Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުއްޓުވާ ޖަލްސާ

އާޒިމާ ޑްރާފްޓްކޮށް އަބްދުއްރަހީމް ފާސްކޮށް ރައީސް ޔާމީން ތައްގަނޑު ޖަހާ ހުރިހާ އެއްޗެއް ގާނޫނަކަށް ނުވާނެ: ދިޔާނާ

29 މާރިޗު 2018 | ބުރާސްފަތި 21:16

މަޖިލީހުން ތަފާތު އެތަށް ކަމެއްކޮށް އެއީ ގާނޫނޭ ބުނަމުންދޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 މާރިޗު 2018 | ބުރާސްފަތި 21:16
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު

ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރު ޑްރާފްޓްކޮށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ފާސްކޮށް ރައީސް އަބްދުﷲ ޔާމީން ތައްގަނޑު ޖައްސަވާ ހުރިހާ އެއްޗެއް ގާނޫނަކަށް ނުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "ހުއްޓުވާ"ގެ ނަމުގައި ބޭއްވި ޖަލްސާގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ، ފަހަކަށް އައިސް "ރައްޔިތުންގެ މަޖިލީހުން ތަފާތު އެތައް ކަމެއް ކޮށްފައި ދެން އެއޮތީ ގާނޫނެއް ފާސްކޮށްފައޭ ބުނާ މަންޒަރު ފެންނަ" ކަމަށާއި ކަނޑައެޅިގެން އިންސާފުގެ އުސޫލުތަކާ ހިލާފަށް އެތަށް ކަމެއް ކުރުމަށް ފަހު އެކަންކަމުގައި ގާނޫނީ ކުލަ ޖައްސަން އުޅޭ މަންޒަރު މިހާރު ފެންނަ ކަމަށެވެ. ދިޔާނާ ވިދާޅުވީ، މަޖިލީހުގެ ތެރެއިންނާއި ކޯޓުތަކުން ވެސް މިފަދަ އަމަލުތައް ހިނގަމުންދާ މަންޒަރު ފެންނަ ކަމަށެވެ. މަޖިލީހުން ފާސްކުރާ ހުރިހާ ގާނޫނަކަށް ތަބާވަން ޖެހޭނެ ކަމާ މެދު ދިޔާނާ ވަނީ ސުވާލު އުފައްދާފަ އެވެ.

Advertisement - newsAdvertisement
"މިސާލަކަށް ރައްޔިތުންގެ މަޖިލީހުން މިނިންމަނީ ރާއްޖޭގެ ހުރިހާ ދެކުނުގެ އަތޮޅުތަކުގައި އުޅޭނީ އަޅުންތަކެކޭ. ނުވަތަ ބާންދީންތަކެކޭ. މިއަށް އަމަލުކުރަންޖެހޭނެ ތޯ. ނުވަތަ އުމުރުން 25 އަހަރާއި 30 އަހަރާއި މީހުންނަށް ވޯޓް ނުލެވޭނެ ކަމަށް ފާސްކޮށްފި ނަމަ އެއަށް އަމަލު ކުރަންޖެހޭނެތޯ. މިކަން ތަސްދީގު ކުރިއަސް އަމަލުކުރަންޖެހޭނެ ތޯ،" ދިޔާނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުން ވެސް ގާނޫނީ ވަކީލުން ގާނޫނެއް ނޫނެކޭ ބުނެ ވާހަކަދައްކަނީ އެފާސްކުރާ ކަންކަމަކީ މަޖިލީހުގެ އިޖުރާއަތްތައް ފަހަނައަޅައި އުސޫލުން ބޭރުން ނުވަތަ ގާނޫނުގެ އަހްލާގިއްޔަތާ ހިލާފަށް ފާސްކުރާ ގާނޫނުތަކަކަށްވާތީ ކަމަށެވެ. މިފަދަ ކަންކަމަކީ ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ދިޔާނާ ވިދާޅުވީ، ގާނޫނެއްގެ ކިބައިގައި އާންމު ހުރިހާ ފަރާތްތަކަށް އަމަލު ކުރެވެން ޖެހޭ އެއްޗަކަށްވާ އިރު އެސިފަ މި ގާނޫނުން ގެއްލިގެންދާ ކަމަށެވެ. އެހެން ނަމަވެސް ވަކި ބަޔަކަށް އަމާޒުކޮށްގެން ވަކި ބަޔަކަށް ލަނޑެއް ދޭން ހަދާ އެއްޗަކަށް ގާނޫނެއް ވެގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާއްސަ މަޖިލީހުގައި ވެސް ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރެވޭ މަޖިލީސް މެންބަރުން ޕާޓީ ބަދަލުކޮށް، ނުވަތަ ރައްޔިތުން ހިންހަމަނުޖެހޭ ކަމަކާ ގުޅިގެން މަޖިލީހުގެ ގޮނޑި ގެއްލުވާލުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ ގާނޫނެއް އެކުލަވާލުމާ ގުޅޭ ގޮތުން ބަހުސް ކުރެވުނު. އެހެންނަމަވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުން ނިންމީ އެފަދަ މާއްދާއެއް ގާނޫނުއަސާސީގައި ނުހިމަނަން. ސަބަބަކީ ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އަބަދު އަބަދު މަޖިލީސް މެންބަރުން ވަކިކޮށް މެންބަރުން ހޮވުމުގެ މަސައްކަތް ކޮށްފި ކަމުގައިވާ ނަމަ މަޖިލީހުގެ ސްޓެބިލިޓީ ގެއްލިދާނެތީ،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށާއި އެ މެންބަރުންނަކީ އަދިވެސް މަޖިލީހުގެ މެންބަރުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވެސް މި މައްސަލަ ނިންމުމުގައި އިންސާފުވެރި ކަމާ އެކު ހުކުމެއް ނެރޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް