Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވިނީ މަންޑޭލާ

ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތްކުރެއްވި ވިނީ މަންޑޭލާ 81 އަހަރުފުޅުގައި އަވަހާރަވެއްޖެ

މަންޑޭލާއާ ކައިވެނި ބައްލަވައިގަތީ 1950ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 3 އެޕްރީލު 2018 | އަންގާރަ 03:57
ވިނީ މަޝްހޫރުވެފައި ވަނީ މަދަރ އޮފް ދި ނޭޝަންގެ ގޮތުގައި

ވިނީ މަޝްހޫރުވެފައި ވަނީ މަދަރ އޮފް ދި ނޭޝަންގެ ގޮތުގައި

ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރެއްވި އަދި ކުރީގެ ފަސްޓް ލޭޑީ ވިނީ މަޑިކިޒެލާ-މަންޑޭލާ އުމުުރުފުޅުން 81 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.

ވިނީ އާއި އެކަމަނާގެ ކުރީގެ ފިރިކަލުން ނެލްސަން މަންޑޭލާއާ ދެ ބޭފުޅުން ވެސް ޖަލުބަންދުގައި އުޅުއްވާފައިވާއިރު އެ ދެބޭފުޅުންނަކީ ދެކުނު އެފްރިކާ އިން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރި ހަނގުރާމައިގެ ރަމްޒެކެވެ.

އާއިލާގެ ތަރުޖަމާނު ވިކްޓަރ ލަމީނީ ބުނީ އެކަމަނާ އަވަހާރަވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައިި، އާއިލާ އާއި ގާތް މީހުންގެ ހާޒިރުގައި ކަމަށެވެ. މި އަހަރު ފެށުނު ފަހުން އެކަމަނާގެ ބަލިހާލަތު ހުރި ގޮތުން ދޭތެރެ ދޭތެރެ އިން ހޮސްޕިޓަލަށް ގެންދެވެއެވެ.

ވިނީ އަވަހާރަވި ޚަބަރާ އެކު އެކަމަނާއަށް ތާއީދުކުރާ އެތައް ބަޔަކު ބަނީ ޖޮހަނެސްބަރގްގައި ހުންނަ އެކަމަނާގެ ގެކޮޅަށް ޖަމާވެފައެވެ.

ވިނީ އުފަންވެ ވަޑައިގެންފައި ވަނީ 1936 ވަނަ އަހަަރު އީސްޓަރން ކޭޕްގައެވެ.

އެކަމަނާއަކީ ތަމްރީނު ލިބިވަޑައިގެން ހުންނެވި އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. 1950 ގައި މަންޑޭލާއާ ކައިވެނި ބައްލަވައިގެންފައިވާއިރު ދެ ބޭފުޅުންނަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

މަންޑޭލާއާ ކައިވެނި ބައްލަވައިގެން 38 އަަހަރު ހޭދަކުރެއްވިއިރު މަންޑޭލާ ޖަލު ބަންދުގައި ހުންނަވަން ޖެހިވަޑައިގަތުމުން އޭގެ ތެރެއިން 30 އަކަށް އަހަރު އެކަމަނާ ހޭދަކުރެއްވީ ފިރިކަލުންނާ ވަކިންނެވެ.

މަންޑޭލާ އުމުރަށް ޖަލަށް ލެވުމުން، ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރެވުނު މަސައްކަތުގައި ބެޓަން ހިއްޕެވީ އެކަމަނާއެވެ. އިންސާފާއި ހަމަހަމަކަމަށް ގޮވާލައި ކުރެވުނު މަސައްކަތާ ގުޅިގެން އެކަމަނާ ވެސް ޖަލަށް ގެންދެވުނެވެ.

އެކަަމަނާއަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އެކަމަނާއަކީ "ގައުމުގެ މަންމަ" އެވެ.

ގާނޫނީ މައްސަލަތަކާއި ސިިޔާސީ ކަންކަމާ ގުޅިގެން ފަހަކަށް އައިސް ވަނީ އެކަމަނާއާ މެދު ދެކޭ ގޮތް ބަދަލުވެފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު