Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީއަށް އަނިޔާވުން

އަނިޔާއަށް ފަހު ބާސާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެއްޖެ

30 މާރިޗު 2018 | ހުކުރު 09:48

މެސީގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 މާރިޗު 2018 | ހުކުރު 09:48
މެސީ ބާސާގެ ޖާޒީގައި

މެސީ ބާސާގެ ޖާޒީގައި

އަނިޔާ އަށް ފަހު އަލުން އެނބުރި އައިސް ބާސެލޯނާގެ ފަރިތަކުރުންތަކުގައި އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބައިވެރިވެއްޖެއެވެ.

ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާ ކުޅުނު އެއްވެސް މެޗެއްގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ. އިޓަލީއާ ދެކޮޅަށް ކުޅެ 2-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ކުޅެފައި ނުވަނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެހެން ނަމަވެސް ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ފިޓް ކަމަށް އާޖެންޓީނާގެ ކޯޗު ބުނިއިރު 6-1 އިން ސްޕެއިން އަތުން ބަލިވި މެޗުގައި ވެސް އޭނާއަށް ބެންޗުން ފުރުސަތު ދީފައެއް ނުވެއެވެ.

ބާސާ އިން ނެރުނު ބަޔާނެއްގައި ވަނީ އެ ޓީމުން ބުރާސްފަތި ދުވަހު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބައިވެރިވީ ފަރިތަކުރުންތަކުގެ ވަކި ބައެއްގައި ކަމަށް އެ ބަޔާނުގައިވެއެވެ.

މެސީއަށް އެ މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ނުދޭނެ ކަމަށާއި އެހެން ނަމަވެސް ބެންޗުން އޭނާއަށް ފުރުސަތު ދިނުމަކީ ވެދާނެ ކަމެއް ކަމަށް ސްޕެއިންގެ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

މި ބަޔާނުގައި އަނިޔާވެފައިވާ އެ ޓީމުގެ ކީޕަރު މާކް އެންޑަ ޓާސްޓީޖެންގެ ވާހަކަ ހިމަނާފައެއް ނުވެއެވެ. ސްޕެއިންއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗުގައި އޭނާ ކުޅުނު ނަމަވެސް 1-0 އިން ބްރެޒިލް އަތުން ބަލިވި މެޗުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ކުޅެފައެއް ނުވެއެވެ.

މެސީގެ އިތުރުން ނިމިގެންދިޔަ ބައިނަލްއަގްވާމީ މެޗުތަކުގައި ކުޅުނު ބާސާއަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ބުރާސްފަތި ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އެގޮތުން އަންދްރޭ ގޯމޭޒް އާއި އިވާން ރަކިޓިޗް އަދި އަންދްރޭސް އިނިއެސްޓާގެ އިތުރުން ލުއިސް ސުއަރޭޒް ވެސް ވަނީ މި ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

ސެވިއްޔާއާ ދެކޮޅަށް ބާސާ ނުކުންނައިރު އެ ޓީމު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑަކާއެކުއެވެ. ކުރިޔަށް އޮތް ދެ ހަފްތާއަކީ ބާސާ ވަރަށް ގިނަ މެޗު ކުޅެން ޖެހޭ ހަފްތާއަކަށް ވާއިރު ސެވިއްޔާ މެޗަށް ފަހު އެ ޓީމު ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޯމާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް