Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަނޭޝަނަލް ފްރެންޑްލީ

އިންޓަނޭޝަނަލް ފްރެންޑްލީ: އިސްކޯގެ ހެޓްރިކާ އެކު ސްޕެއިންއަށް ބޮޑު މޮޅެއް

28 މާރިޗު 2018 | ބުދަ 11:55

ވަރުގަދަ އާޖެންޓީނާ ބަލިކުރީ 6-1 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 މާރިޗު 2018 | ބުދަ 11:55
އިސްކޯ އަދި އަސްޕާސް އުފާ ފާޅުކުރަނީ

އިސްކޯ އަދި އަސްޕާސް އުފާ ފާޅުކުރަނީ

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އިސްކޯ ކާމިޔާބުކުރި ހެޓްރިކާ އެކު ސްޕެއިން އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

އެޓްލެޓިކޯ މެޑްރިޑްގެ އާ ސްޓޭޑިއަމް ކަމަށްވާ ވަންޑާ މެޓްރަޕޮލިޓާނޯގައި ކުޅުނު މި މެޗު ސްޕެއިން އިން ކާމިޔާބުކުރީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޖަރުމަނާ ދެކޮޅަށް ކުޅެ އެއްވަރުވި ސްޕެއިންގެ ޓީމަށް ދެ ބަދަލެއް މި މެޗުގައި ގެނައިއިރު، އިޓަލީ އަތުން މޮޅުވި އާޖެންޓީނާގެ ޓީމުން ފަސް ބަދަލެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ މެޗުގައި ކުޅެފައިނުވާއިރު އޭނާގެ ބަދަލުގައި މި މެޗުގައި ކުޅެން ނުކުމެފައި ވަނީ ޕީއެސްޖީގެ ކުޅުންތެރިޔާ ޖިއޮވާނީ ލޮކެލްސޯއެވެ.

ފުރަތަމަ ހާފު ފެށިގެން ސްޕެއިން އިން ވަނީ ބޯޅަ ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ސްޕެއިންއަށް ޖަހައިދިނީ ޑިއޭގޯ ކޮސްޓާއެވެ. މި ލަނޑަށް ފަހު ވެސް ސްޕެއިން އިން ފުލުފުލުގައި ހަމަލާ އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ 27 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ އިސްކޯއެވެ. އާޖެންޓީނާ އިން އެ ޓީމުގެ ކުޅުން މި ލަނޑަށް ފަހު ރަނގަޅުކުރިއެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު އެ ޓީމަށް ކުޑަކޮށްދީފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސްޕެއިން އިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ނުރައްކާތެރި ގިނަ ހަމަލާތަކެއް ސްޕެއިންގެ ފަރާތުން ފެނިގެންދިޔައިރު ސްޕެއިންގެ ތިންވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ވެސް އިސްކޯއެވެ. އޭގެ ތިން މިނެޓު ފަހުން ސްޕެއިންގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ބަޔާން މިއުނިކްއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާއެވެ. ސްޕެއިންގެ ފަސް ވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދިނީ އިއާގޯ އަސްޕާސްއެވެ. އިސްކޯ ވަނީ އޭގެ މިނެޓެއް ފަހުން ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި ޖެހި ތިން ލަނޑު ވެގެން ގޮސްފައި ވަނީ ސްޕެއިންގެ ގައުމީ ޓީމަށް އިސްކޯ ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކްއަށެވެ. ހަމައެހެންމެ މިއީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމަކާ ދެކޮޅަށް ކުޅެ އެންމެ ތަފާތު ބޮޑުކޮށް ސްޕެއިން މޮޅުވި މެޗެވެ. މި މެޗުގައި ޖެހި ލަނޑާ އެކު ޑިއޭގޯ ކޮސްޓާ ވަނީ އޭނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ގައުމީ ޓީމަށް ލަނޑު ޖަހައިދީފައެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމަށް މި ދެ ޓީމު ވެސް ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެމުން އަންނައިރު ސްޕެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް އާޖެންޓީނާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ ތިން މެޗުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް