Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޭސް 3

ރޭސް 3 ގެ ޕޯސްޓަރ ދައްކާލައިފި

މި ފިލްމް ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޖޫން މަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 މާރިޗު 2018 | ހޯމަ 17:27
ރޭސް 3 ގެ ޕޯސްޓަރ

ރޭސް 3 ގެ ޕޯސްޓަރ

ޑައިރެކްޓަރ ރެމޯ ޑެސޫޒާގެ ފިލްމު "ރޭސް 3" ގެ ޕޯސްޓަރ ދައްކާލައިފިއެވެ.

މި ޕޯސްޓަރގައި ފެނިގެންދަނީ ސަލްމާން ޚާން ގޮނޑިއެއްގައި އިށީނދެގެން އިންނަ ތަނެވެ. އަދި އޭނާގެ ފަހަތުގައި ބޮބީ ޑިއޯލް އާއި ޖެކްލިން ފެނާންޑޭޒް އާއި ޑެއިޒީ ޝާހު، ސާޒިބް ސަލީމް އަދި އަނިލް ކަޕޫރް އެތުރިލައިގެން ތިބޭ މަންޒަރު ފެނިގެންދެއެވެ. މީގެ ތެރެއިން އަނިލް ވަނީ ކުރިން ދެ ބައިގައި ވެސް މުހިންމު ބައެއް ކުޅެފައެވެ. "ރޭސް 2"ގައި ޖެކްލިން ފެނިގެން ގޮސްފައި ވެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. "ރޭސް 2" ރިލީޒްކޮށްފައި ވަނީ 2013 ގައެވެ. މި ދެ ފިލްމްގައި ވެސް ސައިފް އަލީ ޚާން ލީޑް ރޯލުން ފެނިގެންދިޔަ އިރު މި ފަހަރުގެ ފިލްމުން އޭނާ ފެނިގެން ނުދާނެއެވެ.

ސަލްމާން ޚާން ވަނީ މި ޕޯސްޓަރ ޝެއަރ ކުރަމުން ކެޕްޝަންގައި މިއީ "ރޭސް 3" ގެ އާއިލާ ކަމަށާއި ރޭސް ފައްޓަންވީ ކަމަށް ބުނެ ލިޔެފައެވެ.

މީގެ އިތުރުން މި ފިލްމުގައި ސަލްމާން ވަނީ އޭނާ އަމިއްލައަށް ލަވައެއް ލިޔެފައެވެ. އެ ލަވަޔަކީ ލޯބީގެ ލަވައެކެވެ. އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް މިޝްރާއެވެ.

ލަވަޔާ ބެހޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނީ ސަލްމާން ލިޔުނު ޅެން ވަރަށް ފުރިހަމަ ކަމަށާއި އެ ޅެމަކީ ޖަޒުބާތުތަކުން ފުރިގެންވާ ޅެމެއް ކަމަށެވެ.

ފިލްމުގެ ޝޮޓްތައް ނަގާފައި ވަނީ އަބޫދާބީގެ އިތުރުން އިންޑިއާގެ މުމްބާއީގައި އަދި ތައިލެންޑުގެ ބެންގްކޮކްގައެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި

14 އޯގަސްޓު 2017
ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި
13 އޯގަސްޓު 2017

"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި

13 އޯގަސްޓު 2017
"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި
10 އޯގަސްޓު 2017

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި

10 އޯގަސްޓު 2017
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި
06 އޯގަސްޓު 2017

"ބޫމީ"ގެ ފުރަތަމަ ޕޯސްޓަރު ރިލީޒްކޮށްފި

06 އޯގަސްޓު 2017
"ބޫމީ"ގެ ފުރަތަމަ ޕޯސްޓަރު ރިލީޒްކޮށްފި
01 އޯގަސްޓު 2017

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

01 އޯގަސްޓު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު