Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ މައްސަލަ

ފުލުހުން ބަންދުކޮށްފައިވާ ބަޔަކު ދޫކޮށްލަން އުޅޭކަމުގެ ތުހުމަތެއްގައި ފުލުހެއްގެ ފޯނު ހިފަހައްޓައިފި

އަބްދުﷲ ރިޔާޒާ އާއިލީ ގުޅުން އޮންނަ ފުލުހެއް ކަމަށްވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 މާރިޗު 2018 | ބުރާސްފަތި 10:36
ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަކްރަމް އަބްދުލްވައްހާބު

ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަކްރަމް އަބްދުލްވައްހާބު

އެކި ތުހުމަތުތަކާ ގުޅިގެން ހައްޔަރު ކުރާ މީހުން ބައިތިއްބާ ދޫނިދޫގައި މަސައްކަތްކުރާ އިސް ފުލުހެއްގެ ފޯނު ހިފަހައްޓާފައިވާކަން "ރާއްޖެއެމްވީ"އަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ހިފަހައްޓާފައި ވަނީ ދޫނިދޫގައި މަސައްކަތް ކުރާ ފުލުހުންގެ ޗީފް ސްޓޭޝަން އިނިސްޕެކްޓަ އަކްރަމް އަބްދުލް ވައްހާބުގެ ފޯނެވެ. އޭނާގެ ފޯނު ހިފަހައްޓާފައި ވަނީ ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ އެވެ. އޭނާގެ ފޯނު ހިފަހައްޓާފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އެނގިފައި ވެއެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ބަހެއް ބުނެފައެއް ނުވެއެވެ. އަކްރަމަކީ ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާ އާއިލީ ގުޅުން އޮންނަ ފުލުހެކެވެ.

އަބްދުﷲ ރިޔާޒު ބަންދުކޮށްފައިވާއިރު، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އެންމެ ފަހުން ކޮމިޝަނަރ އޮޕް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފް ވެސް ހައްޔަރުކޮށް، ދޫނިދޫގައި ވަނީ ބަންދުކޮށްފައެވެ. ދޫނިދޫގައި ބަންދުގައި ތިބި ފަރާތްތަކެއް ދޫކޮށްލަން އުޅޭ ކަމަށް ބުނެ ދޫނިދޫގައި މަސައްކަތްކުރާ އިސް ފުލުހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގިނަ ކަންތައްތަކެއް ދަނީ ފެންމަތި ވަމުންނެވެ. އެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދާއިރު، ތަންފީޒީ އިދާރާތުގެ އިސްވެރިން ވެސް ދަނީ އެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދަމުންނެވެ.

ސަރުކާރުން ބުނަމުން ދަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރެފައިވާ އަމުރަކީ ސަރުކާރު ވައްޓާލުމަށް ނެރެފައިވާ އަމުރެއް ކަމަށާއި އަދި އެއީ ސުޕްރީމް ކޯޓުގެ ތެރެއިން ހިންގާފައިވާ ބަޣާވާތެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރު ނެރުމުން ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރައްވާފަ އެވެ. މީގެ އިތުރުން ވެސް ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށް، ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެސްއޯ ފުލުހުންތަކެއް ވެސް ހައްޔަރު ކޮށްފައި ވެއެވެ. ހައްޔަރުކޮށްފައި ވަނީ އެ އަމުރު ތަންފީޒުކުރަން އުޅުނު ބައެއް ކަމަށް ވެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު