Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނޯޓީ 40

“ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި

މިއީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއު ޕްރޮޑިއުސްކުރާ ދެ ވަނަ ފިލްމު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 12:36
ނޯޓީ ފޯޓީގެ މަންޒަރެއް

ނޯޓީ ފޯޓީގެ މަންޒަރެއް

މިއަހަރުގައި ނެރޭނެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓު ކުރަމުން އަންނަ "ނޯޓީ 40" ގެ ފުރަތަމަ ޓީޒާ އަންގާރަ ދުވަހުގެ ރޭ ދައްކާލައިފިއެވެ.

މިއަހަރުގެ އޮގަސްޓް 2 ގައި ސިނަމާތަކަށް އަންނަ މި ފިލްމުގެ ޓީޒާ ދައްކާލީ ސަލްސާ ރޯޔަލްގައި މިކަމަށް ހާއްސަކޮށް އޮތް ހާއްސަ ޖަލްސާގައެވެ. މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއު ޕްރޮޑިއުސްކުރާ ދެ ވަނަ ފިލްމު "ނޯޓީ40" ގެ ޓީޒާ ދައްކާލުމަށް އަންގާރަ ދުވަހުގެ ރޭގަނޑު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ މިލަންދޫގެ ރައްޔިތުންގެ ފަރާތުން ލިބެމުން ދިޔަ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރާކަމަށެވެ.

"ރާއްޖޭގެ ރަށެއްގައި ހާއްސަކޯށް އަތޮޅުތެރޭގައެ ރަށެއްގައި އަޅުގަނޑުމެން ޝޫޓް ކުރަމުން ދާއިރުގައި ރައްޔިތުންގެ އެހީތެރިކަމެއް ނުލިބިއްޖިއްޔާމުން އަޅުގަނޑުމެންނަށް ދަތިތަކާއި ކުރިމަތި ވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ބޯޑު ޔަގީން ކަމެއް ލިބުނު މިލަންދޫގެ ރައްޔިތުން އަޅުގަނޑުމެންނަށް އެހީތެރިކަމެއް ދޭނެ ކަމަށް. އެހެން ކަމުން ފުރަތަމަ ދުވަހުން ފެށިގެން މިލަންދޫގެ ރައްޔިތުންގެ ފަރާތުން ކޮންމެ ކަމެއްގައިވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު. އެހެންވީމައި އަޅުގަނޑުމެންނަށް މިހާ ބޮޑު ޓާސްކަކާއެކީ މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ފިލްމު ނިންމާލެވުނީ. އެހެންކަމުން މިލަންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޔޫއްޕެ ބުންޏެވެ.

މި ރަސްމިއްޔާތުގައި "ނޯޓީ 40" ގެ އެސިސްޓެންޑް ޑައިރެކްޓަރ މުހައްމަދު މަނިކު ބުނީ މި ފިލްމުގެ ޝޫޓިނމްއަކީ ވަރަށް ބުރަ މަސައްކަތެއް ަކަމށާއި ވަރަށް ބޮޑަށް "ގާނާލާއިފި" ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ޗެލެންޖެއްކަމަށް މަނިކު ބުންޏެވެ.

"ވަރަށް ބުރަ މަސައްކަތެއް މިކުރެވުނީ، މިއަދު މީ ފިލްމުގެ ޝޫޓިން ނިމުނުތާ ގާތްތަގޑަކަށް ފޯ ޓު ފައިވް ޑޭސް މިވީ. އަދި މިއުއުޅެނީ އަތާ ތަންތަށް ރަނގަޅަށް ގުޑާ ނުލެވިގެން. އެއްވެސް ވަރަކަށް އެސްކިއުޒެއް ނުދޭ އެމީހުންނެއް ގައިގަ ރިހުމަކަށްވެސް ހަމަ ގާނާލައިފި ކޮންމެ މީހަކުވެސް." މަނިކު ބުންޏެވެ.

މި ރަސްމިއްޔާތުގައި "ނޯޓީ ފޯޓީގެ" ބައެއް ތަރިން ވަނީ އެމީހުންގެ ތަޖުރިބާއާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މި ފިލްމުގައި ޔޫއްޕެ، ނިއުމާ، ސީޒަން. އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ ފޯޓީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. މީގެ އިތުރުން މަރިޔަމް އައްޒަ،އާފިތަމތު އާޒިފާ(އަޒޫ) އިބްރާހިމް ޖިހާދު(ޖިމީ)އަލީ އާޒިމް(ދޮންއައްޔަ) ހިމެނެއެވެ. އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބް، ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯން ހިމެނެއެވެ. އަދި މީގެ އިތުރުން ސަން މީޑިއާގައި މަސައްކަތް ކުރާ އަހުމަދު ޝަރީފް އަދި ގުލިސްތާނު ފެނިގެންދާނެއެވެ. މި ދެތަރިންނަކީ ފިލްމީ ދާއިރާއަށް އާ ދެތަރިންނެވެ. "ބިގެސްޓް މޫވީ އޮފް ދަ އިޔާ" ގެ ހޭޗް ޓެގް ބޭނުން ކޮށްގެން ޕްރޮ،ޯޓު ކުރާ "ނޯޓީ 40" އަކީ ވަރަށް ގިނަ ރަހަތަކެއް އެކުލެވިގެން ވާ ފިލްމަކަށް ވާނެކަމަށް އެ ޓީމުން ބުނެއެވެ. “ނޯޓީ 40" އަކީ މިދިޔަ އަހަރު ރިލީޒް ކުރި "ބައިވެރިޔާ" އަށް ފަހު، ބަތަލާ ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު