއިލާއެއްގެ މެންބަރުންގެ މެދުގައި ކަންތައްތައް ކޮށްދޭ އުޞޫލުންކަމުގައި ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ހަމަ އެހެންމެ އިންސާނީ ޙައްޤުތަށް ރައްކާތެރިކުރުމަށް ރާއްޖެއިން މަސައްކަތްކުރާއިރު ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގެ އަޑު އުފުލާ، ތިމާވެށީގެ މައްސަލަތައް އެންމެ ކައިރިން ބަލަމުންދާ އެއް ޤައުމުކަން، މިކަންތައްތަކުންވެސް މުޅިދުނިޔެއަށް ސާބިތުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެެވެ.

މި ބޭފުޅުން ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ މި ޒިޔާރަތަކީ "ޑިވެލޮޕިންގ ސަސްޓެއިނަބިލިޓީ، ޝެއަރިންގް އެކްސްޕީރިއަންސަސް، ސީކިން ސޮލިއުޝަންސް"ގެ ނަމުގައި ރާއްޖޭގައި ބާއްވާ ސެކަންޑް އެމްބެސަޑޯރިއަލް ވޯރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އ.ދ. އަށް ކަނޑައަޅާފައި ތިއްބެވި ވަފްދުގެ ބޭފުޅުން ވަނީ ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިމަތިވާ ގޮންޖެހުންތައް ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. އަދި، މި ވަފްދުގެ ބޭފުޅުން ވަނީ މި ސަރުކާރުގައި ހުރި ސިޔާސީ އަދި އިޤްތިޞާދީ ރޮނގުން އެބޭފުޅުން ތާއީދުކުރައްވާ ކަންތައްތައް ފާހަގަކުރައްވާފަ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ބަދަލު ކުރުމަށް ހުކުމްތަކެއް ނެރުއްވަން އުޅުއްވި ކަމަށް ތުހްމަތުކޮށް ކަމަށްވާއިރު މިހާތަނަށް އެކަން ސާބިތުވާނެ އެއްވެސް ހުކުމެއް ކޯޓަކުން ނެރުއްވާފައިނުވެ އެވެ. އަދި ގާނޫނާ ހިލާފު ކަންތައް ތަކެއް ކުރައްވައިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި ކަމަށް ރައީސް ޔާމިން ބޭރުގެ އެކި ބޭފުޅުންނަށް މައުލޫމާތު ދެއްވާއިރު މިހާތަނަށް އެސްއޯއީގެ ދަށުން ހައްޔަރު ކުރި އެއްވެސް މީހެއްގެ މައްޗަށް ކޯޓުން ކުށެއް ސާބިތުވެފައެއްނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު