Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަނޑު އިބިލީސް

ކަނޑު އިބިލީސްގެ ޕޯސްޓަރ ރިލީޒް ކުރުން މިރޭ

މި ފިލްމަކީ ކުޑަކުދިންނަށް ޚާއްސަކޮށްގެން އުފައްދާ ފިލްމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 މާރިޗު 2018 | ބުރާސްފަތި 07:22
ކަނޑު އިބިލީސްގެ ޕްރޮޑިއުސަރުން

ކަނޑު އިބިލީސްގެ ޕްރޮޑިއުސަރުން

ކުޑަކުދިންނަށް ޚާއްސަކޮށްގެން އުފައްދާ ފިލްމެއް ކަމަށްވާ ކަނޑު އިބިލީސްގެ ޕޯސްޓަރ މިރޭ ރިލީޒް ކުރާނެއެވެ.

މިރޭ 8:30 ގައި ބްލޫބޭ ރެސްޓޯރެންޓުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި އެ ފިލްމުގެ ޕޯސްޓަރ ރިލީޒް ކުރާނީ ފިލްމުގެ ޓީމާ އެކީގައި ކަމަށް އެ ފިލްމުގެ ޓީމުން ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ފިލްމްގެ ޝޫޓިން ވަނީ ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައެވެ.

މިއީ ކޮޕީ ރަޝީދުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސް ކުރާނީ އަހުމަދު ޒިޔާގެ އިތުރުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި ރިއްފަތުއެވެ. ރިއްފަތު އަކީ ލަވަކިޔުމުގެ ދާއިރާ އިން ކުރިއަރަމުން އަންނަ ފަރާތެކެވެ. އަދި މިއީ އޭނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމެވެ.

ކަނޑު އިބިލީސް ކެމެރާ ކުރަނީ ދަބާ އެވެ. ޒިޔާ ބުނީ އެންމެ ފުރަތަމަ ފިލްމު އަޅުވާނީ ކުޅުދުއްފުށީގައި ކަމަށާއި އޭގެ ފަހުން އޮލިމްޕަހުގައިވެސް ފިލްމު އަޅުވާނެ ކަމަށެވެ.

ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އަދި ޒިޔާއެވެ. ޒިޔާގެ ކެރެކްޓާ އަކީ "ވަސްވާސް" ގައި އޭނާ ފެނުނު ކެރެކްޓާ ކަމަށާއި އިއްސެގެ ކެރެކްޓާ ވެސް ވަރަށް ހާޢްސަ ވާނެ ކަމަށް ޒިޔާ ބުންޏެވެ.

އަމިއްލަ ރާގުގެ އެއް ލަވަ މި ފިލްމުގައި ހިމެނެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު