Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޓެލިޖެންސް ރިޕޯޓު

އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ ތަހުޤީގުގައި ނުވެސް އަހާނެ: ޝިފާޒް

27 މާރިޗު 2018 | އަންގާރަ 23:22

އިންޓެލް ރިޕޯޓެއް އެބައޮތޭ ބުނެ ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުން ހުކުމް ކުރަނީ ހެކި ނެތިގެން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 މާރިޗު 2018 | އަންގާރަ 23:22
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހުން ހައްޔަރުކޮށް ބަންދުކުރި ނަމަވެސް، އެފަދަ މައްސަލަތަކުގައިވެސް ތަހުޤީގުގައި އިންޓެލިޖެންސް ރިޕޯޓުގެ ނަންވެސް ނުގަންނަކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޝިފާޒު ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓު އޮތް ގޮތަށް ހައްޔަރުކުރާ މީހާއަށް ދައްކަން ނުޖެހިދާނެކަމަށާއި، އެހެން ނަމަވެސް އޭގެ ވާހަކަ ދެކެވެން ޖެހޭނެކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ވާހަކައެއް ތަހުޤީގުގައި ފުލުހުން ނާހާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާޒު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ބައެއް ފަރާތްތައް ހައްޔަރުކޮށް ބަންދުކުރި ނަމަވެސް، އެކަށީގެންވާ ހެކި ނެތިގެން އެފަރާތްތައް ދޫކޮށްލުމަށް ކޯޓުން އަމުރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް ޤާނޫނީ ފަރާތްތަކުން ބުނާ ގޮތުގައި އިންޓެލިޖެންސް ރިޕޯޓަކީ ތަހުޤީޤުގައި ބޭނުންކުރި ނަމަވެސް ހެއްކެއްގެ ގޮތުގައި ޝަރުޢީ މަރުޙަލާގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ.

"ކޯޓުން ނުވަތަ ކޯޓަށް ނުގެންގޮސް ނަމަވެސް, ބަންދުގެ މަރުޙަލާ ނިމުމަށްފަހު އާއިލާއާއިއެކު އުޅެން ފުރުސަތު މި ލިބޭ މީހުން ގާތު އައްސަވާ ބައްލަވާ ކިހިނެއްތޯ، ކޮން ތަހުޤީގެއްތޯ ހިންގެވީ؟ ކޯޓުގައި އެބޭފުޅުން އެދައްކަވާ އިންޓެލިޖެންސް ރިޕޯޓް ފެނުނުތޯ؟ ފަހަރެއްގައި ނުފެންނަ އެއްޗަކަށް ވާން ޖެހިދާނެ. އެކަމަކު އޭގެ ވާހަކަ ދެއްކިތޯ ތަހުޤީޤު ކުރައްވާ ބޭފުޅުން. ނޯންނާނެ،" ޝިފާޒް ވިދާޅުވިއެވެ.

ފުލުހުން އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހުން ހައްޔަރުކުރުމަށް ފަހު ބައެއް ފަރާތްތަކާއި ސުވާލުކުރަނީ މުޅީން އެހެން ކަމަކާއި ގުޅޭ ގޮތުން ކަމަށް ހައްޔަރުކުރެވެނު ބައެއް ފަރާތްތަކުން ބުނެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރެއިން މަހަކަށްވުރެ ގިނަ ދުވަހު ޝިފާޒް ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓިއިރު، މާބޮޑު ތަހުޤީޤެއް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ކަންކަމަށް އިޝާރާތްކުރައްވައި ޝިފާޒް ވިދާޅުވީ ތަކުރާރުކޮށް އެކަންކަން ވާން ކެތްކޮށްގެން ގުޅިފައިވާ ޕާޓީތަކުން ނުތިބޭނެ ކަމަށެވެ. އަދި ސިޔާސީ ފަރާތްތައް ހައްޔަރުކުރާ ފަރާތްތަކާއި، ހައްޔަރުކުރެވޭ ފަރާތްތަކަށް އިހާނެތިކޮށް ކަންތައްކުރާ ފަރާތްތަކާއި، އަދި މިހިނގަމުންދާ ކަންކަމުގައި އިހުމާލުވާ ފަރާތްތަކަކީ ކޮބައިކަން އެނގޭ ކަމަށާއި، އެފަރާތްތަކުގެ މައްސަލަތައް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

"އެބޭބޭފުޅުންގެ އޯޑަރަށް އަޅުގަނޑުމެން ހައްޔަރުކޮށްގެން އަޅުގަނޑުމެންނާއި ދޭތެރޭ ހިންގާ ކަންކަމުގަ ބަރުދަން ހުރި މިންވަރު އަޅުގަނޑުމެން ބަލަމުންދަން. އެބޭފުޅުންގެ އިހުމާލު އަޅުގަނޑުމެން ހޯދާނަން. ދެނެގަންނާނަން. އެކަންކަމުގައި އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. ދާން ޖެހުނު ހުރިހާ މުއައްސަސާތަކަކަށް ދާނަން. އެއީ އެއްގޮތަކަށްވެސް އަދި މިއަދު އެއަށް އިންސާފު ލިބިދާނެކަމަށް ދެކިގެނެއް ނޫން. އެހެން ނަމަވެސް މާދަމާ އިންސާފު ލިބޭނެކަން ޔަޤީންވާތީ އަޅުގަނޑުމެން އެބަޖެހޭ މިހާރު އިޖުރާޢަތުތައް ފުރިހަމަކޮށްފައި ބަހައްޓަން."

ޝިފާޒް ވިދާޅުވީ އިންޓަގްރިޓީ ކޮމިޝަން ފަދަ މުއައްސަސާތަކުގައި ތިއްބަވައި، އިހުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.

މީގެ އިތުރުން ޝިފާޒް ވިދާޅުވީ ރައީސް ޔާމީނަށް ރަށްރަށުގައި ތާޢިދެއް ނެތްކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ރަށްރަށަށް ދިޔުމުން، ރައީސް ޔާމީނަށް ތާޢިދު އޮތްކަން ދައްކަން ލައުޑްސްޕީކަރުން ރައީސް ޔާމީނަށް ތާޢީދު އެބައޮތޭ ކިޔައި ލަވަތައް ޖަހާކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީނަށް ތާޢީދުކުރަމޭ ކިޔައި ނިކުންނާނެ ދިވެހި ރައްޔިތަކު ނުވާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް