Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ

ރައީސް ނަޝީދުގެ އިންޓަވިއުއެއްގެ މައްސަލަ ބަލަން ފަށައިފި

29 މާރިޗު 2018 | ބުރާސްފަތި 04:06

ރައީސް ނަޝީދު އިންޓަވިއު ދެއްވީ ސަލާމަތީ ހިދުމަތްތަކުން ގާނޫނަށް ގޮންޖައްސަވައި، ސުޕްރީމް ކޯޓްގެ އަމުރެއް ތަންފީޒު ނުކުރާނެ ކަމަށް ބުނުމުން

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 29 މާރިޗު 2018 | ބުރާސްފަތި 04:06
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުނަސް ތަންފީޒު ނުކުރާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލްއާއި ސަލާމަތީ ހިދުމަތްތަކުން ބުނުމުން އެކަމަށް ރައްދު ދެއްވައި ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ސްރީ ލަންކާގައި ހުންނަވައި ރައީސް ނަޝީދު ފެބްރުއަރީ 4 ވަނަ ދުވަހު ފޯނުން ދެއްވި މި އިންޓަވިއުގެ މައްސަލަ ހަމަ އެދުވަހު ހުށަހަޅުއްވާފައިވަނީ ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރެވެ. ޒީނާ، ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރެއްވުމުގެ ކުރިން ޑީއާރުޕީ އާއި ޕީޕީއެމްގައި އުޅުއްވި އެވެ.

Advertisement - newsAdvertisement

މި މައްސަލައަށް ކޮމިޝަނުން ގޮތެއް ނިންމަވައި، ޖަވާބުދާރީ ވުމަށް އަދި ނާންގާ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މައްސަލައެއްގެ ގޮތުގައި ނަގާފައިވަނީ ރައީސް ނަޝީދުގެ އިންޓަވިއުގައި "މިވަގުތުން ވަގުތަށް ޖެނެރަލް ޝިޔާމާއި ނަވާޒު އާއި އަނިލް މާލޭ ޖަލުގައި ހައްޔަރުކޮށް ދިނުމަށް" ގޮވާލައްވާފައިވުމާއި ރައްޔިތުން ނުކުމެ އެކަމުގައި ބައިވެރިވުމަށް ގޮވާލައްވާފައި ވުމެވެ.

ރައީސް ޔާމީނު މަގާމުން ދުރުކުރުމުގެ އަމުރެއް އެންމެ މަތީ ކޯޓުން ނެރުނު ނަމަވެސް، އެ އަމުރަށް ތަބާނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމާ އެފަދަ އަމުރެއް ތަންފީޒު ނުކުރައްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި ފުލުހުންގެ މުއައްސަސާ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުﷲ ނަވާޒު ދެއްވި ބަޔާނަށް ރައްދު ދެއްވައި، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ "އިތުރަށް ކަންކަން ކުރައްވަން ރައީސް ޔާމީން އުޅުއްވަންޏާ އަނިޔާ ލިބިވަޑައިގަންނަވާނެ،" ކަމަށެވެ.

ރައީސް ޔާމީނާއި ބަންޑާރަ ނައިބާއި ޝިޔާމާއި ނަވާޒު އެ ހުންނެވީ ނަހަލާލު ބަޣާވާތެއް ކުރައްވައިގެން ކަމަށާއި އެ ބަޣާވާތް ހުއްޓުވަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އަމަލުކުރަމުން ދާންޖެހޭނީ ގާނޫނު އަސާސީއަށް ކަމަށާއި ގާނޫނު އަސާސީ ދަމަހައްޓަކައި ނަގަހައްޓާނެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ސިފައިން ވެސް ފުލުހުން ވެސް އަދި ހުރިހާ ބޭފުޅުން ވެސް ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީނާއި އަނިލްއާއި ޖެނެރަލް ޝިޔާމް އަދި ނަވާޒުގެ ބަޣާވާތުގެ ވާހަކަތައް ހުއްޓުވަން ރައްޔިތުން ނުކުންނެވުމަށް ވެސް ނަޝީދު ގޮވާލެއްވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް ޔާމީނު ބޭނުންވާ ގޮތަށް އަމަލުކުރެއްވުމާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ޖުމުލަ ތިއްބެވީ 50 އޮފިސަރުން ކަމަށާއި ނަވާޒާއި ޝިޔާމާއި އަނިލް މާލޭ ޖަލުގައި ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

"މިކަމުގައި ރައްޔިތުން ވެސް ވީހާ ބޮޑަށް ބައިވެރިވުމަށް ގޮވާލަން. މުޅި ދުނިޔެ އޮތީ ދިވެހިރާއްޖެ އަށް ބަލަހައްޓައިގެން،" ނަޝީދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުނުކޮށް އެ ބޭފުޅުންނަށް ވަޑައިގެންނެވޭނެ އިތުރު ތަނެއް ނެތް ކަމަށާއި އަމުރު ތަންފީޒު ނުކުރައްވާ ނަމަ ދެން ދާންޖެހިވަޑައިގަންނަވާނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްވި ބަޔާނުގައި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވިޔަސް، އެކަން ވަރިހަމަކޮށްލައިގެން ނުތިއްބަވާނެ ކަމަށާއި އެ ކަމާ ދެކޮޅަށް މަސައްކަތްކުރައްވައި ކާމިޔާބު ހޯއްދަވައި، ނަވާޒާއި ޝިޔާމް ހައްޔަރުކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޖެނެރަލް ޝިޔާމަށް އެނގިވަޑައިގަންނަވަން ޖެހޭނެ އަޅުގަނޑުމެން ނުހުއްޓާނަން، އަޅުގަނޑުމެން ވަރަށް ބޮޑަށް ކާމިޔާބު ކުރައްވާނަން." އެމަނިކުފާނު ވިދާޅުވިއެވެ.

ކޯޓް އަމުރު ތަންފީޒުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެކަމަށް ގޮންޖައްސަވައި ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. މި ބޭފުޅުންގެ އިތުރުން ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ވެސް އަދި 45 ދުވަހަށް ދިގު ދެންމީ ވެސް ގާނޫނާ ހިލާފަށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެ އެވެ.

މިހާތަނަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ކޮށްފައިވާ ޖޫރިމަނާގެ އަދަދު 1.7 މިލިއަން ރުފިޔާއަށް އަރަ އެވެ. މި މައްސަލަތައް ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ރާއްޖެ ޓީވީ އަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާއިރު، ސަރުކާރު ޕްރޮމޯޓްކުރާ ބައެއް ޓީވީ ސްޓޭޝަންތަކުން ގެނެސްދީފައިވާ ކޮންޓެންޓްތަކުގައި ބައެއްް ފަރާތްތަކަށް ބޮޑެތި އިންޒާރު ދިން މައްސަލައެއް ބަލާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. އަދި އެ ފަދަ އިންޒާރުތައް ދިނުން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް