Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

80 އަހަރަށް ފަހު އިނގިރޭސިވިލާތުގެ ރެފްރީއަކާ ނުލައި ވޯލްޑް ކަޕެއް ބާއްވަނީ

30 މާރިޗު 2018 | ހުކުރު 07:24

ފީފާއިން 36 ރެފްރީއަކަށް ފުރުސަތު ދީފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 މާރިޗު 2018 | ހުކުރު 07:24
ޔޫރޯގެ ފައިނަލުގައި ރެފްރީކަންކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ މާކް ކްލެޓެންބާގް (ކ) އަދި ކުރީގެ މަޝްހޫރު ރެފްރީ ކޮލީނާ (ވ)

ޔޫރޯގެ ފައިނަލުގައި ރެފްރީކަންކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ މާކް ކްލެޓެންބާގް (ކ) އަދި ކުރީގެ މަޝްހޫރު ރެފްރީ ކޮލީނާ (ވ)

އައްޑިހަ އަހަރަށް ފަހު އިނގިރޭސިވިލާތުގެ ރެފްރީއަކަށް ފުރުސަތު ނުދީ ވޯލްޑް ކަޕް ބޭއްވުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ނިންމައިފިއެވެ.

ފީފާ އިން 36 ރެފްރީއަކަށް ފުރުސަތު ދީފައިވާއިރު އޭގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ އެންމެ ރެފްރީއަކު ވެސް ނުހިމެނެއެވެ. ހަމައެހެންމެ ސްކޮޓްލޭންޑް އަދި ވޭލްސްގެ އިތުރުން އުތުރު އަޔަލޭންޑްގެ ރެފްރީއަކަށް ވެސް ފުރުސަތު ދީފައެއް ނުވެއެވެ. މިއަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ 1938 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި އިނގިރޭސިވިލާތުގެ ރެފްރީއަކު ފެނިގެން ނުދާ ފުރަތަމަ ފަހަރަށެވެ.

ފީފާއިން 36 ރެފްރީން ހޮވާފައި ވަނީ 2016 ވަނަ އަހަރު އެކުލަވާލި ޝޯޓްލިސްޓަކުންނެވެ. އެ ލިސްޓުގައި ހިމެނުނު ހަމައެކަނި އިނގިރޭސިވިލާތަށް ނިސްބަތްވާ ރެފްރީއަކީ މާކް ކްލެޓެންބާގްއެވެ. އެހެން ނަމަވެސް ޕްރިމިއާ ލީގުގެ ރެފްރީކަން ކުރުން އޭނާ ހުއްޓާލުމާއެކު އޭނާގެ ނަން އެ ލިސްޓުން އުނި ކުރެވިގެންދިޔައެވެ. 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ކްލެޓެންބާގް ޕްރިމިއާ ލީގު ދޫކޮށްލީ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ހެޑް އޮފް ރެފްރީސް މަގާމު ލިބުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކްލެޓެންބާގްގެ ބަދަލުގައި އާ ރެފްރީއަކު އެ ޖާގައެއް ހަމަޖައްސައިދިނުމަށް ފީފާގައި އެދިފައެއް ނުވެއެވެ. ހަމައެހެންމެ ފީފާއިން ހޮވި 63 ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ ތެރޭގައި ވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ ރެފްރީއަކު ހިމެނިފައެއް ނުވެއެވެ. މިއަހަރު ރަޝިއާގައި ވޯލްޑް ކަޕް ވެގެންދާނީ ތާރީހުގައި ވެސް އެންމެ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރާ ފުރަތަމަ ފަހަރަށެވެ.

1938 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން 12 އަހަރު ވަންދެން އެ މުބާރާތް ބާއްވާފައެއް ނުވެއެވެ. އޭގެ ފަހުން 1950 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފަހުން ބޭއްވި ކޮންމެ މުބާރާތެއްގައި ވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ ރެފްރީއަކު އިންސާފުކޮށްފައިވެއެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ވެސް އިނގިރޭސިލާތް ތަމްސީލުކޮށްފައި ވަނީ ހޮވާޑް ވެބްއެވެ. އޭނާ ވަނީ ނެދަލޭންޑްސް ބަލިކޮށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން އިން އުފުލާލި ފައިނަލް މެޗުގެ ރެފްފީކަން ކޮށްފައެވެ.

އިނގިރޭސި ރެފްރީއަކު ވޯލްޑް ކަޕްގައި މިއަހަރު ފެނިގެންނުދާއިރު އިނގިރޭސި ރެފްރީންނަށް ބޮޑެތި ފާޑުކިޔުންތަކެއް ފާއިތުވެދިޔަ ސީޒަންތަކުގައި ވަނީ އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް