Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓްރީ

ހެލްތް މިނިސްޓްރީން 10 ރަށަކަށް ޖިމް އިކުއިޕްމަންޓް ހަވާލުކޮށްފި

ހެލްތް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އައުޓް ޑޯ ޖިމް ސާމާނު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 25 މާރިޗު 2018 | އާދީއްތަ 08:28
ޖިމް އިކުއިޕްމެންޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ޖިމް އިކުއިޕްމެންޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ހެލްތް މިނިސްޓްރީން ދިހަ ރަށަކަށް ޖިމް އިކުއިޕްމަންޓް ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތަކެތި ހަވާލުކޮށްދީފައިވަނީ ށ. ފުނަދޫއާއި ރ. ދުވާފަރާއި ޅ. ހިންނަވަރާއި ދ. ކުޑަހުވަދޫއާއި ސ.ހުޅުދޫއާއި ނ.ކެނދިކުޅުދޫއާއި ހއ. ކެލާ އާއި ތ. މަޑިފުއްޓާއި ގދ. ފިޔޯރީގެ އިތުރުން ލ. ފޮނަދޫ އެވެ.

މި ދިހަ ރަށުގެ ތެރެއިން އައުޓް ޑޯ ޖިމް ސާމާނު ހަވާލު ކޮށްފައިވަނީ އަށް ކައުންސިލްގެ އިތުރުން ދެ ރަށެއްގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަށެވެ. އެގޮތުން ދ. ކުޑަހުވަދޫ އާއި ނ. ކެނދިކުޅުދޫގެ އައުޓް ޑޯ ޖިމް ހިންގުން ހަވާލުކޮށްފައިވަނީ އެރަށުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަށެވެ.

މި ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ރާއްޖޭގައި ގަޔަށް ގަޔަށް ނާރާ ބޮޑެތި ބަލިތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި މިފަދަ ބަލިތަކުން ސަލާމަތްވުމަށް ދިރިއުޅުމުގައި ރަގަޅު ލައިފްސްޓައިލެއް މުހިއްމު ކަމަށެވެ. ރަގަޅު އާދަތައް މީހުންގައިގާ އަށަގެންނެވުމަށް ކަސްރަތަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއް ކަމަށާއި މިގޮތަށް މި ދިހަ ރަށުގައި ވެސް އެފަދަ އާދަތައް އަށަގެންނެވުމަކީ އެންމެ ބޮޑު އުންމިދު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ހާލަތު އޮތީކީ ގައިންގަޔަށް ނާރާ ބަލިތަކަށް ބަލާ އިރު ރަގަޅަކަށް ނޫން. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާ އިރު ރާއްޖޭގެ ހާލަތުވެސް ރަގަޅެއް ނޫން. މިކަން ބޮޑުވުން އެބަ އޮތް. މީހުން ކަސްރަތު ކުރުމަށާއި ކާންބޯ ގެންގުޅޭ ތަކެތި، އެއީ އެންމެ ރަގަޅު ތަކެތިތޯ އަޅުގަނޑުމެން އަބަދު ވެސް އެބަ ސުވާލު އުފައްދަން." ނާޒިމް ވިދާޅުވި އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަންކަމަކީ ވަރަށް މުހިއްމު ކަންކަން ކަމަށާއި މިއަދު ޖިމްތަކެއް ހަވާލުކޮށްގެން މިފެށިގެން ދިޔައީ އެފަދަ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދިހަ ޖިމް އަށް ބޭނުންވާ ސާމާނު ހަދިޔާ ކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖެއާ ހަވާލުވެ ހުންނެވި ޑރ އަރްވިންދު މާތޫރު ވިދާޅުވީ، ކަސްރަތު ކުރުން ފަދަކަންކަމަށް މީހުން މިހާރަށް ވުރެ ބޮޑަށް އަހުލުވެރި ކުރުމަކީ ސިއްހަތު ޖަމިއްޔާގެ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި މިފަދަ ކަމެއް ކުރުމުގައި ހެލްތް މިނިސްޓްރީގެ މަސައްކަތްތަކަކީ ފާހަގަ ކޮށްލަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

ޖިމްތައް ރަށްރަށުގައި ގާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޕޯޓްސް ކޯޕަރޭޝަންއާއި އެވެ. އެކޯޕަރޭޝަނުން ބުނީ 10 ރަށުގައި އައުޓް ޑޯ ޖިމްގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

22 މެއި 2017
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި
26 އެޕްރީލު 2017

ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ

26 އެޕްރީލު 2017
ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ
04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު