Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން - އިސްރާއީލް

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު މަޝްވަރާ ކުރުމަށް އަރަބް ލީގުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އިސްރާއީލު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ފަލަސްތީނުގެ 16 މީހުން މަރުވެފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 2 އެޕްރީލު 2018 | ހޯމަ 14:47
އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސް އަކަށް އަރުވަނީ

އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސް އަކަށް އަރުވަނީ

އިސްރާއީލުން ފަަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ޖަރީމާތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އަރަބި ގައުމުތަކުގެ އެއްބައިވަންތަކަަމަށް މަސައްކަތް ކުރާ އަރަބް ލީގުން ނިންމައިފިއެވެ.

މިކަމާ ބެހޭގޮތުން އަރަބް ލީގުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަބޫ އަލީ އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަަލުތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ކުއްލި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހު ކަމަށެވެ.

ފަލަސްތީނު ރައްޔިތުން ކޮންމެ އަހަރެއްގެ މާޗް 30 ވަނަ ދުވަހު ފާހަގަކުރާ "ލޭންޑް ޑޭ" ދުވަސް ނުވަތަ ފަލަސްތީނު ރައްޔިތުންގެ ބިން އިސްރާއީލުން 1976 ވަނަ އަހަރުގެ މާޗް މަހު ފޭރިގަތް ދުވަހާ ދިމާކޮށް ފާހަގަކުރާ ދުވަހާއި ގުޅިގެން، ނިމިދިޔަ މާޗް 30 ވަނަ ދުވަހު ސުލްހަވެރިކަމާއެކު އެއްވި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ވަނީ ލާއިންސާނީ އެތަކެއް އަމަލެއް ހިންގާފައެވެ. އަރަބް ލީގުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަބޫ އަލީ ގެ ބަޔާނުގައި ވިދާޅުވީ މި އަހަރުގެ މާޗް މަހު 30 ވަނަ ދުވަހު އިސްރާއީލު ސިފައިން ހިންގި ލާއިންސާނީ އަމަލުތަކާމެދު ފުޅާދާއިރާއެއްގައި އަންގާރަ ދުވަހު އޮންނަ އަރަބް ލީގުގެ ކުއްލި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށެވެ.

އަބޫ އަލީ ގެ ބަޔާނުގައި އިތުރަށް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ އެ ބިންތަކަށް ވެރިވެގެންފައިވާ ވުމާއި އަދި ފަަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަށް ހުއްޓުވުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި އަދި އިސްރާއީލުގެ އަމަލުތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގީ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނާގޮތުން އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އިސްރާއީލު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ފަލަސްތީނުގެ 16 މީހުން މަރުވެ 1400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން ފޭލިގެ ޖަހައި، ފަލަސްތީނު އެތައްހާސް ރައްޔިތުން ހުކުރު ދުވަހު ހެނދުނުން ފެށިގެން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގައި ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިސްރާއީލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނު ދުވަހެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު